Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާޖެންޓީނާ ޤައުމީ ޓީމު

ވޯލްޑް ކަޕް ކާމިޔާބަށް ފަހު އާޖެންޓީނާ އަށް އައު ޗެލެންޖުތަކެއް ކުރިމަރިވާނެ: ސްކަލޯނީ

އޭނާ ބުނީ އާޖެންޓީނާގެ ކުޅުންތެރިން އެ ފެންވަރުގައި ހިފަހައްޓައިގެން ކުޅެން ޖެހޭނެ ކަމަށާއި، މިހާރު ޓީމުތަކުން ކުޅޭނީ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 މާރިޗު 2023 | ބުދަ 07:55
އާޖެންޓީނާގެ ފަރިތަކުރުމުގައި ކޯޗު ސްކަލޯނީ

އާޖެންޓީނާގެ ފަރިތަކުރުމުގައި ކޯޗު ސްކަލޯނީ

މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތް ކާމިޔާބު ކުރުމަށް ފަހު ވެސް އާޖެންޓީނާ އަށް އައު ޗެލެންޖުތައް ކުރިމަތިވާނެ ކަމަށް އެ ޓީމުގެ ކޯޗު ސްކަލޯނީ ބުނެފި އެވެ.

އޭނާ މިހެން ބުނީ ބައިނަލްއަަޤުވާމީ ރަހުމަތްތެރިކަމުގެ މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ ޕަނަމާއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. އެ މެޗުގެ ކުރިން ސްކަލޯނީ ބުނީ، މިހާރު ވޯލްޑް ކަޕް ނިމިފައިވާ ކަމަށާއި، ކޯޗެއްގެ ގޮތުގައި މިހާރު އޭނާ ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ތަފާތުވާނެ ކަމަށެވެ. ނަމަވެސް އިތުރު ޗެލެންޖުތަކެއް ކުރިމަތިވާނެކަން ފާހަގަ ކުރަމުން ސްކަލޯނީ ބުނީ، ވޯލްޑް ކަޕްގެ ހަނދަންތައް އަދިވެސް ހުންނަ ކަމަށެވެ. ޚާއްސަކޮށް މިހާރު ވެސް ސޯޝަލް މީޑިއާގައި އަދިވެސް ވޯލްޑް ކަޕްގެ ކަންކަން ފެންނަން ހުންނަ ކަމަށާއި، ގިނަ ބަޔަކު އަދިވެސް އެ ވާހަކަ ދައްކާ ކަމަށެވެ. އޭނާ ބުނީ އާޖެންޓީނާގެ ކުޅުންތެރިން އެ ފެންވަރުގައި ހިފަހައްޓައިގެން ކުޅެން ޖެހޭނެ ކަމަށާއި، މިހާރު ޓީމުތަކުން ކުޅޭނީ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް ކަމަށެވެ.

މީގެ އިތުރުން ސްކަލޯނީ ބުނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހުރީ ރަނގަޅު ހާލަތެއްގައި ކަމަށާއި، އޭނާ އަށް ކުޅެވޭނެ ކަމަށެވެ. އޭނާ ބުނީ މެސީ ހުރީ އަދިވެސް ދަނޑު މަތީގައި އުފަލާއެކު ކުޅެން ތައްޔާރަށް ކަމަށާއި، އެކަމާމެދު ދެބަސްވުމެއް ނެތް ކަމަށެވެ. މެޗުގެ ފުރަތަމަ 11 އާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ މެޗުގެ ފުރަތަމަ 11 އިން ފެންނާނީ ވޯލްޑް ކަޕްގެ ފައިނަލްގައި ފްރާންސްއާ ދެކޮޅަށް ފުރަތަމަ ނިކުން 11 ކުޅުންތެރިން ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ ފަތިހު ރާއްޖެ ގަޑިން ފަހެއް ޖަހާއިރު ޕަނަމާއާ ދެކޮޅަށް އާޖެންޓީނާ އިން ކުޅޭ މެޗަކީ ވޯލްޑް ކަޕްގެ ފައިނަލްގައި ޕެނަލްޓީގައި ފްރާންސް ބަލިކޮށް ތަށި އުފުލާލި ފަހުން އެ ޓީމުން ކުޅޭ ފުރަތަމަ މެޗެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު