Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޑިމޮކްރަސީގެ ރޮގުން ރާއްޖެ ހޯދާފައިވާ ކުރިއެރުން

ފާއިތުވި ދެ އަހަރު ޑިމޮކްރަސީގެ ރޮގުން ރާއްޖެ ހޯދާފައިވާ ކާމިޔާބީއަށް އީޔޫގެ ތައުރީފު

ފިޔަވަޅު އަޅަން 50 މީހުންގެ ލިސްޓެއް ގާއިމްކުރެވުނު، އެ ލިސްޓުގައި ކުރީގެ ރައީސް ޔާމީން ހިމެނޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2021 | ބުރާސްފަތި 17:24
ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރު ތޯމަސް ޒިޑެހޮވްސްކީ

ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރު ތޯމަސް ޒިޑެހޮވްސްކީ

2018 ވަނަ އަހަރު ރާއްޖޭގެ ހާލަތު ބަދަލުވެ ދުނިޔެމަތީގެ"ޕެރެޑައިޒް"ގެ ގޮތުގައި ރާއްޖެއަށް ލިބިފައިވާ ނަން ކިލަނބުވެގެެން ދިޔަކަން ފާހަގަކުރައްވައި ރާއްޖެޓީވީގައި ވާހަކަދައްކަވަމުުން ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރު ތޯމަސް ޒިޑެހޮވްސްކީ ވަނީ ފާއިތުވި ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ބަދަލުވެފައިކަން ފާހަގަކުރައްވާފައެވެ. އޭނާއަކީ ޔޫރަޕިއަން ޔޫނިއަންގެ ގުޅިފައިވާ ޕާލަމެންޓްގައި ޗެކް ރިޕަބްލިކް ތަމްސީލު ކުރައްވާ މެމްބަރެކެވެ.

2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ކަންތައްތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ތޯމަސް ވަނީ 2018 ވަނަ އަހަރު ރާއްޖޭގެ ހާލަތު ބަދަލުވާން ފެށުމާއެކު އެއަހަރުގެ ފެބްރުއަރީ މަހު ރިސޮލިއުޝަން އެކްޓެއް ގާއިމްކޮށް އޭރުގެ ސަރުކާރާއެކު މިކަންތައް ހައްލުކުރުމަށް މަސައްކަތް ކުރައްވާފައެވެ. އެކަން ހާމަކުރައްވަމުން ތޯމަސް ވިދާޅުވީ އައިސިސްގެ 15 މެމްބަރަކު ރާއްޖޭގެ މީހުން ކަމަށް ބުނުމުން އެކަން ބަލައިގަންނަން ފަސޭހަނުވި ކަމަށެވެ.

އަހަރެއްހާ ދުވަސް ވަންދެން ރާއްޖޭގެ ސަރުކާރުގެ އެކި މަގާމުތަކުގައި އިސްކޮށް ހަރަކާތްތެރިވި ގިނަ ބައެއްގެ އަމަލުތައްވެސް ވަރަށް ގާތުން ބަލަމުން ދިޔަކަމަށާއި، ރާއްޖެއާ މެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ މަޝްވަރާތައް އީޔޫއިން ކުރި ކަމަށް ތޯމަސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީއާ ދެކޮޅަށް މަސައްކަތްކުރި 50 މީހަކު ފާހަގަކޮށް ފިޔަވަޅުއެޅުމަށް ލިސްޓެއް އެކުލަވާލައި އެމީހުންގެ އަމަލުތައް ބަލައި ނޯޓު ކުރެވުމުން ދިޔަކަމަށްވެސް ތޯމަސް ވިދާޅުވިއެވެ.

ތޯމަސް ވިދާޅުވީ ރާއްޖޭގައި ހިނގާދިޔަ ކަންތައްތައް ވަރަށް ތަފްސީލުކޮށް އެނގޭ ކަމަށާއި މިކަންތައްކުރީ ކުޅިވަރު ކުޅެން ނޫން ކަމަށެވެ. ފިޔަވަޅުތައް އަޅަން ތައްޔާރުވީ އެކަމަށްޓަކައި އެއްކުރަންޖެހޭ ހުރިހާ މައުލޫމާތެއް އެއްކުރުމަށް ފަހު ކަމަށާއި މިކަންތައްތަކުގެ މައުލޫމާތު ލިބުމުން ރާއްޖޭގެ ޑިޕްލޮމެޓުންވެސް ސިހުނު ކަމަށް ތޯމަސް ވިދާޅުވިއެވެ. އޭރު ރާއްޖެއިން އީޔޫއަށް ކަނޑައަޅާފައި ހުންނެވި ސަފީރަށް ވެސް މިވާހަކަތައް ވެގެން ދިޔައީ ހައިރާންކުރަނިވި ވާހަކަތަކަކަށް ކަމަށް ވިދާޅުވަމުން ތޯމަސް ވަނީ މިފިޔަވަޅުތައް އެޅުމާއި ވަރަށް ގާތަށް ދިޔަކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ ހާލަތު ދިރާސާކޮށް ރާއްޖެއާއި ދެކޮޅަށް ފިޔަވަޅު އެޅުމާމެދު މަޝްވަރާތައް ކުރިއަށް ގެންދިޔައީ އީޔޫގެ ހަ ގައުމެއް ގުޅިގެން ވަރަށް ސިއްރުން ކަން ފާހަގަ ކުރައްވަމުން ތޯމަސް ވަނީ ފިޔަވަޅު އަޅަން އެކުލަވާލި 50 މީހުންގެ ލިސްޓުގައި ކުރީގެ ރައީސް، އަބްދުﷲ ޔާމީން ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި އެލިސްޓުގައި ސިފައިންގޭގެ ވެރިޔާއާއި ފުލުހުންނާއި އިންޓެލިޖެންސް އޮފިސަރުންނާއި ސަރުކާރުގެ އިސް ބައެއް މަގާމުތަކުގައި ތިބި މީހުންގެ އިތުރުން 2018 ވަނަ އަހަރުގެ އިންތިޚާބުގައި ރައީސް ޔާމީނުގެ ނުފޫޒުގެ ދަށުވި މީހުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ހާލަތު ގޯސްވަމުންގޮސް، ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ވެސް އިންތިހާއަަށް އިތުރުވެގެން ދިޔަކަމަށް ތޯމަސް ވިދާޅުވިއެވެ. މީގެ ސަބަބުން ރާއްޖެއަކީ ކޮރަޕްޓު ބައެއް ދިރިއުޅޭ ގައުމެއްގެ ގޮތުގައި ލޭބަލްވެ ރާއްޖޭގައި އިންވެސްޓް ކުރުމަށް މީހުން ދެކޮޅު ހެދިކަމަށް ތޯމަސް ވިދާޅުވިއެވެ.

ތޯމަސް ވިދާޅުވީ ޒަމާނުއްސުރެ ދުނިޔެމަތީގެ ސުވަރުގެ ކަމުގައި ރާއްޖެ މަޝްހޫރުވެފައި ވަނިކޮށް ރާއްޖޭގެ ނަން ކިލަބުވާތަން ބަލަން ނުތިބެވުމުން އޭރުގެ އިދިކޮޅު ލީޑަރާއި ބައްދަލުކޮށް، ރާއްޖޭގެ ހާލަތު ރަނގަޅުކުރުމަށް މަޝްވަރާކުރަން ފެށުނު ކަމަށެވެ.

2018 ވަނަ އަހަރާއި އަޅާބަލާއިރު، ރާއްޖޭގެ ހާލަތު މިހާރުވަނީ ވަރަށް ބޮޑަށް ބަދަލުވެފައި ކަމަށާއި ރާއްޖޭގެ މީހުން ދިރިއުޅޭ މާހައުލަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް ތޯމަސް ވިދާޅުވިއެވެ. އެގޮތުން ރައްޔިތުންނަށް، ރައްޔިތުންގެ ހައްގުގައި ނުކުމެ އަޑު އުފުލުމުގެ މިނިވަންކަން އަލުން ލިބިފައިވާ ކަމަށާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަންވެސް މިހާރު ލިބިފައިވާ ކަމަށް ތޯމަސް ވިދާޅުވިއެވެ.

ފާއިތުވި ދެ އަހަރުގެ ތެރޭގައި ޑިމޮކްރަސީގެ ގޮތުން އެންމެ ކުރި ހޯދާފައިވާ ދެކުނު އޭޝިއާގެ ގައުމަކީ ރާއްޖެކަމަށް ތޯމަސް ވިދާޅުވެފައިވާއިރު، ކޮރަޕްޝަނާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް އަދިވެސް އިތުރުކޮށް، ވަރުގަދަކުރަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ރާއްޖެއިން މިހާރު ދުނިޔޭގެ ގިނަ ގައުމުތަކަކާއެކު ގުޅުން ބަދަހިކުރަމުންދާއިރު، މިގުޅުންތައް އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރަން ވާނެ ކަމަށްވެސް ތޯމަސް ވިދާޅުވިއެވެ.

މުސްތަގުބަލުގައި ރާއްޖެ ގައުމެއްގެ ގޮތުގައި ކުރިއެރުމަށް ކުރާ މަސައްކަތްތައް ކާމިޔާބުކުރަން ބޭނުންނަމަ ރާއްޖޭގެ ނަން، ރީތިކަން މަތީގައި ބޭއްވުމުގެ މުހިންމުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެކުވެރި ދައުލަތްތައް ނުވަތަ ޔޫއެންގެ އާއްމު މަޖިލީހުގެ ރައީސަކަށް ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ހޮވިވަޑައިގަތުން އެއީ އޭނާ ވަރަށް އުފާވާނެ ކަމެއް ކަމަށް ފާހަކުރައްވަމުން ތޯމަސް ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޔޫރަޕަށް ވަޑައިގެންފިނަމަ ޔޫރަޕްގެ ހުރިހާ ގައުމުގެ ވެރިން އެމަނިކުފާނާއި ބައްދަލުކުރައްވަން ބޭނުންވާނެ ކަމަށް ވިދާޅުވެފައެވެ.

ރާއްޖެޓީވީގައި ވާހަކަފުޅު ދައްކަވަމުން ތޯމަސް ވަނީ ތިމާވެށި ރައްކާތެރިކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައްވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ތިމާވެށި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ރާއްޖެއިން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށާއި މިކަމުގައި އިސްލީޑަރެއްގެ ގޮތުގައި ރާއްޖެ މަސައްކަތްކުރާތަން ދެކެން އީޔޫ ބޭނުންވާ ކަމަށް ވެސް ވިދާޅުވިއެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ހައްގުކަމަށް ތޯމަސް ވިދާޅުވިއެވެ. އެގޮތުން ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސާދު މުޅިންހެން ހުއްޓިގެން ދިޔަ ނަމަވެސް ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް ރަނގަޅު މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައިވާއިރު، މިކަންތައް ކުރިއަށްދާ ގޮތުގެ ކާމިޔާބުކަމުގެ ވާހަކަވެސް ތޯމަސް ވަނީ ދައްކަވައިފައެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖެއެކޭ އެއްގޮތަށް ނޭދެވޭ އަސަރުކުރި ގައުމުތައް ގިނަ ކަމަށާއި އެހެން ނަމަވެސް ރާއްޖެއިން ބަލިމަޑުކަމާއި ކުރިމަތިލައި، ބަލިން ރައްކާތެރިވުމަށް ރަނގަޅު ފިޔަވަޅުތަކެއް އަޅައި، ވެކްސިން ޖެހުމުގެ ރޭހުގައި ދުނިޔޭގެ އެންމެ ކުރީ ސަފުގައި ގުނާލެވޭ ކަމަށް ތޯމަސް ވިދާޅުވިއެވެ.

ތޯމަސް ވަނީ ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމަކަށްވާ އިރު، ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓުނު ނަމަވެސް، މިހާރު ފަތުރުވެރިކަން ހޯދާފައިވާ ކުރިއެރުން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަ އިރު، ރާއްޖެއަކީ ޔޫރަޕްގެ މީހުންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ސުލްހަ މަސަލަސްކަމާއި ހަމަޖެހުމުގެ ސަބަބުން އީޔޫއިން ރާއްޖެއާއެކު ބާއްވާ ގުޅުން އިތުރަށް ރަނގަޅުވެ މީގެ ފައިދާ ރާއްޖެއަށް ކުރާނެ ކަމަށް ވެސް ތޯމަސް ފާހަގަކުރެއްވިއެވެ.

މިއީ ރާއްޖެއާއި އީޔޫގެ ގުޅުން ތާރީޚުގައިވެސް އެންމެ ވަރުގަދަވެގެން ދިޔަ ދުވަސްވަރު ކަމަށް ވިދާޅުވެ ތޯމަސް ވަނީ މީގެ ސަބަބުން އީޔޫ ވެގެންދާނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ބަޔަކަށްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޑިޕްލޮމެޓިކް ކަންކަމުގައި އީޔޫގެ ތަޖުރިބާއާއި ބޭނުން ހިފޭނެ ކަމަށާއި، ޔޫރަޕްގެ ގައުމުތަކުގެ ސައިންޓިފިކް އުފެއްދުންތަކުގެ ބޭނުންވެސް ފަސޭހަކަމާއެކު ހިފޭނެ މަގުފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ މަހުގެ އުފެއްދުންތަކަކީ ދުނިޔޭގެ އެންމެ ރަނގަޅު އެއް ޕްރޮޑަކްޓަށްވާއިރު، ރާއްޖޭގެ މަހުގެ ބާވަތްތަކަށް ޔޫރަޕްގެ މާކެޓުގައި ދެވޭ އަހައްމިއްޔަތުކަން އިތުރުކުރުމަށް މަސައްކަތްތައް ކުރެވިގެންދާނެ ކަމަށާއި އީޔޫ ކޮމިޝަނާއިއެކު މިކަމުގެ މަޝްވަރާތައް ކުރައްވާނެ ކަމަށްވި ދާޅުވެ ތޯމަސް ވަނީ މިކަމުގައި އީޔޫގެ ރައީސާއަށް ވަކިން ސިޓީއެއް ފޮނުއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރާއްޖެއާއި އީޔޫއާ ދެމެދު އޮންނަ ގުޅުން ރަނގަޅު ވަމުންދާ ކަމުގެ އެއް ހެއްކަކީ ދިވެހިންނަށް ޔޫރަޕަށް ދަތުރުކުރުމުގައި ވިސާގެ ލުއިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ފެށިގެން ދިއުންކަމަށް ތޯމަސް ވިދާޅުވިއެވެ. އެގޮތުން މިހާރު ތިން ގައުމެއްގެ ވިސާ ދިވެހިންނަށް ފަސޭހައިން ލިބޭނެ މަގު ފަހިވެފައިވާއިރު، މިގައުމުތަކުގެ ވިސާ ހޯދަން ލަންކާއަށް ދަތުރުކުރަން ނުޖެހޭނެގޮތަށް އެމްބަސީތައް ގާއިމުކުރެވިފައިވާ ކަން ފާހަގަކުރެއްވިއެވެ. އެއީ ޖަރުމަނުވިލާތާއި ހަންގޭރީ އަދި ޗެކްރިޕަބްލިކެވެ.

ތޯމަސް ވަނީ މިއީ މިގުޅުމުގެ ސަބަބުން ރާއްޖެއަށް ކުރާނެ ފައިދާ ތަކުގެ ފުރަތަމަ މަރުހަލާ ކަމަށާއި މިފަދަ އެތައް ކަމެއް އަދި ކުރިއަށް އެބައޮތް ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

19 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!

ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!

25 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް

ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު