Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޕީއެމް ޖަގަހަ ހުޅުވުން

ޕީޕީއެމުން ސިޔާސީ ހަރަކާތްތަކުގައި ސުކޫލް ކުދިން ބައިވެރިކުރުވަނީ

ޕީޕީއެމް އިހަވަންދޫ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސުކޫލް ކުދިން ވަނީ ބައިވެރިކޮށްފަ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 11 މާރިޗު 2017 | ހޮނިހިރު 18:39
އިހަވަންދޫ ޕީޕީއެމް ޖަހަ ހުޅުވުމަށް ބޭއްވި ރައްމިއްޔަތުގައި ސްކޫލް ކުދިން

އިހަވަންދޫ ޕީޕީއެމް ޖަހަ ހުޅުވުމަށް ބޭއްވި ރައްމިއްޔަތުގައި ސްކޫލް ކުދިން

ހއ. އިހަވަންދޫ ޕީޕީއެމްގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޔުނިފޯމްގައި ސުކޫލް ކުދިން ބައިވެރިކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް، އިހަވަންދޫ ޕީޕީއެމްގެ ޖަގަހަ ހުޅުއްވައިދެއްވިއިރު، ސްކޫލް ޔުނީފޯމްގައި ކުދިން ވަނީ ބައިވެރިކޮށްފަ އެވެ. އަދި ރަސްމިޔާތުގެ އެކި ހުށައެޅުންތައްވެސް ހުށައަޅައިދިނީ ސްކޫލް ކުދިންނެވެ.

Advertisement - newsAdvertisement

ރާއްޖެ.އެމްވީއާ ވާހަކަދެއްކި އިހަވަންދޫގެ ބައެއް ބެލިނިވެރިން ބުނީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފާތިމަތު އިބްރާހިމްއަށް މަރުހަބާ ކިޔުމަށް ޖެޓީ ސަރަހައްދަށް އެއްވުމަށްވެސް ބައެއް ސުކޫލް ކުދިންނަށް މަޖުބޫރުކުރުވި ކަމަށެވެ. އަދި ޕީޕީއެމްގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާކަލޯ) އާއެކުގައި ބައިވެރިވުމަށްވެސް ބައެއް ކުދިންނަށް އެންގިކަމަށެވެ.

ދިވެހިރާއްޖޭގައި އެކުލަވާލެވިފައިވާ ޤާނޫނުތައް ބުނާގޮތުން ސިޔާސީ ހަރަކާތްތަކުގައި ސުކޫލް ކުދިން އަދި ކުޑަކުދިން ބައިވެރިކުރުމަކީ ޤާނޫނީ ކުށެކެވެ. އަދި އެފަދަ މައްސަލަ ބަލައި، ފިޔަވަޅު އަޅަންޖެހޭނެކަމަށްވެސް ޤާނޫނުތަކުގައި ބުނެފައިވެއެވެ. ޤާނޫނުތަކުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވާ ސިޔާސީ ހަރަކާތްތަކުގައި ސުކޫލްކުދިން ބައިވެރިކުރެވޭނެކަމުގެ އެއްވެސް އިސްތިސްނާއެއްދީފައެއް ނުވެއެވެ.

ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގައި ކުޑަކުދިން ބައިވެރިކުރުވާ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައިވީ ނަމަވެސް މީގެ ކުރިން މިފަދަ މައްސަލަތައް ހަލުއިކަމާއެކު ބަލާ މުއައްސަސާތަކުން މިހާރު މިކަންކަމަށް އަޅާނުލާ ކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު