Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއޮސްޓްރޭލިޔާ މީހަކަށް ރަން ހޮވުން

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

އޭނާއަށް ގައު ފެނިފައިވަނީ ވިކްޓޯރިޔާގެ، ރަން ކޮންނަ ބިމަކުން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 28 މާރިޗު 2023 | އަންގާރަ 14:07
ރަން އެކުލެވޭ ބޮޑު ގަލެއް

ރަން އެކުލެވޭ ބޮޑު ގަލެއް

ރަނަކީ ވަކި ހިސާބުތަކެއްގެ ބިމު އަޑިން ނަގާ އެއްޗަކަށް ވާއިރު, ބައެއް ގައުމުތަކުން ރަން ފެންނަ ބައެއް ސަރަހައްދުތައްވެސް ހުރެއެވެ. މިފަދަ ތަންތަން ކޮނެގެން ނަގާ ވެއްޔާއި ގައު ފުރާނައިގެން އެއިން ރަން ހޯދައެވެ. ކަށިވެލިހެން ހުންނަ އެތިކޮޅުކޮޅާއި އަދި އެއަށްވުރެ ބޮޑެތި އެތިކޮޅުތައްވެސް ފެނެއެވެ.

އޮސްޓްރޭލިޔާއަކީވެސް މިގޮތަށް ރަން ފެންނަ ވަކި ހިސާބުތަކެއް އޮންނަ ގައުމެކެވެ. އެންމެ އާދައިގެ މެޓަލް ޑިޓެކްޓަރެއް ހިފައިގެން އޭގެ ތަނަކަށް ރަން ހޯދުމަށް ދިޔަ މީހަކަށް 160،000 (އެއް ލައްކަ ފަސްދޮޅަސް ހާސް) ޔޫއެސް ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ފެނިފައިވާކަމަށް މީޑިޔާތަކުން ރިޕޯޓްކޮށްފައި ވެއެވެ. އޭނާއަށް ގައު ފެނިފައިވަނީ ވިކްޓޯރިޔާގެ ރަން ކޮންނަ ބިމަކުން ކަމަށް ވެއެވެ.

ރަން ފެނުނު މީހާ ވަނީ ނަން ހާމަކުރަން ނޭދޭކަމަށް ބުނެފައެވެ. އޭނާއަށް ފެނުނު ގައު ގަތް ފަރާތް ކަމަށްވާ ޑެރަން ކޭމްޕް ބުނެފައިވަނީ، އެއީ އޭނާ ރަން ގަތުމުގެ މަސައްކަތުގައި ހޭދަވި 43 އަހަރު ތެރޭގައިވެސް ދުށް އެފަދަ އެންމެ ބޮޑު ގައު ކަމުގައެވެ.

މީހަކު އައިސް އޭނާ އަޅައިގެން ހުރި ދަބަހުން ގަލެއް ނަގައި ޑެރަން ކޭމްޕްގެ އަތަށް ދީފައި، އޭގައި ހުރި ރަނުގެ އަގު 10،000 (ދިހަ ހާސް) އޮސްޓްރޭލިޔާ ޑޮލަރަށް އަރާނެތޯ އެހިކަމަށް ޑެރަން ކޭމްޕް ބުނެފައި ވެއެވެ. އަދި ތިމަންނާ އެއަށް ބަލައިލުމަށްފަހު އެއްލައްކަ (އޮސްޓްރޭލިޔާ) ޑޮލަރުވެސް ލިބޭނެކަމަށް ބުނިކަމަށް ކޭމްޕް މައުލޫމާތު ދީފައިވެއެވެ. އެއަށްފަހު އޭނާގެ ދަބަހުން ނެގި ހުރިހާ ބައިތައް އެއްކޮށްލައި ކިރައިލިއިރު، އޭގައި 2.6 ކިލޯގްރާމްގެ ރަން އެކުލެވޭކަން އެނގިފައިވާކަމަށް އޭނާ ބުނެފައި ވެއެވެ. މުޅި ގަލުގެ ބަރުދަނުގައި 4.6 ކިލޯ ހުރިކަމަށް ވެއެވެ. ރަނުގެ ބަރުދަން ވަކިން ކަނޑައެޅުމަށްފަހު ކޭމްޕް ވަނީ އެހުރިހާ ރަން ގަނެފައެވެ. ރަނުގެ އަގަށް 160,000 ޔޫއެސް ޑޮލަރު (240,000 އޮސްޓްރޭލިޔާ ޑޮލަރު) އަރާކަމަށް ވެއެވެ.

ރަން ފެނުނު މީހާ ބޭނުންވަނީ އެފައިސާ އޭނާގެ އާއިލާއަށް ޚަރަދުކުރަން ކަމަށް އޭނާ ގާތުގައި ބުނި ކަމަށްވެއެވެ. އަދި އޭނަގެ އަންހެނުން ވަރަށް އުފާވާނެ ކަމަށްވެސް ބުނިކަމަށްވެއެވެ.

އޮސްޓްރޭލިޔާއަކީ މުޅި ދުނިޔޭގައިވެސް އެންމެ ބޮޑެތި ރަނުގެ ރިޒަރވް އޮންނަ އެއް ގައުމަށް ވީނަމަވެސް، ރަން އެކުލެވޭ މިހާ ބޮޑެތި ގައު ފެނުމަކީ ވަރަށް ނާދިރު ކަމެއްކަމަށް ވެއެވެ. އެހެންނަމަވެސް ރަނުގެ އެންމެ ބޮޑެތި "ނަގެޓްސް" ފެނިފައިވަނީ އޮސްޓްރޭލިޔާއިންނެވެ.  

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2023

2 ޤަރުނާއި 8 ޖީލުން ވާރުތަވި އަގުހުރި ސައިތައްޓެއް!

05 ނޮވެމްބަރު 2023
2 ޤަރުނާއި 8 ޖީލުން ވާރުތަވި އަގުހުރި ސައިތައްޓެއް!
04 ނޮވެމްބަރު 2022

ދުބާއީގައި މަސައްކަތްކުރާ އިންޑިޔާ ރައްޔިތަކަށް ނަސީބު ނަންބަރަކުން 25 މިލިއަން ދިރުހަމް!!

04 ނޮވެމްބަރު 2022
ދުބާއީގައި މަސައްކަތްކުރާ އިންޑިޔާ ރައްޔިތަކަށް ނަސީބު ނަންބަރަކުން 25 މިލިއަން ދިރުހަމް!!
18 އޯގަސްޓު 2022

ގިރިސްލީ ފެންފޯއް ރުކުން އިންޑޮނޭޝިއާ ރައްޔިތުންނަށް އަގުހުރި އިނާމުތަކެއް!

18 އޯގަސްޓު 2022
ގިރިސްލީ ފެންފޯއް ރުކުން އިންޑޮނޭޝިއާ ރައްޔިތުންނަށް އަގުހުރި އިނާމުތަކެއް!
05 ޖުލައި 2020

4000 ޑޮލަރުގެ ރަނުން ހަދާފައިވާ މާސްކެއް!

05 ޖުލައި 2020
4000 ޑޮލަރުގެ ރަނުން ހަދާފައިވާ މާސްކެއް!
09 އޯގަސްޓު 2019

ޕްރިޔަންކާ އާއި ނިކް ޖޮނާސް 20 މިލިއަން ޑޮލަރުގެ ގެއެއް ހޯދަނީ

09 އޯގަސްޓު 2019
ޕްރިޔަންކާ އާއި ނިކް ޖޮނާސް 20 މިލިއަން ޑޮލަރުގެ ގެއެއް ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު