Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުނޫޒް ޖަލްސާ

ގޮތެއް ހުރި ބުޅަލެއް ވެސް މަޖިލީހުގެ ރައީސް އިންނަވާ ގޮޑީގައި މިހާލަތުގައި ނީންނާނެ: އިމްތިޔާޒް

5 ޖުލައި 2017 | ބުދަ 05:10

މަޖިލީހުގެ އިތުރު މެންބަރުންގެ ތާއީދުވެސް ހޯދާނަން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 5 ޖުލައި 2017 | ބުދަ 05:10
މާފަންނު އުތުރު ދައިރާގެ މެންބަރު އިމްތިޔާޒް ފަހުމީ

މާފަންނު އުތުރު ދައިރާގެ މެންބަރު އިމްތިޔާޒް ފަހުމީ

"ކިރިޔާ ގޮތެއް ހުރި ބުޅަލެއް ވެސް މަޖިލީހުގެ ރައީސް އިންނަވާ ގޮޑީގައި މިހާލަތުގައި ނީއްނާނެ" ކަމަށް މާފަންނު އުތުރު ދައިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު އިމްތިޔާޒް ވިދާޅުވީ، މިއަދު ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވެފައިވާ ކަމަށާއި ޕީޕީއެމްގެ ޕީޖީ ގްރޫޕު ހުރިހާ މެންބަރުން ގަދަކަމުން ގެންގޮސް އެ މަންޒަރު ފޮޓޯ ނެގޭކަށް މިއަދު ނެތް ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ސިޔާސީ މަސްރަހަށް މިއައި ބަދަލަކީ، ގާނޫނީ އިމުގެ ބޭރުން ކަންކަން ކުރުމުގެ ސަބަބުން އިދިކޮޅު ފަރާތްތަކުގެ އިސްވެރިން ފެށި މަސައްކަތުން އާދެވުނު ހިސާބު ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ. އިމްތިޔާޒް ވިދާޅުވީ، މިއަދު 45 މެންބަރުން ހަމަވި ނަމަވެސް، 60 މެންބަރުންނަށް ވެސް އެ އަދަދު އަރާނެ ކަމަށެވެ.

އިމްތިޔާޒް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް މަޖިލީހަށް މައްސަލަ ހުށަހަޅާފައިވާ އިރު ގިނަ މެންބަރުންގެ ސޮއި އެބޭފުޅުންނަށް ލިބިފައިވާ ކަމަށެެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމުން، ގާނޫނީ ހަމަތަކުގެ ބޭރުން، އެކި ގޮތް ގޮތް ކަނޑައަޅައިގެން މައްސަލަ ކާމިޔާބު ކުރުމުގެ ފުރުސަތު ކަނޑުވާލިކަން އިމްތިޔާޒް ފާހަގަކުރެއްވި އެވެ.

" ގޮތެއް ފޮތެއް ހަޔާތެއް ހުރިކަމުގައި ވަނީ ނަމަ، ހަމަގައިމު އެތަނުގައި ބުޅަލެއް ވެސް ނުއިންނާނެ. އެގޮޑީގައި ނީންނާނެ. ހަމަޔަގީނުންވެސް ބުޅަލަކަށް ވެސް މިވަރުގެ ކަންކަން ކުރިމަތިވީމަކާއެެއް، އެތަނުގައި އިންނާކަށް ނުކެރޭނެ. އެކަމަކު ނިކަން ބައްލަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް. އަޅުގަނޑު ވަރަށް އިހްލާސްތެރިކަމާ އެކު ދަންނަވަން. ޒާތީ އެއްވެސް މައްސަލައެއް ނެތް. ހަމައެއްވެސް މައްސަލައެއް ނެތް. އަޅުގަނޑުމެންގެ މައްސަލައަކީ ދިވެހި ރާއްޖޭގެ ރައްޔިތުންނަް ބޮޑެތި ގިނަ ގުނަ ގެއްލުންތައް ލިބޭނެ ގޮތަށް އަމަަލުކުރައްވާތީ. ރާއްޖޭގެ ހަމަތަކާއި ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވައިދުތަކާއި ދުނިޔެ ގަބޫލު ކުރާ ހަމަތަކާއި އިންސާނީ ބުއްދި އެ މައްޗަށް ބިނާވެގެންވާ ހަމަތައް މުގުރާލައްވާ، ތިޔަ ކުރާ ވިޔާނުދާ ކަންތައްތައް. އެއީ އަޅުގަނޑުމެންގެ މައްސަލައަކީ،" އިންތިޔާޒް ވިދާޅުވި އެވެ.

މި ކަންކަން ހުއްޓުމަށް އިިދިކޮޅު ފަރާތްތަކުން ތައްޔާރަށް އޮތް ކަމަށާއި އެކަން ކާމިޔާބު ކޮށްފައިނޫނީ ނުހުއްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިމްތިޔާޒް ވަނީ ސަރުކާރުން ސިޔާސީ ކުށްވެރިން ހައްޔަރުކޮށް އެފަދަ ފަރާތްތަކަށް ދެއްވާ އަނިޔާ ހުއްޓާލުމަށް ގޮވާލައްވާފަ އެވެ.

ޕީޕީއެމްގައި ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ ތިބީ ރަގަޅު އިންސާނުން ކަމަށާއި، އެ ފަރާތްތަކަށް ވެސް ދިވެހިރާއްޖެއަށް ޓެކްސްގެ ޒަރިއްޔާއިން ބޮޑު އާމްދަނީއެއް ލިބެމުންދާ ކަން އެނގޭ ކަމަށެވެ. ހަމަ އެބޭފުޅުންނަށް ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދުވަހެއް ދުވަހަށް ދަށަށްދާކަން އެނގޭ ކަން އިމްތިޔާޒް ފާހަަގަކުރެއްވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް