Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޔާން މިއުނިކް

ބަޔާންއިން ނާގެލްސްމަން ވަކިކުރަނީ، އާ ކޯޗުކަށް ވާނީ ޓުކެލް

ނާގެލްސްމަން ވެސް ވަނީ މަގާމުން ވަކިކުރަން އުޅޭކަން ޔަގީންކޮށްދީފައި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 24 މާރިޗު 2023 | ހުކުރު 17:55
ބަޔާންގެ ކޯޗު ނާގެލްސްމަން އާއި ތޯމަސް ޓުޗެލް (ކ)

ބަޔާންގެ ކޯޗު ނާގެލްސްމަން އާއި ތޯމަސް ޓުޗެލް (ކ)

ބަޔާން މިއުނިކްގެ ކޯޗުކަމުން ހޫލިއަން ނާގެލްސްމަން ވަކިކުރަން ނިންމައި، ކޯޗުކަން ތޯމަސް ޓުކެލް އަށް ދޭން ނިންމައިފި އެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ބަޔާންއިން މިހާރު ދަނީ މިކަން ރަސްމީކޮށް އިއުލާނުކުރުމަށް ތައްޔާރުވަމުންނެވެ. މި ގޮތުން ނާގެލްސްމަންއާއެކު ހަދާފައިވާ ކޮންޓްރެކްޓް ބާތިލްކުރުމަށް ދައްކަންޖެހޭ ވާހަކަތަކަށް އޭނާ މިހާރު ވަނީ ބަޔާންގެ ރަސްމީ ހެޓްކުއާޓާރަށް ހާޒިރުކޮށްފަ އެވެ. އަދި ޓުކެލްއާ އެކު އެއްބަސްވުން ހެދުމަށް ވާންޖެހޭ ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ވެސް ޖަރުމަނުގެ ނޫސްތަކުންބުނެ އެވެ. ބަޔާންއާ ގާތް ގުޅުން އޮންނަ ބައެއް ނޫސްވެރިން ބުނަނީ ބަޔާންގެ ކޯޗަކަށްވުމަށް ޓުކެލް ކޮންޓްރެކްޓްގައި ވެސް ސޮއިކޮށްފި ކަމަށެވެ.

މިކަމާ ބެހޭގޮތުން ސުވާލުކުރުމުން ނާގެލްސްމަން ވެސް ވަނީ ބުނީ މަގާމުން ވަކިކުރަން އުޅޭ ވާހަކަ "އަޑުއަހައިފިން،" ކަމަށެވެ.

ބަޔާންއިން ނާގެލްސްމަން ވަކިކުރަން ނިންމީ ފާއިތުވެދިޔަ 10އަހަރު އެޓީމުން ހޯދި ޖަރުމަނު ލީގު މި ސީޒަނުގައި ދިފާއު ނުކުރެވިދާނެ ކަމުގެ ބިރު ހީވުމުންނެވެ. މޮޅު ޓީމެއް އޮވެ ބަޔާން މިވަގުތު އޮތީ ޖަރުމަނު ލީގުގެ ދެ ވަނާގަ އެވެ. އެއީ އެއްވަނާގައިވާ ވާދަވެރި ބޮރޫޝިޔާ ޑޯޓްމުންޑާ ޕޮއިންޓްހގެ ގޮތުން ހަމަހަމަވެ ގޯލުގެ ތަފާތުންނެވެ.

ބަޔާންއިން ނާގެލްސްމަން ވަކިކުރަން ނިންމީ ފާއިތުވެދިޔަ 10އަހަރު އެޓީމުން ހޯދި ޖަރުމަނު ލީގު މި ސީޒަނުގައި ދިފާއު ނުކުރެވިދާނެ ކަމުގެ ބިރު ހީވުމުންނެވެ. މޮޅު ޓީމެއް އޮވެ ބަޔާން މިވަގުތު އޮތީ ޖަރުމަނު ލީގުގެ ދެ ވަނައިގަ އެވެ. އެއީ އެއްވަނާގައިވާ ވާދަވެރި ބޮރޫޝިޔާ ޑޯޓްމުންޑާ ޕޮއިންޓްގެ ގޮތުން ހަމަހަމަވެ ގޯލުގެ ތަފާތުންނެވެ.

ނާގެލްސްމަން އަށް ބަޔާންގެ ކޯޗުކަން ދިނީ ޖަރުމަނުގެ އާރުބީ ލައިޕްޒިގްގައި އޭނާ ނެރުނު ރަނގަޅު ނަތީޖާތަކުގެ ސަބަބުންނެވެ. ނަމަވެސް ބަޔާންއަށް ކޯޗުކޮށްދިން 84 މެޗުގެ ތެރެއިން އޭނާ އަށް މޮޅުވެވުނީ 6 މެޗުންނެވެ. މި ސީޒަނުގައި ކުޅުނު ތިން މެޗަކުން ބަލިވެ، ހަތް މެޗަކުން ވަނީ އެއްވަރުވެފަ އެވެ. ނަމަވެސް ޗެމްޕިއަންސް ލީގެ ކުއާޓާ ފައިނަލަށް ޓީމު ވަނީ ދަތުރުކޮށްފަ އެވެ.

ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑާއި ފްރާންސްގެ ޕީއެސްޖީ އަދި އިނގިރޭސި ކުލަބު ޗެލްސީ އަށް ކޯޗުކޮށްދިން ޓުކެލް މިވަގުތު ހުރީ މިދިޔަ ސީޒަނުގައި ޗެލްސީން ވަކިކުރުމުން ވަޒީފާއެއްނެތި އެވެ. ނަމަވެސް އަމިއްލަ ސަބަބުތަކާހުރެ ޗެލްސީން މަގާމުން ވަކިކުރި ނަމަވެސް އޭނާ ވަނީ އެ ޓީމަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީ ޕީއެސްޖީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދީފަ އެވެ. މިހެންވެ ބަޔާން ގަބޫލުކުރަނީ އޭނާ އަކީ މިވަގުތު އެ ޓީމު ހަމަމަގަށް އަޅުވާލެވޭނެ ތަޖުރިބާހުރި މަދުކޯޗުންގެ ތެރެއިން އެކަކު ކަމަށެވެ.  

ބަޔާން މިއުނިކްތޯމަސް ޓުޗެލްހޫލިއަން ނާގަލްސްމަން

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު