Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިޚާބު 2023

ރައީސް ނަޝީދު ޖޭޕީއާއެކު މެނިފެސްޓޯއެއް އެކުލަވާލައްވަނީ

ފުޅާކޮށް މަޝްވަރާކުރެވުނު ކަމަކީ ސިޔާސަތުތަކާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ކުރިމަތިލައްވާ އިރު، އެކީގައި މަސައްކަތްކުރެވޭނެ ސިޔާސަތުތަކެއް ކަނޑައެޅުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 23 މާރިޗު 2023 | ބުރާސްފަތި 06:25
ފިކުރެއްގެ ދިރުމުގެ ފަރާތުން ޖުމްހޫރީ ޕާޓީއާއެކު ބޭއްވި މަޝްވަރާގެ ތެރެއިން

ފިކުރެއްގެ ދިރުމުގެ ފަރާތުން ޖުމްހޫރީ ޕާޓީއާއެކު ބޭއްވި މަޝްވަރާގެ ތެރެއިން

އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ޖުމްހޫރީ ޕާޓީއާއެކު މެނިފެސްޓޯއެއް އެކުލަވާލައްވަމުން ގެންދަވާ ކަމަށާއި، އެކަމުގެ މަޝްވަރާތައް ކުރައްވާފައިވާ ކަމަށް، އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ހިންގުމުގައި އިސްކޮށް އުޅުއްވާ ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމުމާއެކު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިވެވަޑައިގެންނެވި އަދި ޕާޓީގެ ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާ ރައީސް ނަޝީދު ވަނީ ޖުމްހޫރީ ޕާޓީގެ ނިންމުމަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި އެކުގައި މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ވެސް ފާޅުކުރެއްވިއެވެ.

Advertisement - newsAdvertisement

ޖުމްހޫރީ ޕާޓީގެ މައި އޮފީހުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ހަސަން ލަތީފުގެ އިތުރުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީގެ ރައީސަކީ ރައީސް ނަޝީދު ކަމަށާއި، އެހެންކަމުން، ރައީސް ނަޝީދުގެ އެދިވަޑައިގަތުމަކަށް އޭނާ އާއި އަމްރު އެމްޑީޕީގެ ފަރާތުން ވާހަކަދައްކަވަން ވަޑައިގެންނެވީ ކަމަށެވެ.

ޖޭޕީއާއި ރައީސް ނަޝީދުގެ ޓީމާ ދެމެދު ދެކެވުނު ވާހަކަތަކުގެ ތެރޭގައި ފުޅާކޮށް މަޝްވަރާކުރެވުނު ކަމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ކުރިމަތިލައްވާއިރު، އެކީގައި މަސައްކަތްކުރެވޭނެ ސިޔާސަތުތަކެއް ކަނޑައެޅުމާއި އެ ސިޔާސަތުތަކުގެ ތަފްސީލުތައް މެނިފެސްޓޯއެއްގެ ގޮތުގައި އެކުލަވާލެވޭނެ ގޮތުގެ ވާހަކަ ކަމަށެވެ. އަދި އަންނަ ހަފްތާގައި ވެސް މި މަސައްކަތް ކުރައްވަން ބައްދަލުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ލަތީފު ވިދާޅުވީ ކުރެވުނު މަޝްވަރާގައި، ނިންމުނު އެއްކަމަކީ އެކުގައި މަސައްކަތް ކުރާއިރު، މެނިފެސްޓޯއެއް އެކުލަވާލަން މަސައްކަތް ކުރަން ފެށުން ކަމަށެވެ. ދެން ޕާޓީގެ ފަރާތުން އެ މަސައްކަތް ނިންމާ ހުރިހާ ކަމެއް ކުރާނީ އެ ދެ ބޭފުޅުންނެއް ނޫން ކަމަށާއި، ޖުމްހޫރީ ޕާޓީން ވެސް އެ ޕާޓީގެ ލީޑަރާއި މަޝްވަރާކުރައްވާ އެއަށް ގެންނަވާނެ އިސްލާހާއި ބަދަލުތައް ހޯއްދަވާނެ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ޓީމުން ވެސް ރައީސް ނަޝީދުގެ އަރިހުގައި މަޝްވަރާކުރައްވާނެ ކަަމަށާއި، މީގައި އިތުރަށް ކުރިއަށްދާނެ ގޮތްތަކާއި ގުޅޭގޮތުން ވާހަކަ ދެކެވޭނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ ޖޭޕީއާއި އެމްޑީޕީގެ ބޭފުޅުންނާ އެކު ބޭއްވެވި ބައްދަލުވުކުރެއްވުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް އަދި ކުރިއަށް ދިއުމަށް، ކުރަން ހުރި މަސައްކަތްތަކާއި ބެހޭގޮތުން ބޭއްވެވި ބައްދަލުކުރެއްވުމެއް ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެއްކެވީ، ދެ ޕާޓީ ގުޅިގެން އެކީގައި މަސައްކަތް ކުރާކަމުގައިވާނަމަ، ރައްޔިތުންނާއި ހަމައަށް ރައްޔިތުންގެ ބޭނުންތަކާއި މަޤްސަދުތައް ހާސިލުކުރުމަށްޓަކައި ގެންނާނެ ސިޔާސަތުތައް އަދި ޕްރޮގްރާމްތަކާއި ބެހޭގޮތުން ޚިޔާލު ބަދަލުކުރުން ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު ރައީސް ނަޝީދު ގެންދަވަނީ ފިކުރެއްގެ ދިރުން ނަމުގައި އެމްޑީޕީ ތެރޭގައި ވަކި ފިކުރެއް ދިރުވުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި އެމްޑީޕީން ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާފައި ހުރި ނަމަވެސް، އެހެން ޕާޓީތަކާއި މަޝްވަރާ ކުރައްވާ އެހެން ޕާޓީތަކަށް ދަނީ ތާއީދުކުރައްވަމުންނެވެ.

ޖުމްހޫރީ ޕާޓީއަކީ މިހާރު އޮތް ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެ. ނަމަވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް ހުންނަވަނިކޮށް އެމްޑީޕީގެ ވަކި ފިކުރެއް ހިންގާ ބަޔަކާއެކު ރިޔާސީ އިންތިޚާބުގައި މަސައްކަތް ކުރަން ނިންމި ނިންމުމާމެދު ޖުމްހޫރީ ޕާޓިން ސާފު ޖަވާބެއް ނުދެއެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު2023 ރިޔާސީ އިންތިޚާބުހަސަން ލަތީފްހުސެއިން އަމްރުއަމީލް އިބްރާހިމްޖުމްހޫރީ ޕާޓީމާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!

ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!

07 އޮކްޓޯބަރު 2025
މި ސަރުކާރުން ބޭނުންވެއްޖެނަމަ ވަގުތުން ޑޮލަރުގެ ރޭޓު 15 ރުފިޔާއަށް ދަށްކުރެވޭނެ: އަމްރު

މި ސަރުކާރުން ބޭނުންވެއްޖެނަމަ ވަގުތުން ޑޮލަރުގެ ރޭޓު 15 ރުފިޔާއަށް ދަށްކުރެވޭނެ: އަމްރު

27 ސެޕްޓެމްބަރު 2025
މި ސަރުކާރުގައި އެމްއޭސީއެލް ވަނީ ފެނަކައާ އެއް ދަރަޖައަކަށް ވައްޓާލާފައި: އަމްރު

މި ސަރުކާރުގައި އެމްއޭސީއެލް ވަނީ ފެނަކައާ އެއް ދަރަޖައަކަށް ވައްޓާލާފައި: އަމްރު

26 ސެޕްޓެމްބަރު 2025
މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ކޯޓުން ދޫކޮށްލީ ގަވާއިދާ ހިލާފަށް ހުއްޓުވުމުން!

މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ކޯޓުން ދޫކޮށްލީ ގަވާއިދާ ހިލާފަށް ހުއްޓުވުމުން!

24 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު