Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ އަސްކަރިއްޔާ

ސިފައިންނަށް ނިމިދިޔަ ސަރުކާރުން އިހުމާލުވި ކަމަށް ބުނެ ރައީސް މުއިއްޒު ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް: ރައީސް ޞާލިހު

ރައީސް މުއިއްޒު ވަނީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސިފައިންގެ މަރުކަޒުތައް ފަހަކަށްއައިސް ނުބެލެހެއްޓުމުގެ ސަބަބުން ވީރާނާ ވާ ކަމަށް ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2024 | އާދީއްތަ 07:44
ރައީސް ޞާލިހް އަދި ޑރ. މުހައްމަދު މުއިއްޒު

ރައީސް ޞާލިހް އަދި ޑރ. މުހައްމަދު މުއިއްޒު

ނިމިދިޔަ ސަރުކާރުން ދިވެހި އަސްކަރިއްޔާ އަށް އަޅާނުލާ ކަމަށް ފާހަގަކުރައްވާ ޝަހީދުންގެ ދުވަހު ރައީސް ޑރ.މުހައްމަދު މުއިއްޒު ހެއްދެވީ އިތުރުފުޅުކަމަށް ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވަނީ އިންޑިއާ އަށް ރާއްޖެ އަޅުވެތިވާ ކަމަށް ބުނެ އެ މަނިކުފާނުގެ ސަރުކާރާއި މެދު އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަ އާއި އަސްކަރިއްޔާ އަށް ނިމިދިޔަ ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ބުނެ ދެއްކި ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން އިންޑިއާ އަކީ ރާއްޖޭގެ އެންމެ ގާތް އެއް ޤައުމު ކަމަށާއި އެ ޤައުމަކީ ރާއްޖެ އަށް ދިމާވި އެކި ހާލަތްތަކުގައި އެންމެ ފުރަތަމަ އެންމެ ގާތުން ރާއްޖެ އަށް އެހީތެރިވާ ޤައުމުކަމަށް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

ރާއްޖެ އަށް ބޮޑުކަމެއް ދިމާވާ ކޮންމެ ދަނޑިވަޅެއްގައި އެންމެ ރަނގަޅަށް އެހީތެރިވަނީ އެ ޤައުމުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގައި އިންޑިއާ މިލިޓަރީ މީހުން ތިބިކަމަށާއި އެއީ ހަތިޔާރު އެޅި ބައެއް ކަމަށް ބުނެ ދެއްކި ވާހަކަ އަކީ އަސާސެއް ނެތް ވާހަކަތަކެއްކަން މިހާރު ހާމަަވަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް އިންޑިއާގެ ޓެކްނިކަލް މީހުން ރާއްޖޭގައި ޚިދުމަތްކުރަމުން އައިސްފައިވާ ކަމަށާއި އޭގެ ތެރޭގައި މިލިޓަރީ ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ހެލިކޮޕްޓަރާއި ޑޯނިއާ ވެސް ފުރަތަމަ ގެނައީ އެ މަނިކުފާނުގެ ވެރިކަމުގައި ނޫންކަން ރައީސް ޞާލިހު ވަނީ ފާހަގަކުރައްވާފައެވެ. އުތުރުތިލަފަޅުގައި މިލިޓަރީ ބޭސް އެއް އަޅާކަމަށް ބުނެ ދެއްކި ވާހަކަތަކުގެ ވެސް އަސްލެއް ނެތް ވާހަކަތަކެއްކަން މިއަދު އެނގޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ސަބަބަކީ އުތުރު ތިލަފަޅު އެގްރީމެންޓްގެ މަސައްކަތް އެއްވެސް އަކުރަކަށް ފިއްޔަކަށް ބަދަލުގެނައުމަކާއި ނުލާ މިއަދު ކުރިއަށް ގެންދިއުން ކަަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ނިމިދިޔަ ސަރުކާރުން ދިވެހި އަސްކަރިއްޔާ އަށް އަޅާ ނުލާ ކަަމަށް ބުނެ ދެއްކި ވާހަކަ އަކީ ދޮގެއްކަން އަސްކަރިއްޔާގެ އިސް ބޭފުޅުންނަށް ވެސް އެނގިލައްވާނެ ކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.

ރައީސް ޞާލިހު އެފަދައިން ވިދާޅުވީ މި ސަރުކާރުން ސިފައިންނަށް ވަރަށް ގިނަގުނަ ކަންތައްތަކެއް ކޮށްދޭ ކަމަށާއި ކުރިން ސިފައިންނަށް އަޅާ ނުލާކަމަށް ސިފަކުރައްވާ ނޮވެމްބަރ 3ގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ދެއްކެވި ވާހަކައަށް އިޝާރާތްކުރައްވައެވެ. ރައީސް މުއިއްޒު ވަނީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސިފައިންގެ މަރުކަޒުތައް ފަހަކަށްއައިސް ނުބެލެހެއްޓުމުގެ ސަބަބުން، މި ވޭތުވެދިޔަ ހަތަރު ފަސް އަހަރެއްގެ ތެރޭގައި ވަރަށް ބޮޑަށް ވީރާނާވާން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ. އެކަމާ ގުޅިގެން މިހާރު އެކުވެރި ދައުލަތްތަކުގެ އެހީތެރިކަމަށް މިހާރުވާނީ އެދިފައި ކަމަަށާއި އެކަންކަން މި އަންނަ އަހަރުގެ ތެރޭގައި އެ މަރުކަޒުތަކާއި ގުޅޭ މަސައްކަތްތައް ހިނގައިގަންނާނެ ކަަމަށް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު