Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ޓުޗެލްގެ އިރުޝާދުގެ ދަށުން ބަޔާންގެ ފަރިތަކުރުންތައް ފަށައިފި

29 މާރިޗު 2023 | ބުދަ 03:11

ޓުޗެލްގެ އިރުޝާދުގެ ދަށުން ބަޔާން އިން ކުޅޭނެ ފުރަތަމަ މެޗަކީ ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ މެޗު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 މާރިޗު 2023 | ބުދަ 03:11
ބަޔާން އިން އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ ފަރިތަކުރުމުގައި ޓުޗެލް

ބަޔާން އިން އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ ފަރިތަކުރުމުގައި ޓުޗެލް

އައު ކޯޗު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކްގެ ފަރިތަކުރުންތައް ފަށައިފި އެވެ.

ބަޔާންގެ ކޯޗުކަމަށް ޓުޗެލް ހަމަޖައްސާފައިި ވަނީ މިދިޔަ ހަފްތާ ބަންދުގަ އެވެ. އެއީ އިންޓަނޭޝަނަލް ބްރޭކަށް ކުލަބް ފުޓުބޯޅައިގެ ކުޅުން މެދު ކަނޑާލާފައި ވަނިކޮށް، އެ ޓީމުގެ ކޯޗުކަމުގައި ހުރި ހޫލިއަން ނާގަލްސްމަން ވަކިކުރުމަށްފަހު އެވެ. ޓުޗެލްގެ އިރުޝާދުގެ ދަށުން ބަޔާން އިން ވަނީ އަންގާރަ ދުވަހު އެ ޓީމުގެ ފުރަތަމަ ފަރިތަކުރުން ކުރިއަށް ގެންގޮސްފަ އެވެ. ޓުޗެލްގެ އިރުޝާދުގެ ދަށުން ބަޔާން އިން ކުޅޭނެ އެންމެ ފުރަތަމަ މެޗަކީ އިންޓަނޭޝަނަލް ބްރޭކަށް ފަހު ޖަރުމަނު ލީގުގައި ބްރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށެވެ. އެ މެޗަށް ކުރިމަތިލާއިރު، ބަޔާން އޮތީ ވެސް ޖަރުމަނު ލީގުގެ ދެ ވަނައިގަ އެވެ. އެއް ޕޮއިންޓުގެ ފަރަގަކާއެކު އެއް ވަނައިގައި އޮތީ ވެސް ޑޯޓްމަންޑެވެ. އޭގެ ފަހުން އަންނަ މަހުގެ 11 ވަނަ ދުވަހު ބަޔާން އިން ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ނުކުންނާނީ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއާ ދެކޮޅަށެވެ.

ޓުޗެލް ބުނީ ބަޔާނާއެކު ފަރިތަކުރުންތައް ފަށައިގެން ބޭނުންވަނީ ޓީމުގައި ހުރި ކަންކަން ދެނެގަންނަން ކަމަށާއި، ކުރިއަށް އޮތް މެޗަށް ނުކުންނާނީ އެކަންކަމަށް ބެލުމަށްފަހު ކަމަށެވެ. ޓުޗެލް ބުނީ، ކުރިން ވެސް އޭނާ ބުނި ފަދައިން ބަޔާންގައި އޮތީ ވަރަށް ވަރުގަދަ ސްކޮޑެއް ކަމަށާއި، ފަރިތަކުުރުމުގައި ކުޅުންތެރިންގެ ފަރާތުން ވެސް އެކަން ފެނުނު ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ފޯކަސް ހުރީ ސީޒަންގައި ކާމިޔާބު ކުރެވެން ހުރި ހުރިހާ ތައްޓެއް ކާމިޔާބު ކުރުމަށް ކަމަށެވެ.

ބަޔާންގައި ޖަރުމަނު ލީގުގައި ޓުޗެލް އިރުޝާދު ދޭނެ ހަތަރު ވަނަ ކުލަބެވެ. މީގެ ކުރިން އޭނާ ވަނީ އެ ލީގުގެ އޮގްސްބާގް، މައިންޒް އަދި ޑޯޓްމަންޑަށް އިރުޝާދު ދީފަ އެވެ. ޓުޗެލް އެންމެ ފަހުން ހުރީ ޕްރިމިއާ ލީހުގެ ޗެލްސީގެ ކޯޗުކަމުގަ އެވެ. އެ ޓީމާއެކު ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައި ވަނިކޮށް އެ މަގާމުން ޓުޗެލް ވަކިކުރީ ޗެލްސީގެ އައު އޯނަރުންނެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ގްރީން ސްޓްރީޓްސްގެ ޔޫތު ޓީމުތަކުގެ ފަރިތަކުރުންތައް ފަށަނީ

05 އެޕްރީލު 2017
ގްރީން ސްޓްރީޓްސްގެ ޔޫތު ޓީމުތަކުގެ ފަރިތަކުރުންތައް ފަށަނީ
19 މާރިޗު 2017

ޒުވާން ކުޅުންތެރިންތަކާއެކު ފަލަސްތީން މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި

19 މާރިޗު 2017
ޒުވާން ކުޅުންތެރިންތަކާއެކު ފަލަސްތީން މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި
17 މާރިޗު 2017

ފަލަސްތީން މެޗަށް އާދީއްތަ ދުވަހު ގައުމީ ޓީމު ފަރިތަކުރުންތައް ފަށަނީ!

17 މާރިޗު 2017
ފަލަސްތީން މެޗަށް އާދީއްތަ ދުވަހު ގައުމީ ޓީމު ފަރިތަކުރުންތައް ފަށަނީ!
15 މާރިޗު 2017

ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!

15 މާރިޗު 2017
ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!
13 ފެބުރުއަރީ 2017

އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި

13 ފެބުރުއަރީ 2017
އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި
12 ފެބުރުއަރީ 2017

ގައުމީ ވޮލީ ޓީމު ހޯމަ ދުވަހު ފަރިތަކުރުންތައް ފަށަނީ

12 ފެބުރުއަރީ 2017
ގައުމީ ވޮލީ ޓީމު ހޯމަ ދުވަހު ފަރިތަކުރުންތައް ފަށަނީ
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް