Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ގިރިސް ދަނޑިއަށް އެރުމުގެ މުބާރާތް

ގިރިސްލީ ފެންފޯއް ރުކުން އިންޑޮނޭޝިއާ ރައްޔިތުންނަށް އަގުހުރި އިނާމުތަކެއް!

ގިރިސްލާފައިވާ ފެންފޯއް ރުށްތަކުގައި އަގުބޮޑެތި އިނާމުތައް އެލުވާފައި ހުރޭ، އޭގެ ތެރޭގައި ބައިސްކަލާއި، ކުޅިވަރު ކުޅޭ ސަމާނުގެ އިތުރުން ފުރިޖާ އެނޫންވެސް އެފަދަ އެކި ކަހަލަ ސާމާނު ހުރޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 18 އޯގަސްޓު 2022 | ބުރާސްފަތި 06:09
މިއަހަރު، "ޕަންޖަތު ޕިނާންގް" ކުރިއަށް ގެންގޮސްފައި ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ހަރަކާތް މެދުކަނޑާލާފައި އޮންނަތާ 2 އަހަރު ފަހުން

މިއަހަރު، "ޕަންޖަތު ޕިނާންގް" ކުރިއަށް ގެންގޮސްފައި ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ހަރަކާތް މެދުކަނޑާލާފައި އޮންނަތާ 2 އަހަރު ފަހުން

އިންޑޮނޭޝިއާއަކީ ދިވެހިންނަށް ބީރައްޓެހި ނަމަކަށް ނުވާނެއެވެ. ތަފާތު އެކި ސަބަބުތަކާ ގުޅިގެން ދޭތެރެ ދޭތެރެއިން އިންޑޮނޭޝިއާގެ ނަން، ދިވެހި ސުރުޚީތަކުން ޖާގަ ހޯދައެވެ. އާންމު ގޮތެއްގައި، އެއީ ހިތާމަވެރި ޚަބަރުތަކަކަށް ވީ ނަމަވެސް، މި ފަހަރުގެ ރަހަ ތަފާތެވެ. މިކަން ގުޅެނީ އިންޑޮނޭޝިއާގެ މިނިވަން ކަމާއެވެ. ދުނިޔޭގައި އޮތް އެންމެ ބޮޑު ޖަޒީރާގެ ގޮތުގައި ސިފަ ކުރަމުން އަންނަ އިންޑޮނޭޝިއާ، ހޮޅިންގެ އަތުން މިނިވަން ވުމާއެވެ.

20 ވަނަ ޤަރުނުގެ ކުރީކޮޅު މުޅި ދުނިޔެއަށް ނުފޫޒު ފޯރުވަމުން ދިޔަ ހޮޅިން ނުވަތަ ނެދަލަންޑްސްގެ ބާރުގެ ދަށުން މިންޖުވެ، އިންޑޮނޭޝިއާގެ މިނިވަންކަން ފުރަތަމަ ފަހަރަށް އިއުލާން ކުރެވިގެން ދިޔައީ އޯގަސްޓް 17، 1945 ގައެވެ. އޭގެ ފަހުން އޯގަސްޓް 17 ވަނަ ދުވަހަކީ އިންޑޮނޭޝިއާގެ ތާރީޚަށް މުނާސަބު ދުވަހެކެވެ. ކުލަގަދަ އެކި ހަރަކާތްތައް ހިންގައެވެ. އެގޮތުން، ޒަމާނުއްސުރެ ހިންގަމުން އަންނަ އެއް ހަރަކާތަކީ ގިރިސް ދަނޑިއަށް އެރުމުގެ މުބާރާތެވެ. ދަނޑީގެ ގޮތުގައި ބޭނުން ކުރަނީ، ފަންގަނޑު ކަނޑާ ސާފުކޮށްފައިވާ ފެންފޯއް ރުކެވެ.

މި ކުޅިވަރަށް އިންޑޮނޭޝިއާގައި ކިއާ އުޅެނީ "ޕަންޖަތު ޕިނާންގް" ނުވަތަ ރުށްގަހަށް އެރުމެވެ. އެމީހަކަށް އެނގުނު އުކުޅެއްގެ ބޭނުން ކޮށްގެން، ގިރިސް ދަނޑީގެ އެންމެ ކުރިއަށް އަރާ، އޭގައި އެލުވާފައިވާ އެކި ކަހަލަ އިނާމުތައް ހޯދައެވެ. މިނިވަން ދުވަހާ ގުޅުވައިގެން މިއަހަރު، "ޕަންޖަތު ޕިނާންގް" ކުރިއަށް ގެންގޮސްފައި މި ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ހަރަކާތް މެދުކަނޑާލާފައި އޮންނަތާ 2 އަހަރު ދުވަސް ފަހުންނެވެ.

270 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ އިންޑޮނޭޝިއާގެ އެކި ހިސާބުތަކުގައި ގިރިސް ދަނޑިއަށް އެރުމުގެ މުބާރާތްތައް ކުރިއަށް ގެންދެއެވެ. އެފަދަ އެއް މައިޒާނަކީ ވެރިރަށް ޖަކާޓާގެ އެމިއުޒްމަންޓް ޕާކެކެވެ. އެ ޕާކު ތެރޭގައި، ގިރިސްލާ ފައްކާ ކޮށްފައިވާ 45، މަތި ކެނޑި ރުށްގަސް ހުއްޓެވެ.

މުބާރާތް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވި އަރިޔަދީ އީކޯ ނުގްރޯހޯ ބުނި ގޮތުގައި، މި ފަހަރުގެ މުބާރަތަކީވެސް މިކަމަށް އާންމުންގެ މެދުގައި އޮތް ލޯބި ވަޒަންކޮށްލަން ލިބުނު ފުރުސަތެކެވެ.

މި ކުޅިވަރަކީ މުސްތަޤުބަލެއްވެސް އޮތް ކުޅިވަރެއް ކަމަށް އިންޑޮނޭޝިއާގެ ރައްޔިތުން ޤަބޫލު ކުރެއެވެ.

ގިރިސްލާފައިވާ ފެންފޯއް ރުށްތަކުގައި އަގުބޮޑެތި އިނާމުތައް އެލުވާފައި ހުރެއެވެ. އޭގެ ތެރޭގައި ބައިސްކަލާއި، ކުޅިވަރު ކުޅޭ ސަމާނުގެ އިތުރުން ފުރިޖާ އެނޫންވެސް އެފަދަ އެކި ކަހަލަ ސާމާނު ހުރެއެވެ. ގިރިސް ދަނޑިއަށް އެރުމުގެ ހަރަކާތް ކުރިއަށް ގެންދަނީ ގުރޫޕު ގުރޫޕަށް މީހުން ބައިވެ، ޓީމު ހަދައިގެންނެވެ. މި ކުޅިވަރަކީ 1700ގެ އަހަރުތަކުގައި ހޮޅިންގެ އިސްތިއުމާރީ އޮތް ދުވަސްވަރުއްސުރެ ފެށިގެންވެސް ކުޅެމުންދާ ކުޅިވަރެކެވެ.

އިންޑޮނޭޝިއާގައި މިހާރު ފާހަގަ ކުރަމުން ދަނީ ހޮޅިންގެ އަތުން އެ ޤައުމަށް މިނިވަންކަން ލިބުނުތާ 77 ވަނަ އަހަރުގެ ކުލަ ގަދަ މުނާސަބާއެވެ. އޯގަސްޓް 17، 1945 ގައި މިނިވަންކަން އިއުލާން ކުރެވުނު އިންޑޮނޭޝިއާ، އިންޑޮނޭޝިއާގެ ސިޔާދަތީ މިނިވަންކަން ހޮޅިން ބަލައިގަތީ ޑިސެމްބަރު 27، 1949 ގައެވެ.

އިންޑޮނޭޝިޔާގިރިސް ދަނޑިއަށް އެރުމުގެ މުބާރާތްޕަންޖަތު ޕިނާންގްއިންޑޮނޭޝިއާގެ މިނިވަން ދުވަސް

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

08 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

06 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދަނީ

އިންޑޮނީޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދަނީ

01 ޑިސެމްބަރު 2025
އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

27 ނޮވެމްބަރު 2025
ހުކުރު ދުވަހު އިންޑޮނޭޝިއާގެ ވެރިރަށުގައި ހުންނަ ސްކޫލެއްގެ ކައިރީގައި އެއްޗެއް ގޮއްވާލައިފި

ހުކުރު ދުވަހު އިންޑޮނޭޝިއާގެ ވެރިރަށުގައި ހުންނަ ސްކޫލެއްގެ ކައިރީގައި އެއްޗެއް ގޮއްވާލައިފި

07 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު