Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަކަތަ އިގްތިސާދުކުރުން

ހަކަތަ އިގްތިސާދު ކުރުމަކީ ގައުމީ ފެންވަރުގައި ކުރަންޖެހިފައިވާ މަސައްކަތެއް: ސްޓޭޓް މިނިސްޓަރު

21 މާރިޗު 2023 | އަންގާރަ 09:15

ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި 34.7 މެގަވޮޓްގެ އަވިން ކަރަންޓު އުފައްދާ ނިޒާމު ގާއިމްކުރެވިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 21 މާރިޗު 2023 | އަންގާރަ 09:15
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޯޖީގެ ސްޓޭޓް މިނިސްޓަރު ޚަދީޖާ ނަސީމް ވާހަކަދައްކަވަނީ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޯޖީގެ ސްޓޭޓް މިނިސްޓަރު ޚަދީޖާ ނަސީމް ވާހަކަދައްކަވަނީ

ހަކަތަ ސަމަކާރަ ކުރުމާއި ހަކަތަ އިގްތިސާދު ކުރުމަކީ ގައުމީ ފެންވަރުގައި ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށާއި، ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޯޖީގެ ސްޓޭޓް މިނިސްޓަރު ޚަދީޖާ ނަސީމް ވިދާޅުވެއްޖެއެވެ.

"ހަކަތަ ސަމަކާރަ" ގައުމީ ކެމްޕެއިން އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރު ޚަދީޖާ ނަސީމް ވިދާޅުވީ ހަކަތަ ސަމަކާރަ ކުރުމާއި ހަކަތަ އިގްތިސާދު ކުރުމަކީ ގައުމީ ފެންވަރުގައި ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށާއި، މި ލަނޑުދަޑި ހާސިލުކުރެވޭނީ ސަރުކާރާއި އާއްމު ރައްޔިތުން ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކެއް ހޯދާ ރޭވިގެން ކަމަށެވެ. އަދި ވިސްނުމާއި ފިކުރުގެ އިތުރުން އާދަކާދަ މި މަގަށް ބައްޓަންކުރަންޖެހޭ ކަމަށް ޚަދީޖާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހަކަތަ ސަމަކާރަ ކެމްޕެއިނަށް އިޝާރާތް ކުރައްވައި ޚަދީޖާ ވިދާޅުވީ މި ކެންޕޭނަކީ، ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލުމާއެކު އެފިޝެންޓު ގޮތެއްގައި ހަކަތަ ބޭނުންކުރުމަށް ގައުމީ ފެންވަރެއްގައި ހިންގުމަށް ރާވާފައިވާ ކެންޕޭނެއް ކަމަށެވެ. އަދި މި ފަދަ ކެންޕޭނުތަކުގެ މުހިއްމުކަމާއި ބޭނުންތެރިކަން ނުހަނު ބޮޑު ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްގީގެ ޕްރޮގްރާމްތައް ހިންގުމުގައި، ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރު ކުޑަކޮށް، ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަކީ މި ސަރުކާރުން ޚާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަމެއްކަން ފާހަގަކުރައްވައި ޚަދީޖާ ވިދާޅުވީ ރާއްޖެއަކީ 2030 ވަނަ އަހަރުގެ ނިޔަލަށް "ނެޓުޒީރޯ" ގައުމަކަށް ހެދުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި މި ލަނޑުދަނޑި ހާސިލުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ހަކަތަ ސަމަކާރަކުރުމާއި، ހަކަތަ އުފެއްދުމުގައި އިއާދަކުރަނިވި ވަސީލަތްތައް ބޭނުންކުރުން އިތުރުކުރުމަށް، ގާނޫނީ ގޮތުން ގެންނަންޖެހޭ އިސްލާހުތައް ގެނެސް ގިނަ ޕްރޮޖެކްޓްތައް ހިންގަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން، އަވިން ކަރަންޓު އުފައްދާ ނިޒާމުތައް ރާއްޖޭގެ އެކިހިސާބުތަކުގައި ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 34.7 މެގަވޮޓްގެ އަވިން ކަރަންޓު އުފައްދާ ނިޒާމު ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމްކުރެވިފައިވާ ކަމަށް ޚަދީޖާ ވިދާޅުވިއެވެ. މީގެ ސަބަބުން ގާތްގަނޑަކަށް ސާޅީސް ހާސް މެޓްރިކްޓަނުގެ ކާބަންޑައިއޮކްސައިޑް ޖައްވަށް ބޭރުކުރުން މަދުކުރެވި 16 މިލިއަން ލީޓަރުގެ ތެޔޮ ބޭނުންކުރުން މަދުކުރެވޭނެކަން ވެސް ޚަދީޖާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޚަދީޖާ ވިދާޅުވީ ބިލްޑިންގ ސެކްޓާރގައި ބޭނުންކުރާ ހަކަތަ ސަމަކާރަ ކުރުމަށް ވެސް ޚާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންދާ ކަމަށެވެ. އިމާރާތްތަކުގައި ބޭނުންކުރާ ހަކަތައިގެ މިންވަރު މަދުކޮށް، އެފިޝެންޓުކޮށް ހަކަތަ ބޭނުން ކުރުމަކީ ވެސް އިސްކަންދީގެން ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވައި ޚަދީޖާ ވިދާޅުވީ މިކަމުގެ ސަބަބުން ކަރަންޓަށް ކުރެވޭ ޚަރަދުން ބޮޑުބައެއް ކުޑަ ކުރެވޭނެ ކަމަށެވެ.

މި ކެމްޕޭނުގެ އެއް އަމާޒަކީ މިނިސްޓްރީއިން ފަށާފައިވާ ހަކަތަރި ޕްރޮގްރާމުގައި ގިނަ އާންމުންގެ ބައިވެރިވުން ހޯދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ވެސް ރާއްޖޭގެ ރަށްރަށުގެ އިންޖީނުގެ ތަކުގައި ބޭނުންކުރާ ތެލުން ބޮޑު ނިސްބަތެއް ސަލާމަތްކުރެވި، އެ ތެޔޮ އެންދުމުގެ ސަބަބުން ޖައްވަށް ބޭރުވާ ވިހަ ގޭސް މަދުކުރުމެވެ. ހަކަތަރި ޕްރޮގްރާމު ކާމިޔާބު ކަމާއެކު ހިންގުމުން، 2030 ވަނަ އަހަރާ ހަމައަށް ބޭނުންވާ ޖެނެރޭޝަން ކެޕޭސިޓީގެ ތެރެއިން 147 މެގަވޮޓް ދަށްކުރެވޭނެ އެވެ. މީގެ ސަބަބުން އައު އިންޖީނުތައް ގަނެ އިތުރު ކަރަންޓުގެ ނިޒާމުތައް ބިނާކުރުމަށް ކުރަންޖެހޭ ހަރަދުގެ ތެރެއިން 800 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމުގެ ކެމްޕެއިނުގެ ސަބަބުން ކަރަންޓަށް ކުރަންޖެހޭ ހަރަދު ކުޑަކުރެވި، ޖީބަށް ލުއިވާނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ކެންޑިޑޭޓުންގެ ޝަރުތު ބަދަލުކުރުމަކީ ޤަބޫލުކުރާ އުސޫލެއް ނޫން: އެމްޑީޕީ

08 ފެބުރުއަރީ 2017
ކެންޑިޑޭޓުންގެ ޝަރުތު ބަދަލުކުރުމަކީ ޤަބޫލުކުރާ އުސޫލެއް ނޫން: އެމްޑީޕީ
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް