Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މައުމޫން

ދުނިޔޭގެ އެންމެ އަގުހުރި ބްރޭންޑްތަކަކީ ކޮބައިކަން އިނގޭތަ؟

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2017 | ހޮނިހިރު 14:28
ދުނިޔޭގެ އެންމެ އަގުހުރި ބްރޭންޑްތަކުގެ ލިސްޓުގެ އެއްވަނައިގައި ހިމެނޭ އެޕަލް ކުންފުނި: ފޮޓޯ/ގޫގަލް

ދުނިޔޭގެ އެންމެ އަގުހުރި ބްރޭންޑްތަކުގެ ލިސްޓުގެ އެއްވަނައިގައި ހިމެނޭ އެޕަލް ކުންފުނި: ފޮޓޯ/ގޫގަލް

1 އެޕަލް

އެޕަލް ބްރޭންޑަކީ ދުނިޔޭގެ އެންމެ ގިނަ ބައެއްގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ. އެގޮތުން ފޯބްސްއިން ކުރި ދިރާސާގެ 2016 ވަނަ އަހަރު ނިމުނު އިރު އެއްވަނއިގަ ވަނީ އެޕަލްއެވެ. އެޕަލް މިބްރޭންޑް މާރކެޓަށް އައިސްފައިވަނީ 1976 ވަނަ އަހަރުއެވެ. 2016 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް މިބްރޭންޑްގެ މާރކެޓް ކެޕިޓަލްއަކީ 586 ބިލިއަން ޑޮލަރެއެވެ. އެމެރިކާގެ ބްރޭންޑް އުފައްދާ މައި ކުންފުނި ހުންނައިރު އެކުންފުނީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެޕަލްގެ އެއްލައްކަ ދިހަ ހާސް މުވައްޒަފުން ހަރަކާތްތެރިވެއެވެ.

http://cdn.raajje.mv/posts/1483782322.JPG

2. ގޫގަލް

ގޫގަލްއަކީ ޓެކްނޮލޮޖީއަށް އިންގިލާބެއް ގެނައި ބްރޭންޑެކެވެ. މިބްރޭންޑް ވުޖޫދަށް އައިސްފައިވަނީ 1998 ވަނަ އަހަރުއެވެ. އެހެންނަމަވެސް ގޫގަލްއާ އެކު ޓެކްނޮލޮޖީގެ ގޮތުން މުޅި ދުނިޔެ ގުޅާލެވިގެންދިޔައެވެ. ފަންސާސް ތިން ހާސް ހަސަތޭކަ މުވައްޒަފުން މަސައްކަތްކުރަމުންދާ ގޫގަލްގެ ބްރޭންޑް ވެލިޔު 2016 މައި މަހުގެ ނިޔަލަށް ވަނީ 82.5 ބިލިއަން ޑޮލަރަށް އަރާފައެވެ. އެހެންކަމުން ގޫގަލް ވެގެންގޮސްފައި މި ވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ބްރޭންޑްގެ ލިސްޓްގެ ދެވަނައަށް އަރާފައެވެ.

http://cdn.raajje.mv/posts/1483782372.JPG

3. މައިކްރޯ ސޮފްޓް

މިލިސްޓްގެ ތިންވަނައަށް ގޮސްފައިވަނީ މައިކްރޯ ސޮފްޓް މިބްރޭންޑެއެވެ. ސޮފްޓްވެއަރ އަދި ޕްރޮގްރާމިންގައި ދުނިޔޭގެ އެންމެ ގިނަ މީހުން ބޭނުންކުރަނީ މައިކްރޯސޮފްޓެއެވެ. 1975 ވަނައަހަރު ދުނިޔޭގެ މާރކެޓަށް އައި މިބްރޭންޑަކީ ވެސް އެމެރިކާގެ ބްރޭންޑެކެވެ. ވޮޝިންޓަންގައި މއިކްރޯ ސޮފްޓްގެ ހެޑްކުއަރޓާސް ހުންނައިރު އެއްލައްކަ އަށާރަ ހާސް މީހުން ދުނިޔޭގެ އެކި ކަންކޮޅުގައި މަސައްކަތްކުރެއެވެ. މިބްރޭންޑަށް މެއި 2016ގެ ނިޔަލަށް ވަނީ މާކެޓް ކެޕިޓަލްގެ ގޮތުގައި 407 ބިލިއަން ޑޮލަރު ލިބިފައެވެ.

http://cdn.raajje.mv/posts/1483782210.JPG

4. ކޮކާ ކޯލާ

1892 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ބާޒާރުގައި އެންމެ ގިނަ މީހުންނަށް ކަމުދާ އެއް ބުއިމަކީ ކޮކާ ކޯލާއެވެ. ކުދި ބޮޑު އެންމެންނަށް ކަމުދާ ކޮކާ ކޮލާ ވެގެންގޮސްފައި މިވަނީ ފޯބްސް ކުރި ދިރާސާގައި 2016 ވަނަ އަހަރު ދުނިޔޭގެ އެންމެ ނަން މަޝްހޫރު ދިހަ ބްރޭންޑް ތެރޭގައި ހިމެނިފައެވެ. އަދި މިބްރޭންޑްވަނީ މިލިސްޓްގެ ހަތަރުވަނަގައެވެ. އެއްލައްކަ ތޭވީސް ހާސް ދުއިސައްތަ މީހުން ވަޒީފާ އަދާކުރާ ކޮކަ ކޯލާގެ މާރކެޓް ކެޕިޓަލްއަކީ 192.8 ބިލިއަން ޑޮލަރެއެވެ.

http://cdn.raajje.mv/posts/1483782265.JPG

5. ފޭސްބުކް

މިއީ ދުނިޔޭގެ މާރކެޓުގައި މިހާރު އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ އެއް ބްރޭންޑެއެވެ. އެގޮތުން ސޯޝަލް މީޑިއާގައި އެންމެ ކުރީ ސަފުގައި ގުނާލެވޭ ފޭސްބުކަކީ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެވެސް އެކަކު އަނެކަކާއި ގުޅުވަލަދޭ ވަސީލަތެކެވެ. 2004 ވަނަ އަހަރު މާކެޓަށް މިބްރޭންޑް ތަޢާރަފްވެ މިވީ ކުޑަ މުއްދަތުގެ ތެރޭގައި ދުނިޔޭގެ އެންމެ އަގުހުރި ބްރޭންޑުގެ ލިސްޓްގެ 5 ވަނަ ހޯދުމަކީ މިބްރޭންޑަށް މީހުންގެ ތަރުހީބް އޮތްވަރު ހާމަކޮށްދޭ ކަމެކެވެ. ޖުމްލަ ބާރަ ހާސް ހަސަތޭކަ ފަސްދޮޅަސް ނުވަދިހަ އެއް މުވައްޒަފުން މަސައްކަތް ކުރަމުންދާ މިކުންފުނަޏަށް 314.8 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.

http://http://cdn.raajje.mv/posts/1483782413.JPG

6. ޓޮޔޮޓާ މޮޓޯ

މިލިސްޓްގެ 6 ވަނަގައި ވަނީ ޓޮޔޮޓާ މޮޓޯ އެވެ. ސަތޭކަ ހަތް ދިހަ ހަތް ބިލިއަން ޑޮލަރުގެ މާރކެޓް ކެޕިޓަލްއެއް އޮތް މި ބްރޭންޑު ދުނިޔޭގެ ބާޒާރަށް ތަޢާރަފްވެފައިވަނީ 1937 ވަނަ އަހަރު އެވެ. ޖަޕާނުގެ މި އުފެއްދުމުގެ މަސައްކަތް ކުރުމަށްޓަކައި ތިރީސް ތިން ހާސް މުވައްޒަފުން ހަރަކާތްތެރިވެ އެވެ. ޓޮޔޮޓާގެ އުފެއްދުންތަކަކީ ކަސްޓަމަރުންގެ މެދުގައި ވަރަށް މަޤްބޫލު ބްރޭންޑެކެވެ.

http://cdn.raajje.mv/posts/1483782337.JPG

7. އައިބީއެމް

އައިބީއެމް މިބްރޭންޑަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު އިތުބާރުކުރާ އެއް ބްރޭންޑެއެވެ. 1911 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ މާރކެޓްގެ ކުރީ ސަފުގައި ހިނގަމުން އަންނަ އައިބީއެމްއަކީ ކޮމްޕިއުޓަރ ޙިދުމަތްތައް އިންގިލާބެއް ގެނައި ބްރޭންޑެކެވެ. ލިމިސްޓްގައި ހިމެނޭ ކުންފުނިތަކުގެ ތެރެއިން އައިބީއެމް ވެގެން ގޮސްފައިމިވަނީ ތިން ލައްކަ ހަތްދިހަ ހަތްހާސް ހަތްސަތޭކަ ފަންސާސް ހަތް މީހުން ވަޒީފާ އަދާކުރެއެވެ. 142.7 ބިލިއަން ޑޮލަރުގެ މާކެޓް ކެޕިޓަލްއެއް އޮތް މިކުންފުނި ވެގެންގޮސްފައި މިވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ބްރޭންޑްގެ ހަތް ވަނައިގައެވެ.

http://cdn.raajje.mv/posts/1483782238.JPG

8. ވޯލްޓް ޑިސްނީ

ވޯލްޓް ޑިސްނީ މިބްރޭން މަޤްބޫލުވެގެންދިޔަކީ ކުޑަކުދިންގެ މެދުގައެވެ. ކުޑަކުދިންނަށް ވަރަށް ކަމުދާ ބްރޭންޑަކަށް ޑިސްނީ ވެގެންދިޔަ އިރު ބޮޑެތި މީހުން ވެސް ގަޔާވާ ބްރޭންޑަކަށް ޑިސްނީ ވެގެން ދިޔައެވެ. އެގޮތުން މިބްރޭންޑްގެ މާކެޓް ކެޕިޓަލް 169.3 ބިލިއަން ޑޮލަރަށް އަރާފައިވާއިރު ޑިސްނީ މިބްރޭންޑް ދުނިޔޭގެ ބާޒާރަށް ނެރެފައިވަނީ 1923 ވަނަ އަހަރު އެވެ. އެއްލައްކަ އަށްޑިހަ ފަސްހާސް މުވައްޒަފުން މަސައްކަތްކުރާ މިކުންފުނި ހިމެނިފައިވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ބްރޭންޑްގެ ލިސްޓުގެ އަށްވަނައިގައެވެ.

http://http://cdn.raajje.mv/posts/1483782358.JPG

9. މެކް ޑޮނާލްޑް

މެކް ޑޮނާލްޑުގެ އެއްޗެއްގެ ރަހަ ނުބަލާ މީހަކު މަދުވާނެ އެވެ. ގިނަ ބައެއްގެ މެދުގައި މެކް ޑޮނާލްޑް މަޝްހޫރުވެފައިވަނީ ރަހަމީރުކޮށް ކާއެއްޗެހި އަވަހަށް ލިބޭތީ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މެކް ޑޮނާލްޑްގެ ފްރަންޗައިޒް ރެސްޓޯރަންޓް ހުންނައިރު އަދި ރާއްޖޭގައި މެކްގެ ރެސްޓޯރަންޓެއް ނެތެއެވެ. 1955 ވަނަ އަހަރު ދުނިޔޭގެ ބާޒާރަށް ނިކުތް މެކްއިން ވަނީ 110.1 ބިލިއަން ޑޮލަރު މާކެޓް ކެޕިޓަލްގެ ގޮތުގައި 2016 މެއި މަހުގެ ނިޔަލަށް ހޯދާފައެވެ. ދުނިޔޭގެ އެންމެ އަގު ހުރި ބްރޭންޑްގެ ލިސްޓުގެ ނުވަ ވަނައިގައި މެކް ހިމެނޭއިރު މެކްގައި ހަތަރު ލައްކަ ވިހި ހާސް މީހުން ވަޒީފާއަދާކުރެ އެވެ.

http://http://cdn.raajje.mv/posts/1483782358.JPG

10. ޖެނެރަލް އިލެކްޓްރިކް

ފޯބްސް މަޖައްލާގައި ކުރި ދިރާސާގައި ދުނިޔޭގެ އެންމެ އަގުބޮޑު ބްރޭންޑްގެ ލިސްޓްގެ ދިހަ ވަނާގައި ހިމެނިފައިވަނީ އެމެރިކާގެ ޖެނެރަލް އިލެކްޓްރިކް އެވެ. ދުނިޔޭގެ ބާޒާރަށް 1892 ވަނަ އަހަރު ތަޢާރަފްވެފައިވާ މިބްރޭންޑަކީ ކަރަންޓްގެ ސާމާނާއި އަދި ޓެކްނޮލޮޖީއާއި ގުޅުންހުރި މަސައްކަތް ކުރަމުން އަންނަ ކުންފުންޏެވެ. ތިން ލައްކަ ތިރީސް ތިންހާސް މުވައްޒަފުން މަސައްކަތް ކުރަމުންދާ މިކުންފުނީގެ މާކެޓް ކެޕިޓަލްއަކީ 285.6 ބިލިއަން ޑޮލަރު ލިބިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއުޒިކް ދުނިޔޭގެ 'ފަސްޓް ކަޕްލް' ބިޔޯންސޭ އާއި ޖޭ-ޒީ އެކުގައި އަލްބަމެއް ރިލީޒްކޮށްފި

މިއުޒިކް ދުނިޔޭގެ 'ފަސްޓް ކަޕްލް' ބިޔޯންސޭ އާއި ޖޭ-ޒީ އެކުގައި އަލްބަމެއް ރިލީޒްކޮށްފި

18 ޖޫން 2018
ދުނިޔޭގެ އެންމެ ބޮޑު ރަން އަނގޮޓި އެނގޭތަ؟

ދުނިޔޭގެ އެންމެ ބޮޑު ރަން އަނގޮޓި އެނގޭތަ؟

28 ޖެނުއަރީ 2018
ގަބޫލުކުރިއަސް ނުކުރިއަސް ޕްރިޔަންކާއަކީ ދުނިޔޭގެ އެއްވަނަ: ސުނީތާ

ގަބޫލުކުރިއަސް ނުކުރިއަސް ޕްރިޔަންކާއަކީ ދުނިޔޭގެ އެއްވަނަ: ސުނީތާ

27 ޑިސެމްބަރު 2017
ދުނިޔޭގެ އެންމެ އަގު ބޮޑު ހައި-ހީލްގެ އަގަކީ އެގާރާ މިލިއަން ޕައުންޑް!

ދުނިޔޭގެ އެންމެ އަގު ބޮޑު ހައި-ހީލްގެ އަގަކީ އެގާރާ މިލިއަން ޕައުންޑް!

04 ނޮވެމްބަރު 2017
ދުނިޔޭގެ އެންމެ ފަލަ އަންހެން މީހާގެ ގޮތުގައި ސަމާލުކަން ލިބުނު އީމާން މަރުވެއްޖެ

ދުނިޔޭގެ އެންމެ ފަލަ އަންހެން މީހާގެ ގޮތުގައި ސަމާލުކަން ލިބުނު އީމާން މަރުވެއްޖެ

25 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު