Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެެމްބަރ ލަތީފް

ޕީޕީއެމުން ވަކިވީ ދާއިރާގެ ރައްޔިތުންނަށްޓަކައި، ކިތަންމެ ބޮޑު ހުށަހެޅުމެއް އަޔަސް ނިންމުން ބަދަލެއް ނުކުރާނަން: މެންބަރު ލަތީފް

4 ޖުލައި 2017 | އަންގާރަ 14:35

ކިތަންމެ ބޮޑު ހުށަހެޅުމެއް އަޔަސް ނިންމުން ބަދަލެއް ނުކުރާނަން - ލަތީފް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 4 ޖުލައި 2017 | އަންގާރަ 14:35
ދިއްދޫ ދާއިރާގެ މެންބަރު ލަތީފް: އެމަނިކުފާނު ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފަ

ދިއްދޫ ދާއިރާގެ މެންބަރު ލަތީފް: އެމަނިކުފާނު ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފަ

ވެރިކަން ކުރާ ޕީޕީއެމުން ވަކިވެވަޑައިގެންނެވީ ދާއިރާގެ ރައްޔިތުންނާއި، ޚާއްޞަކޮށް ދާއިރާގެ ޒުވާނުންގެ ޙައްޤުގައި ކަމަށާއި ކިތައްމެ ބޮޑު ހުށަހެޅުމަކާއި ބިރެއް ދެއްކިއަސް ނިންމުން ބަދަލު ނުކުރައްވާނެކަމަށް ޕީޕީއެމުން އަންގާރަ ދުވަހު ވަކިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ޢަބްދުއް ލަތީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ލަތީފް ވިދާޅުވީ މި ޤައުމުގެ ހާލަތު އޮތްގޮތުން މިވަގުތު ޤައުމަށާއި ޕީޕީއެމަށްވެސް އެންމެ ފައިދާ ބޮޑުގޮތަކީ ޕީޕީއެމުން ވަކިވުން ކަމަށާއި ދާއިރާގެ ރައްޔިތުންނަށާއި ޚާއްޞަކޮށް ޒުވާނުންނަށް އެންމެ ރަނގަޅު ގޮތަކީ، މިވަގުތު އެންމެ ތާއީދު ލިބިފައިވާ، އެންމެ ގިނަބަޔަކު ލޯބިވާ ޓީމާއި ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.

Advertisement - newsAdvertisement

ލަތީފް ވިދާޅުވީ ކިތަންމެ ބޮޑު ހުށަހެޅުމެއް ހުށަހެޅި ނަމަވެސް އަދި ކިތަންމެބޮޑު ފިއްތުމެއް ކުރިމަތި ކުރިކަމުގައި ވީނަމަވެސް އެގޮތުގައި ސާބިތު ކަމާއެކު ދެމިހުންނަވާނެ ކަމަށެވެ.

ޕީޕީއެމްގެ މުސްތަޝާރު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްއަށް އެޑްރެސް ކުރައްވާ ލަތީފް ފޮނުއްވެވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ ދިއްދޫ ދާއިރާގެ ގޮނޑި ލަތީފް ކާމިޔާބު ކުރެއްވީ އަމިއްލަ ގޮތުން ކަމަށާއި އޭނާ ޕީޕީއެމާއި ގުޅުނީ ސަރުކާރާއި ގުޅިގެން ގައުމާއި ދިއްދޫގެ ރައްޔިތުންނަށްޓަކައި ޚިދުމަތް ކުރެއްވުމުގެ ފުރިހަމަ އަޒުމާއި އުއްމީދުގައި ކަމަށެވެ. އަދި އެއީ ތަރައްގީއާއި ކުރިއެރުމަށް ބޭނުންވެފައިވާ ދިވެހި ޒުވާނުންގެ ހުވަފެންތަކުގައި ހަގީގީ ކުލަޖައްސައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި ބޭރުން މަސައްކަތްތަކެއް ކުރުމުގެ ނިޔަތުގައި ނިންމެވި ނިންމެވުމެއް ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

ނަމަވެސް ފާއިތުވި ދެތިން އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި، ޕީޕީއެމް އިސްކޮށްއޮވެ، ނިންމާފައިވާ ބައެއް ނިންމުންތަކަކީ ޒުވާނުންނާއި ރައްޔިތުންގެ ހެވާއި ލާބައަށް ނިންމާފައިވާ ނިންމުންތަކެއް ނޫންކަން އިހުސާސް ކުރެއްވޭ ކަމަށް ސިޓީފުޅުގައިވެއެވެ. އެހެންނަމަވެސް ޕީޕީއެމްގެ މެމްބަރަކަށް ވީތީ، މިހާތަނަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން ނެރެފައިވާ ހުރިހާ ވިޕްލައިނަކާއި އެއްގޮތަށް ވޯޓް ދެއްވާފައިވާނެ ކަމާއި ސަރުކާރުގެ ދިފާއުގައި އެންމެ ވަރުގަދައަށް އެކިއެކި މީޑިއާތަކުގަ އާއި ޕޯޑިއަމްތަކުގައި އަޑު އުފުއްލަވާފައިވާ އެއް މެމްބަރު ކަމުގައިވާނެ ކަމަށްވެސް ލަތީފްގެ އެސިޓީފުޅުގައިވެއެވެ.

ނަމަވެސް މަޖިލީހުގައި ޕީޕީއެމުން ނިންމާފައިވާ މުހިއްމު ބައެއް ނިންމުންތަކާއި ސަރުކާރުގެ ސިޔާސަތުތަކަށް ޕީޕީއެމްގެ އާއްމު މެމްބަރުންގެވެސް މާބޮޑު ތާޢީދެއް ނެތްކަން ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއިން ވަރަށް ސާފުކޮށް ފެނިގެން ހިނގައްޖެކަން އެއީ އެންމެނަށްވެސް ގަބޫލުކުރެވޭނެ ހަގީގަތެއްކަމަށް ލަތީފްގެ ސިޓީގައި ފާހަގަކުރެއްވިއެވެ.

"ވީމާ، ދިއްދޫގެ ޒުވާނުންނާއި ރައްޔިތުންގެ ހައްގުގައި ސާބިތުވެހުރެ، އިތުރަށް މަސައްކަތްކުރަން ބޭނުންވާތީ، ޕީޕީއެމް ޕީޖީ ގްރޫޕުން ނެރޭ ކޮންމެކޮންމެ ވިޕްލައިނަކާ އެއްގޮތަށް ވޯޓް ދިނުމަކީ އަޅުގަނޑަށް ކުރެވިދާނެ ކަމަކަށްނުވާތީ، ޕީޕީއެމްގެ މެމްބަރުކަމުން މިއަދުން ފެށިގެން އަޅުގަނޑު ވަކިވެފައިވާ ވާހަކަ ދެންނެވުމަށް މިފުރުސަތުގެ ބޭނުން ކުރަމެވެ،" މިދިއަ ޖޫން މަހު ރައީސް ޔާމީންއަށް ލަތީފް ފޮނުއްވި ސިޓީފުޅު ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުރުބާރު ނެތްކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާއެކު ހޯމަ ދުވަހު ހުށަހެޅިއިރު، އެލިސްޓުގައި ލަތީފްވެސް ސޮއި ކުރައްވާފައިވެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

28 މާރިޗު 2017

ސުލޫކީ ކޮމެޓީގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދަވާފައި ވަނިކޮށް އަމީތު ޕީޕީއެމުން ވަކިކޮށްފި

28 މާރިޗު 2017
ސުލޫކީ ކޮމެޓީގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދަވާފައި ވަނިކޮށް އަމީތު ޕީޕީއެމުން ވަކިކޮށްފި
26 މާރިޗު 2017

ވައްޑެ ޕީޕީއެމުން ވަކި ކުރަން ނިންމައިފި

26 މާރިޗު 2017
ވައްޑެ ޕީޕީއެމުން ވަކި ކުރަން ނިންމައިފި
13 މާރިޗު 2017

ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!

13 މާރިޗު 2017
ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!
12 މާރިޗު 2017

ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް

12 މާރިޗު 2017
ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް
11 މާރިޗު 2017

ޕީޕީއެމުން ސިޔާސީ ހަރަކާތްތަކުގައި ސުކޫލް ކުދިން ބައިވެރިކުރުވަނީ

11 މާރިޗު 2017
ޕީޕީއެމުން ސިޔާސީ ހަރަކާތްތަކުގައި ސުކޫލް ކުދިން ބައިވެރިކުރުވަނީ
09 މާރިޗު 2017

ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ

09 މާރިޗު 2017
ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ
05 މާރިޗު 2017

ޕީޕީއެމުން ނޯތު ހާބަރުގައި ޓެންޓް ޖަހައިގެން ވޯޓް ރީރެޖިސްޓާކުރުން ކުރިއަށް ގެންދަނީ

05 މާރިޗު 2017
ޕީޕީއެމުން ނޯތު ހާބަރުގައި ޓެންޓް ޖަހައިގެން ވޯޓް ރީރެޖިސްޓާކުރުން ކުރިއަށް ގެންދަނީ
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް