Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޕީއެމް

ސުލޫކީ ކޮމެޓީގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދަވާފައި ވަނިކޮށް އަމީތު ޕީޕީއެމުން ވަކިކޮށްފި

ޕީޕީއެމްގެ ސުލޫކީ ކޮމިޓީ ވަނީ ސަސްޕެންޑްކޮށްފައި ވަނީ އަމީތު ވިދާޅުވި

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 28 މާރިޗު 2017 | އަންގާރަ 14:45
މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު

މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު

ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީންގެ ފެކްޝަނުގެ ސުލޫކީ ކޮމިޓީގެ ގާނޫނީ ސައްހަ ކަމާ މެދު ސުވާލު އުފައްދަވާފައި ވަނިކޮށް ސަރުކާރު ހިންގާ ޕީޕީއެމް އަށް ނިސްބަތްވެވަޑައިގަންނަވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އެޕާޓީގެ މެމްބަރުން ވަކިކޮށްފިއެވެ.

ޕީޕީއެމްގެ މެމްބަރުކަމުން އަމީތު ވަކިކޮށްފައި ވަބީ އޭނާއާ ގުޅޭ ގޮތުން ޕީޕީއެމްގެ ސުލޫކީ ކޮމެޓީ އަށް ހުށަހެޅި މައްސަލައިގައި ކޮމެޓީ އަށް ޖަވާބްދާރީވުމަށް ބޭނުންވާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

އެގޮތުން ޕީޕީއެމް ސުލޫކީ ކޮމެޓީ އަށް ހާޒިރުވެވަޑައިގަތުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަމީތު ވިދާޅުވީ އޭނާ ކޮމެޓީ އަށް ހާޒިރުވީ ގާނޫނީ ވަކީލެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް ގޮވައިގެން ކަމަށެވެ. ނަމަވެސް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ގޮތަށް ކޮމެޓީގެ އުސޫލްތައް ހަމަޖެހިފައި ނުވާ ކަމަށާއި އެކަމަށް މަޝްވަރާ ކުރުމަށް ބޭނުންވާ ކަމަށް ބުނެ ކޮމެޓީ މެދުކަނޑާލި ކަމަށް އަމީތު ވިދާޅުވިއެވެ. އަދި އޭގެ 10 ވަރަކަށް މިނިޓް ފަހުން ކޮމެޓީ ފެށީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތާ އެކު ކަމަށް އަމީތު ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ ޕީޕީއެމްގެ ސުލޫކީ ކޮމެޓީ އަށް އޭނާއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލާގައި އޭނާގެ މައްޗަށް ފަސް ކަމެއް ކަމަކަށް ތުހުމަތު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިދިކޮޅު ފަރާތްތަކާ ގުޅިގެން ޕީޕީއެމް އުސޫލްތަކާ އަދި ޕީޕީއެމް ޕީޖީ ގުރޫޕްގެ ނިންމުތަކާ ހިލާފަށް މަސައްކަތް ކުރައްވާފައިވާ ކަަމށާއި އަދި އިދިކޮޅު ފަރާތްތަކާ ގުޅިގެން ޕީޕީއެމް ޕީޖީ ގުރޫޕްގެ ނިންމުންތަކާ ހިލާފަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތު ކޮށްފައިވާ ކމަށް އަމީތު ވިދާޅުވިއެވެ. ސްުލޫކީ ކޮމިޓީގެ ނިންމުމުގައި ވެސް މި ކަންކަން ވަނީ ފާހަގަކޮށްފައެވެ.

އަމީތު ވިދާޅުވީ އެ މައްސަލަތަކާ ގުޅިގެން ޕީޕީއެމްގެ ސުލޫކީ ކޮމެޓީ އަށް އޮތް މައްސަލަތައް ބެލިދާނެތޯ މެމްބަރުންނާ ސުވާލު ކުރެއްވި ކަމަށެވެ. އެގޮތުން ޕީޕީއެމްގެ ސުލޫކީ ކޮމެޓީ ވަނީ ސަސްޕެންޑް ކޮށްފައި ކަމަށާއި އެހެން ކަމުން ސަސްޕެންޑް ކޮށްފައިވާ ކޮމެޓީއަކުން މައްސަލައެއް ބެލިދާނެތޯ އޭނާ އާއި އޭނާގެ ގާނޫނީ ވަކީލް މުހައްމަދު ވަހީދު ސުވާލު އުފެއްދެވި ކަމަށެވެ.

އަމީތު ވިދާޅުވީ އެ ސުވާލުތައް އުފެއްދެވުމުން ސުލޫކީ ކޮމެޓީއަކީ ސައްހަ ކޮމެޓީއެއް ކަމަށް އެ ކޮމެޓީގައި ތިއްބެވި މެމްބަރުން ވިދާޅުވި ކަމަށާއި އަދި ކޮމެޓީއަކީ ސަސްޕެންޑް ކޮށްފައިވާ ކޮމެޓީއެއް ނޫން ކަމަށް އެ ކޮމެޓީގެ މެމްބަރުން ވިދާޅުވި ކަމަށް އަމީތު ވިދާޅުވިއެވެ. ނަމަވެސް ސލޫކީ ކޮމެޓީ ސަސްޕެންޑް ކުރި ކުރުމުން ބާތިލް ކޮށްފައިވާކަން އަންގައިދޭ ލިޔުމެއް ދެއްކުމަށް އެދުމުން އެފަދަ ލިޔުމެއް ކޮމެޓީގެ މެމްބަރުންނަށް ދެއްކިފައި ނުވާ ކަމަށް އަމީތު ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ ސުލޫކީ ކޮމެޓީގެ ގާނޫނީ ހައިސީއްޔަތާ މެދު ސުވާލު އުފައްދަވާ ވާހަކަ ދައްކަން ފެއްޓެމުން އެންމެ ފަހުން ކޮމެޓީ ނިންމާލީ ކަމަށް ކޮމެޓީގެ މެމްބަރުން ވިދާޅުވި ކަމަށާއި އަދި ކޮމެޓީން މައްސަލަ ބެލުމަށް ފަހު އަންގާނެ ކަމަށް ކޮމެޓީގެ މެމްބަރުން ވިދާޅުވި ކަމަށް އަމީތު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެގޮތަށް ކޮމެޓީގެ މެމްބަރުން ކަންތައްތައް ކުރެއްވީ އޭނާ ކޮމެޓީ އަށް ޖަވާބްދާރީވާން ބޭނުންވާ ކަމަށް ވިދާޅުވަމުން ގެންދަވަނިކޮށް ކަމަށެވެ.

މީގެއިތުރުން އަމީތު ވިދާޅުވީ ކޮމެޓީން ނިންމާ ނިންމުން އޭނާ އިސްތިއުނާފް ކުރައްވާނެ ކަމަށާއި އޭނާ ޕީޕީއެމް އިން ވަކި ނުކުރެވޭނެ ކަމަށެވެ. އަދި އޭނާ އަބަދުވެސް ހުންނަވާނީ ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ކަމަށް އަމީތު ވިދާޅުވިއެވެ.

އަމީތު ކޮމިޓީ އަށް ހާޒިރުކޮށްފައި ވަނީ މެންދުރު 12:30 ގައެވެ. އަދި ގަޑިއެއްހާއިރު ފަހުން ކޮމިޓީން ވަނީ އަމީތު ވަކިކުރަން ނިންމިކަން އިއުލާނުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު