Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަޝީދު ލަންކާގައި

ރައީސް ނަޝީދު އަނެއްކާ ވެސް ލަންކާއަށް ވަޑައިގެންފި

5 ޖުލައި 2017 | ބުދަ 07:10

ލަންކާ އަށް ވަޑައިގެންފައި ވަނީ މިއަދު

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 5 ޖުލައި 2017 | ބުދަ 07:10
ރައީސް ނަޝީދު ލަންކާގައި---

ރައީސް ނަޝީދު ލަންކާގައި---

ދިގު މުއްދަތެއް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު އެމްޑީޕީގެ އިންތިޚާބީ ރައީސް މުޙައްމަދު ނަޝީދު އަވަށްޓެރި ސްރީލަންކާއަށް އަނެއްކާ ވެސް ވަޑައިގެންފިއެވެ.

ރައީސް ނަޝީދު ލަންލާއަށް ވަޑައިގެންނެވީ މިއަދު ހެނދުނެވެ. ސްރީލަންކާ އިން އެމަނިކުފާނަށް މަރުހަބާ ދެންނެވީ، އެމްޑިޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަޙުމަދު ނަޞީމް އާއި އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން ޙާމިދު ޢަބްދުލްޣަފޫރްގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އުމަރު އަބްދުލްރައްޒާޤެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގެ ތަފްޞީލް އެމްޑީޕީން އަދި ހާމަކޮށްފައި ނުވެ އެވެ. މި ދަތުރުފުޅުިގައި ވެސް ރާއްޖޭގެ ސިޔާސީ ފަރާތްތަކާއި، ލަންކާގައި ތިއްބަވާ އެކި ޑިޕްލޮމޭޓުންނާއި ބައްދަލުކުރެއްވުމަށް ކުރައްވާނެ ކަމަށް ބެލެވެއެވެ. އެމަނިކުފާނު ލަންކާއަށް ވަޑައިގަތުމުން އެމަނިކުފާނާއި އާންމުންގެ ގިނަ ދިވެހިންނަށް ބައްދަލު ކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއެެކު ވެސް ބައްދަލުވުންތައް ކުރިއަށްދެ އެވެ.

އެމަނިކުފާނު ވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިންވެސް ލަންކާއަށް ވަޑައިގެން އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެމްބަރުންނާ ބައްދަލު ކުރައްވާފަ އެވެ. އެމަނިކުފާނު ލަންކާ އަށް ވަޑައިގެން މި ދުވަސްވަރަކީ ރާއެްޖޭގެ ސިޔާސީ މަޝްރަހް ބަދަލުވެ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ކާމިޔާބުތަކެއް ލިބެމުންދާ ކަމަށް ގިނަ ބަޔަކު ބުނަމުންދާ ދަނޑިވަޅެކެވެ.

އެމަނިފާނު ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވެސް ވަނީ ވިދާޅުވެފަ އެވެ.

އިނގިރޭސި ވިލާތަށް ވަޑައިގެން ފަހުން ރައީސް ނަޝީދު ވަނީ ތަފާތު އެކި ފަހަރު މަތިން ލަންކާ އަށް ވަޑައިގެންފައެވެ. މިފަހަރު ވަޑައިގެންފައި މި ވަނީ މަޖިލީހުގެ ރައީސްކަމުން އަބްދުﷲ މަސީހް ދުރުކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް