Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖެންޑާ މިނިސްޓްރީ

ޖެންޑާ މިނިސްޓްރީ އަށް ފިލްމެއް ހަދައިދޭނެ ބަޔަކު ހޯދަނީ

އަންދާސީ ހިސާބު ހުށަހެޅުން އޮތީ އޭޕްރީލް 4ގައި

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 25 މާރިޗު 2023 | ހޮނިހިރު 04:48
ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ

ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ

ޖެންޑާ މިނިސްޓްރީއަށް ފިލްމެއް ހަދައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ފިލްމެއް ހަދައިދޭނެ ބަޔަކު ހޯދަނީ "ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުންނެވެ. އެ ކެމްޕެއިނަށް ތައްޔާރުކުރަން ބޭނުންވާ ފީޗަރ ފިލްމު ހަދަން ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ ދައުވަތު ދީފައެވެ. އެ މަސައްކަތުގެ މައުލޫމާތު ސާފުކުރުން އޮތީ މި މަހު 29 ވަނަ ދުވަހުއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.

އެ މަސައްކަތުގެ މައުލޫމާތު ކަރުދާހުގައި ވާ ގޮތުން އެ ފިލްމަކީ ދެމަފިރިންގެ ފުރިހަމަ ބައިވެރިވުމާ އެކު ކުރެވޭ މަސައްކަތުން އާއިލާއަކަށް ލިބޭ ހަމަޖެހުމާއި އުފާވެރިކަމާއި ކުރިއެރުން ދައްކުވައިދޭ ފިލްމަކަށް ވާންޖެހެއެވެ. ފިލްމުގެ ދިގުމިނަކަށް ވާން ޖެހޭނީ ގާތްގަނޑަކަށް 90 މިނެޓެވެ.

ފިލްމުގެ ވާހަކައާއި ސްކްރިޕްޓް ލިޔާނީ އެ ފިލްމު މެދުވެރިކޮށް މިނިސްޓްރީން މުޖުތަމައަށް ފޯރުކޮށްދޭން ބޭނުންވާ މައިގަނޑު މެސެޖުތަކުގެ މައްޗަށް ބިނާކޮށް ފިލްމުގެ މަސައްކަތާ ހަވާލުވާ ފަރާތުން ކަމަށް އެ މައުލޫމާތު ކަރުދާހުގައި ވެއެވެ. އަދި ފިލްމުގެ ލީޑު ރޯލުގައި ހަރަކާތްތެރިވާ މީހުންގެ ހަރަދު ހަމަޖައްސަން ވެސް ޖެހެނީ އެ މަސައްކަތާ ހަވާލުވާ ބައެކެވެ. އެކަމަކު ކުދި ރޯލުތަކަށް މިނިސްޓްރީގެ މުވައްޒަފުން ބޭނުންކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް މައުލޫމާތު ކަރުދާހުގައިވެއެވެ.

މީގެ އިތުރުން، އެ މަަސައްކަތާ ހަވާލުވާ ބަޔަކު ފިލްމު ޕްރޮމޯޓްކުރަން 30 ސިކުންތުގެ ޓްރެއިލާއެއް ވެސް ތައްޔާރުކުރަން ޖެހެއެވެ. އެ މަސައްކަތަށް އެކަށީގެންވާ ބަޔަކު ކަނޑައެޅުމުގައި އެ މަސައްކަތުގެ އަގާއި އެ މަސައްކަތް ނިންމޭނެ މުއްދަތުގެ އިތުރުން ޓީމުގެ ގާބިލުކަމާއި މިނިސްޓްރީގެ މެންޑޭޓަށް ފެތޭ އިޖުތިމާއީ މައްސަލަތަކަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ފިލްމާއި، ޓްރެއިލާ އުފެއްދުމުގެ ތަޖުރިބާއަށް ބަލާނެކަމަށް ވެސް މައުލޫމާތު ކަރުދާހުގައި ބުނެފައިވެއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2023

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

06 ނޮވެމްބަރު 2023
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު
06 ނޮވެމްބަރު 2023

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

06 ނޮވެމްބަރު 2023
 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި
18 ޖުލައި 2023

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ

18 ޖުލައި 2023
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ
27 ޖޫން 2023

މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި

27 ޖޫން 2023
މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި
26 މެއި 2023

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހެދި ކުޑަކުދިންގެ ކާޓޫން އަދި ވާހަކަ ފޮތް ސިރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފި

26 މެއި 2023
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހެދި ކުޑަކުދިންގެ ކާޓޫން އަދި ވާހަކަ ފޮތް ސިރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފި
24 މާރިޗު 2023

"ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާދޭ ބައެއް މީހުން ރަނގަޅުވުމުން ވެސް އާއިލާއިން ހަވާލެއްނުވޭ"

24 މާރިޗު 2023
"ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާދޭ ބައެއް މީހުން ރަނގަޅުވުމުން ވެސް އާއިލާއިން ހަވާލެއްނުވޭ"
26 ފެބުރުއަރީ 2023

ގެވެށި ގުޅުން ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް ސްކޫލްތަކުގެ ކީ ސްޓޭޖް 1 އަދި 2 ގެ ދަރިވަރުންނަށް ތައާރަފުކޮށްފި

26 ފެބުރުއަރީ 2023
ގެވެށި ގުޅުން ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް ސްކޫލްތަކުގެ ކީ ސްޓޭޖް 1 އަދި 2 ގެ ދަރިވަރުންނަށް ތައާރަފުކޮށްފި
06 ފެބުރުއަރީ 2023

ސަރުކާރުން އަމާންވެށީގެ 7 މަރުކަޒު ޤާއިމްކޮށް، 156 މުވައްޒަފުން ވަނީ ތަމްރީންކޮށްފައި

06 ފެބުރުއަރީ 2023
ސަރުކާރުން އަމާންވެށީގެ 7 މަރުކަޒު ޤާއިމްކޮށް، 156 މުވައްޒަފުން ވަނީ ތަމްރީންކޮށްފައި
15 ޖެނުއަރީ 2023

ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2023
ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
08 ޖެނުއަރީ 2023

ނޮވެމްބަރު މަހުވެސް އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާގުޅޭ މައްސަލަތައް

08 ޖެނުއަރީ 2023
ނޮވެމްބަރު މަހުވެސް އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާގުޅޭ މައްސަލަތައް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު