Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނައިބު ރައީސް

ދުނިޔޭގައި އުޅުމަށް ބޭނުންވާ ހުރިހާ ފިލާވަޅެއް ގުރުއާނުން ލިއްބައިދޭ: ނައިބު ރައީސް

ހުރިހާ ސަރުކާރަކުން ވެސް ދީނީ ކަންކަމަށް އިސްކަންދޭކަމަށް ވިދާޅުވި

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް, ރާއްޖެ އެމްވީ | 24 މާރިޗު 2023 | ހުކުރު 17:46
ޭރަންތާޖު ގުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަ ދައްކަވަނީ --

ޭރަންތާޖު ގުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަ ދައްކަވަނީ --

ދިރިއުޅުމަށް ބޭނުންވާ ހުރިހާ ފިލާވަޅެއް ގުރުއާނުން ލިއްބައިދޭކަމަށް ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެެއެވެ.

ރަންތާޖު ގުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބުރައީސް ވިދާޅުވީ މިއީ ދިވެހިރާއްޖޭގައި ގުރުއާން މުބާރާތެއް މިހާ ފުރިހަމަކޮށް ބޭއްވޭ ފުރަތަމަ ފަހަރު ކަމަށާއި ގުރުއާން މުބާރާތެއް ބޭއްވުމުގެ މަގުސަދު ހަނދާން ނައްތައިލައިގެން ނުވާނެ ކަމަށެވެެ.

ރަމަޟާން މަހަކީ ގުރުއާނުގެ މަސް ކަމަށައި އެ މަހެއްގައި ގުރުއާން ބާއްވައިލެވުނު މައްސަރު ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ޒަމާނުއްސުރެ ފެށިގެން، ދެ ނަމާދު ދޭތެރޭގައި ރަށްރަށުގައި ހިނގާލާއިރު ކޮންމެ ގެއަކުން ވެސް އިވެނީ ގުރުއާން ކިޔަވާ އަޑު ކަމަށް އޭނާ ވިދާޅުވިއެވެ. ގުރުއާނަށް އޮންނަ ލޯތްބަކީ ދިވެހީންގެ ހިތްތަކުގައި ތާއަބަދު އޮންނަ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

އިތުރަށް ނައިބު ރައީސް ވިދާޅުވީ މިއަދު ގުރުއާނުގައި އެ ބަޔާންކޮށްފައިވާ އެއްޗެއް ހޯދައި ބަލައި އުޅުން އަބަދުވެސް އެ މަގުން ބެހެއްޓުމަކީ އަޒުމަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި ހާއްސަކޮށް ބަރަކާތްތެރި ރަމަޟާން މަހު ރެޔާއި ދުވާލު ގިނަ ވަގުތު ގުރުއާން ކިޔެވުމަށާއި އަޅުކަމުގައި ހޭދަކުރުމަކީ އެންމެ މޮޅު ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ދުނިޔޭގައި އުޅުމަށް ބޭނުންވާ ހުރިހާ ކަމެއް، ހުރިހާ ފިލާވަޅުތަކެއް ގުރުއާނުން ލިއްބައިދޭ ކަމަަށެވެ. އަދި މިއަދު އިސްކަން ދޭން ޖެހޭ ކަމަކީ މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކޮށް އެކަކު އަނެކަކަށް އަޅައިލައި އުޅުމުގެ ވިސްނުން ކުރިއަށް ނެރުން ކަމަށް އޭނާ ވިދާޅުވިއެވެ. ކުރާ ކޮންމެ ކަމެއްގައި އަނެކާއަށް އެހީތެރިވުމާއި ހެޔޮގޮތްތައް އެދުމަކީ ކުރެވޭނޭ އެންމެ ރަނގަޅު ކަންތައް ކަމަށް ވެސް ވިދާޅުވިއެވެ.

ފައިސަލް އިތުރަށް ވިދާޅުވީ ރާއްޖޭގެ ކޮންމެ ސަރުކާރަކީ ވެސް ދީނީ ކަންތައްތަކަށް އިސްކަންދޭ ސަރުކާރެއް ކަމަށެވެ. ވޭތުވެދިޔަ ދުވަސްތަކާއި މިއަދުގެ ސަރުކާރުން ވެސް، ދީނީ ކަންތައްތަކަށް ލޯބިޖެއްސުމަށް ޓަަކައި އަދި ގުރުއާން މުބާރާތްތައް ބޭއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާކަމަށް ވިދާޅުވިއެވެ. ކޮވިޑްގެ އެންމެ އުނދަގޫ ވަގުތު ވެސް ގުުރުއާން މުބާރާތް ހުއްޓައި ނުލާ ކަމަށާއި އެ ވަގުތު ކުރެވެން އޮތް ގޮތަށް ސަރުކާރުން އެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށެވެ.

ނައިބު ރައީސް, ފައިޞަލް ނަސީމްރަންތާޖު 1444ރަންތާޖު ޤުރުއާން މުބާރާތް

ކޮމެންޓް

އިތުރަށް ކިޔާލަން

ނައިބު ރައީސް، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައިފި

ނައިބު ރައީސް، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައިފި

12 ނޮވެމްބަރު 2023
ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރެވޭނެ: ނައިބު ރައީސް

ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރެވޭނެ: ނައިބު ރައީސް

30 އޮކްޓޯބަރު 2023
މި ނިމިގެންދާ 5 އަހަރުތެރޭގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު - ނާއިބު ރައީސް

މި ނިމިގެންދާ 5 އަހަރުތެރޭގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު - ނާއިބު ރައީސް

27 އޮކްޓޯބަރު 2023
ދުނިޔެ ބަދަލުވަމުންދާ ގޮތް ދަސްކޮށް ނަފްސު ކުރިއެރުވުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަން ޖެހޭ - ނައިބު ރައީސް

ދުނިޔެ ބަދަލުވަމުންދާ ގޮތް ދަސްކޮށް ނަފްސު ކުރިއެރުވުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަން ޖެހޭ - ނައިބު ރައީސް

24 އޮކްޓޯބަރު 2023
ނާއިބު ރައީސް ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އަޑުގެ ނަން ސަމަރުބްލޫ އިބްރާހީމް މަނިކަށް ހާއްސަކުރައްވަން

ނާއިބު ރައީސް ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އަޑުގެ ނަން ސަމަރުބްލޫ އިބްރާހީމް މަނިކަށް ހާއްސަކުރައްވަން

23 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު