Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު"ގޯލްޑް ކޮއިން"

ހަތަރު މިލިއަން ޑޮލަރުގެ "ގޯލްޑް ކޮއިން" އެއް ވަގަށް ނަގައިފި

މި ކޮއިންގައި އިނގިރޭސި ވިލާތުގެ ރާނީ ދެވަނައިގެ ތަތްގަނޑު ޖަހާފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 28 މާރިޗު 2017 | އަންގާރަ 23:10
"ގޯލްޑް ކޮއިން" އެއް ވަގަށް ނަގައިފި

"ގޯލްޑް ކޮއިން" އެއް ވަގަށް ނަގައިފި

ޖަޔަންޓް ގޯލްޑް ކޮއިންގެ ނަމުން މަޝްހޫރުވެފައިވާ އަދި 4 މިލިއަން ޑޮލަރުގެ އަގުހުރި ފައިސާ ފޮއްޗެއް ވަގަށް ނަގައިފި އެވެ.

މިކޮއިން ވަގަށް ނަގާފައިވަނީ ބާލިން މިއުޒިއަމް ހެއިސްޓްއިންނެ އެވެ. 100 ކިލޯގްރާމް (220 ޕައުންޑް) ހުރި މިކޮއިން ވަގަށް ނަގާފައިވަނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

މި މިއުޒިއަމްގެ ސެކިއުރިޓީ ގާރޑުން ވަނީ ފުލުހުންގެ ސަމާލުކަމަށް ހޯމަ ދުވަހުގެ ހެނދުނު މިކަން ގެނެސްފައެވެ. މި ކޮއިންގައި އިނގިރޭސި ވިލާތުގެ ރާނީ ކުއީން އެލިޒަބަތު ދެވަނައިގެ ތައްގަނޑު ޖަހާފައިވެއެވެ. އެހެންކަމުން މި ކޮއިންއަށް ދީފައިވާ ޙާއްސަ ނަމަކީ "ބިގް މެޕްލް ލީފް" އެވެ.

މިއުޒިއަމްއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެސަރަހައްދު ކައިރިން ނިޝާންތަކެއް ހުރި ހަރުގަނޑެއް ފެނިފައިވާ ކަމަށެވެ.

މި ކޮއިންގެ ބޮޑު މިނަށް ބަލާއިރު ކާރެއްގެ ފުރޮޅަކަށްވުރެ ބޮޑުވާނެ އެވެ.

މިގޮތަށް ފަރުމާކޮށްފައިވާ އިތުރު ފަސް ކޮއިން 2010 ވަނަ އަހަރުން ފެށިގެން މިއުޒިއަމްގައި ދައްކާލަން ބަހައްޓާފައިވަނީ އަމިއްލަ ފަރާތަކުން ލޯން އެއްބަސްވުމެއްގެ ދަށުންނެއެވެ.

އަދި ވަގަށް ނަގާފައިވަނީ 2007 ވަނަ އަހަރު ރޯޔަލް ކެނޭޑިއަން މިންޓް އިން ހަދިޔާކޮށްފައިވާ އެންމެ ބޮޑު ކޮއިންނެވެ.

އިތުރަށް ކިޔާލަން

16 މެއި 2017

ޗައިނާ އިން "ޑަންގަލް" އަށް 65 މިލިއަން ޑޮލަރު

16 މެއި 2017
ޗައިނާ އިން "ޑަންގަލް" އަށް 65 މިލިއަން ޑޮލަރު
04 މެއި 2017

"ފޭޓް އޮފް ދަ ފިއުރިއަސް": އެއް ބިލިއަން ޑޮލަރުގެ މާކަށް ވާސިލް ވެއްޖެ

04 މެއި 2017
"ފޭޓް އޮފް ދަ ފިއުރިއަސް": އެއް ބިލިއަން ޑޮލަރުގެ މާކަށް ވާސިލް ވެއްޖެ
29 އެޕްރީލު 2017

ކެޓްރީނާއަށް 24 ގަޑިއިރުގެ ތެރޭގައި މިލިއަން ފޮލޯވާސް

29 އެޕްރީލު 2017
ކެޓްރީނާއަށް 24 ގަޑިއިރުގެ ތެރޭގައި މިލިއަން ފޮލޯވާސް
29 މާރިޗު 2017

ޖޯޖް މައިކަލްގެ ކުރެހުމެއް ބައި މިލިއަން ޑޮލަރަށް ވިއްކާލައިފި

29 މާރިޗު 2017
ޖޯޖް މައިކަލްގެ ކުރެހުމެއް ބައި މިލިއަން ޑޮލަރަށް ވިއްކާލައިފި
21 މާރިޗު 2017

ހަތަރު ދުވަހުގެ ތެރޭގައި "ބިއުޓީ އެންޑް ދަ ބީސްޓް" އަށް 357.1 މިލިއަން ޑޮލަރު

21 މާރިޗު 2017
ހަތަރު ދުވަހުގެ ތެރޭގައި "ބިއުޓީ އެންޑް ދަ ބީސްޓް" އަށް 357.1 މިލިއަން ޑޮލަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު