Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޔާން މިއުނިކް

ނާގަލްސްމަން ވަކި ކުރަން ޖެހުނީ ބަޔާންގެ ކުޅުން ދަށްވުމުން

މި ސީޒަނަށް ބޭނުންވާ ކަންކަން ހާސިލްކުރަން އެދޭތީ އެކަމަށް "ރިއެކްޓު" ކުރެއްވީ ކަމަށް ކުލަބުގެސީއޯއޯ ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 މާރިޗު 2023 | ހޮނިހިރު 05:37
ބަޔާންގެ ހެޑް ކުއާޓާ ދޫކޮށް ނާގަލްސްމަން ކާރުގައި ނިކުންނަނީ

ބަޔާންގެ ހެޑް ކުއާޓާ ދޫކޮށް ނާގަލްސްމަން ކާރުގައި ނިކުންނަނީ

ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކްގެ ކޯޗުކަމުގެ މަގާމުން ހޫލިއަން ނާގަލްސްމަން ވަކި ކުރަން ޖެހުނީ ކުލަބުގެ ކުޅުމުގެ ފެންވަރު ދަށްވުމުން ކަމަށް އެ ކުލަބުގެ ސީއޯއޯ އޮލިވާ ޚާން ވިދާޅުވެއްޖެ އެވެ.

ބަޔާންގެ ބޯޑުން މިހާރު ވަނީ ކޯޗުކަމުން ނާގަލްސްމަން ވަކި ކުރުމަށްފަހު އެ މަޤާމަށް ތޯމަސް ޓުޗެލް ހަމަޖެއްސުމަށް ނިންމައިފަ އެވެ. އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން އޮލިވާ ޚާން ވިދާޅުވީ، ބަޔާންގައި އޮތް ސްކޮޑޮގެ ފެންވަރު ފެންނަނީ ވަރަށް މަދުން ކަމަށެވެ. އޭނާ ފާހަކަ ކުރެއްވި ގޮތުގައި މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ބަޔާންގެ ކުޅުން ދަށްވެފައިވާ މިންވަރު ފެނުނު ކަމަށާއި، ކާމިޔާބާއި ހަމައަށް ދެވޭކަމުގެ އުންމީދު ގެއްލެމުން އައި ކަމަށެވެ. އޮލިވާ ޚާން ވިދާޅުވީ އެކި އެކި ކަންކަމުގެ ސަބަބުން މި ސީޒަނަށް ބަޔާނުން ކަނޑައެޅި ލަނޑު ދަނޑިތައް ނުރައްކަލުގެ ތެރެއަށް ވެއްޓުނު ކަމަށާއި، ނަމަވެސް އެކަންކަމާއެކު ވެސް ކުރިއަށް ދާން މަސައްކަތް ކުރި ކަމަށެވެ. އެހެން ނަމަވެސް މި ސީޒަނަށް ބޭނުންވާ ކަންކަން ހާސިލްކުރަން އެދޭތީ އެކަމަށް "ރިއެކްޓު" ކުރެއްވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޮލިވާ ޚާންގެ އިތުރުން ބަޔާންގެ ސްޕޯޓިން ޑިރެކްޑަރު ވިދާޅުވީ، މިއީ އެ މަޤާމުގައި ހުރެ މިހާތަނަށް އޭނާ އަށް ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުން ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ނާގަލްސްމަންއާއި އެކު އުފެދިފައިވަނީ އިތުބާރު ކުރެވޭ، ފާޅުކަން ބޮޑު އެކުވެރި ގުޅުމެއް ކަމަށެވެ. ނަމަވެސް އޭނާ ވެސް ވަނީ ބަޔާންގެ ކުޅުން ދަށްވެފައިވާ ކަމަށާއި، ނަތީޖާ ނެރުމުގައި އުނދަގޫތަކެއް ހުރި ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން އޭނާ ވަނީ ނާގަލްސްމަން އަށް މުސްތަޤުބަލުގައި އިތުރު ކާމިޔާބަށް އެދޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ބަޔާންގެ ކޯޗު ކަމަށް ނާގަލްސްމަން ހަމަޖައްސާފައި ވަނީ 2021 ވަނަ އަހަރު އެވެ. 2026 ވަނަ އަހަރާ ހަމަ އަށް އެއްބަސްވުން އެކުލަވާލި ނަމަވެސް، ދެ އަހަރު ނުވަނީސް ބަޔާނުން މިވަނީ އެއްބަސް އުވާލަން ނިންމައިފަ އެވެ.

ބަޔާން މިއުނިކްހޫލިއަން ނާގަލްސްމަން

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު