Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވައްޑެ ވަކިކުރުން

ވައްޑެ ޕީޕީއެމުން ވަކި ކުރަން ނިންމައިފި

ވައްޑެ ވަކި ނުވަ ކަމަށް މައުމޫން ވިދާޅުވޭ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 26 މާރިޗު 2017 | އާދީއްތަ 15:36
ޕީޕީއެމްގެ ނައިބު ރައީސް ވައްޑެ

ޕީޕީއެމްގެ ނައިބު ރައީސް ވައްޑެ

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ޕީޕީއެމުން ވަކި ކުރަން އެ ޕާޓީގެ މުސްތަޝާރު ރައީސް ޔާމިންގެ ފެކްޝަނުގެ ސުލޫކީ ކޮމިޓީން ނިންމައިފިއެވެ.

ވަހީދު ޕީޕީއެމްއިން ވަކިކުރުމާ ގުޅޭ ގޮތުން ރައީސް ޔާމިން ފެކްޝަނުގެ ސުލޫކީ ކޮމިޓީގެ ބަހެއް "ރާއްޖެއެމްވީ"އަށް ލިބިފައި ނުވިޔަސް އެކޮމިޓީގެ މުގައްރިރު އަލީ ވަހީދު ވަނީ އެހެން މީޑިއާތަކަށް ކަށަވަރުކޮށް ދެއްވާފައެވެ.

Advertisement - newsAdvertisement

ރައީސް މައުމޫންގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ވަހީދު ޕީޕީއެމްއިން ވަކިކުރަން ނިންމާފައިވާ މައްސަލަތަކުގެ ތެރޭގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްސަލަ ހުށަހެޅުމުގައި އިސްކޮށް އުޅުމާއި ރައީސް އަބްދުﷲ ޔާމީނަށް ނިސްބަތްކޮށް ސާބިތު ނުހިފޭ ވާހަކަ ދެއްކުން ހިމެނެއެވެ.

މީގެ އިތުރުން ސަރުކާރާ ދެކޮޅު ހަރަކާތްތަކުގައި ބައިވެރިވުމާއި ޕާޓީގެ އުސޫލުތަކާ ހިލާފަށް ސަރުކާރަށް ފާޑު ކިއުން ވެސް ހިމެނެއެވެ.

ވަހީދުގެ ސުލޫކީ މައްސަލައެއް ހުށަހެޅިފައިވާތީ އެކަމަށް ޖަވާބުދާރީވުމަށް މިދިޔަ ބުދަ ދުވަހު ޕީޕީއެމްއިން އޭނާއަށް ސިޓީއެއް ފޮނުވި އެވެ. ނަމަވެސް ވަހީދު އެ ސިޓީއަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.

ވަހީދު ޕާޓީން ވަކި ކުރުމާއި ގުލޭ ގޮތުން ޕީޕީއެމްގެ ރައީސް މައުމޫން ވިދާޅުވީ، ވަހީދު ޕާޓީގެ މެންބަރުގެ ގޮތުގައި ދެމިހުންނާނެ ކަމަށެވެ.

މައުމޫން ވިދާޅުވެފައިވަނީ ވަހީދު ޕާޓީން ވަކިކުރުމަކީ ޤާވައިދާ ޚިލާފު ބާތިލް ކަމެއް ކަމަށާއި އޭނާ އަކީ އަދި ވެސް ޕާޓީގެ ނައިބު ލީޑަރު ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު