Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުގޫގުނާއޯ ސައި

2 ޤަރުނާއި 8 ޖީލުން ވާރުތަވި އަގުހުރި ސައިތައްޓެއް!

ޗައިނާގެ ޖިއާންގްޝީ ޕްރޮވިންސްގައިވާ ޢާއިލާއަކީ އެތައް ޤަރުނެއް ވެފައި ވާ ޘަޤާފީ ސަޔެއް ކަމަށްވާ ގޫގުނާއޯ ސައި ތައްޔާރު ކުރުމަށް ޚާއްޞަ ޢާއިލާއެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 5 ނޮވެމްބަރު 2023 | އާދީއްތަ 08:11
ޖިއާންގްޝީ އަކީ ޗައިނާއަށް ބަލާއިރު، ގްރީން ޓީ އުފެއްދުމުގެ ރަން ސަރަޙައްދުގެ ގޮތުގައި ބަލާ 'ގޯލްޑަން ޓްރައިއޭންގަލް' ގެ ބައެއް

ޖިއާންގްޝީ އަކީ ޗައިނާއަށް ބަލާއިރު، ގްރީން ޓީ އުފެއްދުމުގެ ރަން ސަރަޙައްދުގެ ގޮތުގައި ބަލާ 'ގޯލްޑަން ޓްރައިއޭންގަލް' ގެ ބައެއް

އެންމެ ހަށިގަނޑަށް ލުއި ވާ ފަދަ ގޮތަކަށް، ހާސްކަމާއި ހައިކަން ފިލުވާލަދޭ ބައިވެރިޔަކީ މީރު ސައި ތައްޓެކޭ ދެންނެވުމުން ދޮގަކަށް ނުވާނެއެވެ. އެކި ފަންތިއާއި، އެކި ކުލަކުލަ، އަދި އެކި ރަހަތަކުގެ ސައި ބުއިމަށް ލޯބި ކުރާ މީހުންވެސް މަދެއް ނޫނެވެ. ސައި ބުއިމާ ގުޅިފައި އޮންނަ ބައެއް އާދާތަކަކީ، އެތައް ޒަމާނެއް ކުރީއްސުރެ ވާރުތަވަމުން އައިސްފައި އޮތް ކަމެކެވެ. ހަމަ އެ ފަދައިން، ސައި ތައްޔާރު ކުރާ ގޮތަކީވެސް މުއްސަނދި ތާރީޚެއް އޮތް ކަމެކެވެ. ކޮންމެ ބާވަތެއްގެ ސަޔަކަށް ބެލި ކަމުގައި ވީ ނަމަވެސް، މުއްސަނދި މާޒީއެއް އޮވެއެވެ.

ޢާންމުންގެ މެދުގައި ސަޔަށް ޚާއްޞަ މަޤާމެއް ދީފައި އޮންނަ އެއް ޤައުމަކީ ޗައިނާއެވެ. ސައި ބުއިމަށް އެކަންޏެއް ނޫނެވެ. ސައިފަތް އިންދާ، ހައްދާ، ސައިފަތް ތައްޔާރު ކުރުމުގައިވެސް ޗައިނާގެ ޘަޤާފަތް ފިސާރި މުއްސަންޖެވެ. ބައެއް ކަހަލަ ބާވަތްބާވަތުގެ ސައި ތައްޔާރު ކުރުމަކީ، ބައެއް ޢާއިލާތަކަށް، އަގުހުރި ވާރުތަ މުދާގަނޑެއް ފަދަ އަގު ބޮޑު ތަރިކައެކެވެ.

ޗައިނާގެ ޖިއާންގްޝީ ޕްރޮވިންސްގައިވެސް އެފަދަ ޢާއިލާއެއް އެބަ އޮތެވެ. އެ ޢާއިލާއަކީ އެތައް ޤަރުނެއް ވެފައި ވާ ޘަޤާފީ ސަޔެއް ކަމަށްވާ ގޫގުނާއޯ ސައި ތައްޔާރު ކުރުމަށް ޚާއްޞަ ޢާއިލާއެކެވެ. ގޫގުނާއޯ ސައި ތައްޔާރު ކުރުމުގެ އުކުޅުތައް، ޢާއިލާގެ މެންބަރުންނަށް ވާރުތަ ކުރަމުން ގޮސް، މިހާރު 8 ޖީލަށް އެ ހުނަރުތައް ދަސްވެއްޖެއެވެ. އެންމެ ފަހުން އެ ލިސްޓަށް އިތުރު ވި އެކަކީ ލިއާންގް ހުއާޕިންގްއެވެ. މުޅި ޢާއިލާއަށްވެސް އަގު ހުރި ގޫގުނާއޯ ސައި ތައްޔާރު ކުރުމުގެ ހުނަރާއި އުކުޅުތައް ލިއާންގްއަށް ވާރުތަ ކުރިއިރު، ޚުދު އޭނާއަކީވެސް ވަރަށް ޅަ ޢުމުރަކުން ފަށައިގެން ސައިފަތުގެ ދުނިޔޭގައި އުޅެމުން އަންނަ މީހެކެވެ.

ސައިފަތް ބިނުމުގެ މަސައްކަތް ދަސް ކުރީ، ލިއާންގްގެ ޢުމުރުން އެންމެ 12 އަހަރުގައެވެ. ކާބަފައިންގެ ރަހަތަކަށް ސައި ތައްޔާރު ކުރަން ދަސްކުރި އިރު ލިއާންގްގެ ޢުމުރުން ވީ 18 އަހަރެވެ.

ޖިއާންގްޝީ އަކީ ޗައިނާއަށް ބަލާއިރު، ގްރީން ޓީ އުފެއްދުމުގެ ރަން ސަރަޙައްދުގެ ގޮތުގައި ބަލާ 'ގޯލްޑަން ޓްރައިއޭންގަލް' ގެ ބައެކެވެ. ތަފާތު އެކި ރަހަތަކެއްގެ ސައި އުފަންވި ތަނަކީވެސް ހަމަ ޖިއާންގްޝީއެވެ. ގޫގުނާއޯ ސައިފަތް ހައްދަނީ، ލޫޝިއާއޯ ފަރުބަދައިގެ ތިރީ ވާދީތަކުގައެވެ. އެ ސަރަޙައްދަކީ ގްރީން ޓީގެ ދަނޑުވެރިކަމަށް އެންމެ ރަނގަޅު ސަރަޙައްދުތަކުގެ ތެރޭގައި މަޝްހޫރު ވެފައި އޮތް ސަރަޙައްދެކެވެ.

ގޫގުނާއޯ ސަޔަކީ ތަފާތު 8 މަރުޙަލާއެއް ފުރިހަމަ ކޮށްގެން ނޫނީ ތައްޔާރު ނުކުރެވޭ ސަޔެކެވެ. އެ މަރުޙަލާތައް ފެށުމުގެ ކުރިން، ފަތްތައް ހެދިބޮޑުވުމުގެ ފުރުޞަތު ދޭންޖެހެއެވެ. އެކަމަށް 3 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތެއް ބޭނުންވެއެވެ.

ގޫގުނާއޯ ސައި ކައްކަން ޖެހެނީ ވަކި ފިނިހޫނު މިނެއްގައެވެ. ސައި ކައްކާ ކަންވާރުގެ ފިނިހޫނު މިން ހުންނަން ޖެހެނީ 360 ޑިގްރީޒް ސެންޓިގްރޭޑްގައެވެ. މާ ބޮޑަށް ގިނި ގަދަވެއްޖެ ނަމަ، ފަތްތައް ފުނޑުވިގެން ދާ ގޮތް ވާ ކަމަށާ، ހަމަ އެ ފަދައިން، މާ ބޮޑަށް ގިނި މަޑުވެއްޖެ ނަމަ، ފަތުގެ ރަހަތަށް އެންމެ ފުރިހަމައަށް ނުނިކުންނަ ކަމަށް ލިއާންގް ކިޔައިދިނެވެ.

ދެން އޮތް މަރުޙަލާއަކީ 'ފުރަތަމަ ކައްކާލުންގަނޑު' ކަމަށްވެސް ބުނެވިދާނެއެވެ. އެއީ ފަތަށް ވަކި ބައްޓަމެއް ގެނައުމަށްޓަކައި ކައްކާ ކެއްކުމެކެވެ.

އެއަށް ފަހު އަނެއްކާވެސް ސައިފަތްތައް ހަމައަކަށް އަޅުވާލައެވެ. މިކަމަށްވެސް ވަކި ޚާއްޞަ ފިނިހޫނު މިނެއް ބޭނުންވެއެވެ. މި މަރުޙަލާގައި ތަވާ ހުންނަން ޖެހޭނީ ގާތްގަނޑަކަށް 160 ޑިގްރީ ސެންޓިގްރޭޑަށް ހޫނުވެފައެވެ. މިއީ ފަތްތައް ހިއްކާލުމުގެ މަރުޙަލާއެވެ. ހުރިހާ ފަތްތަކަކުން އެއް ހަމައެއްގައި، އެކީ އެކައްޗަށް ފެން ހިނދި، ހިކުން މުހިންމެވެ.

ގޫގުނާއޯ ސަޔަކީ ކިހާ ފެންވަރެއްގެ ސަޔެއްތޯ ބަލާނެ ވަކި މިންގަނޑުތަކެއްވެސް ހުރެއެވެ.  އެ މިންގަނޑުތައް ބަރޯސާ ވަނީ މައިގަނޑު 4 ކަމެއްގެ މައްޗަށެވެ.

ޖިއާންގްޝީގައި އޮންނަ ސައިގެ ޘަޤާފީ ތަރިކައަކީ މީގެ 2000 އެތައް އަހަރެއް ކުރިއަށް މޫލާފައި އޮތް ތަރިކައެކެވެ. ޖިއާންގްޝީގައި އޮތް ސައިގެ ޘަޤާފަތް ކުރިއަރާ ދާން ފެށީ ޓޭންގްއާއި ސޮންގް ޑައެނަސްޓީގެ ދުވަސްވަރުއެވެ. އޭގެ ފަހުން، މިންގް އަދި ކިންގް ޑައެނަސްޓީގެ ދުވަސްވަރުވެސް ކުރިއެރުންތަކެއް ހޯދިއެވެ.

ޖިއާންގްޝީގެ ސައި ޘަޤާފަތް މުއްސަނދިވެ ދިއުމުގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ ސިލްކް ރޯޑްއެވެ. ދުނިޔޭގެ އެންމެ ދުރު މަންޒިލްތަކަށްވެސް އެ ސައި ފޯރީ ސިލްކް ރޯޑްގެ އެހީގައެވެ.

ގޫގުނާއޯ ސައިޗައިނާދުނިޔެ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
19 މާރިޗު 2025

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު