Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޔޫރޮޕާ ލީގު

މެންޗެސްޓަރ ޔުނައިޓެޑާއި ޔުވެންޓަސް ޔޫރޮޕާ ލީގު ކުއާޓާ ފައިނަލަށް

ރޯމާއާއި ސެވިއްޔާވެސް ކްއާޓާއިން ޖާގަ ހޯދި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 17 މާރިޗު 2023 | ހުކުރު 06:06
ޔުނައިޓޭޑް މޮޅުކޮށްދިން ލަނޑުޖެހުމަށްފަހު ރަޝްފޯޑް އެހެން ކުޅުންތެރިންނާއެކު

ޔުނައިޓޭޑް މޮޅުކޮށްދިން ލަނޑުޖެހުމަށްފަހު ރަޝްފޯޑް އެހެން ކުޅުންތެރިންނާއެކު

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުން އިނގިރޭސި ކްލަބް މެންޗެސްޓަރ ޔުނައިޓެޑާއި, އިޓަލީގެ ޔުވެންޓަސް ޖާގަ ހޯދައިފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑް ކުއާޓާ ފައިނަލަށް ދަތުރުކުރީ ގަދަ ސޯޅަ ޓީމް ވާދަކުރި ބުރުގެ ދެ ލެގުގައިވެސް ސްޕެއިންގެ ރެއާލް ބެޓިސް ބަލިކޮށްގެންނެވެ. ދެވަނަ ލެގުގައި ބެޓިސްގެ ދަނޑުގައި ކުރި ހޯދީ 1-0 ނެވެ. ހަމައެކަނި ލަނޑުޖެހީ ރަޝްފޯޑެވެ. ފުރަތަމަ ލެގުގެ ނަތީޖާއާއެކު ޔުނައިޓެޑް ކުއާޓާ ފައިނަލްގެ ޖާގަ ޔަޤީންކުރީ 5-1 ގެ އެގްރިގޭޓުންނެވެ. މިއީ ފަސް ސީޒަންގެ ތެރޭގައި ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލަށް ޔުނައިޓެޑް ދަތުރުކުރި ތިންވަނަ ފަހަރެވެ. މިސީޒަންގައި ޔުނައިޓެޑަށް ކުރިއަށް އޮތީ އެފްއޭކަޕް ކުއާޓާ ފައިނަލްގައި ފުލަމްއާ ވާދަކުރާ މެޗެވެ.

ޔުވެންޓަސް ކްއާޓާ ފައިނަލުން ޖާގަހޯދީ ފްރެއިބާގް ދެވަނަ ލެގުގައިވެސް ބަލިކޮށްގެންނެވެ. ފުރަތަމަ ހާފްގެ ފަހު މިނެޓުގައި ޔުވެންޓަސްއަށް ކުރި ހޯދައިދިނީ ވުލަހޮވިޗްއެވެ. އެއީ ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. ޕެނަލްޓީ ދިނުމުގެ ކުރިން ފްރެއިބާގްގެ މަނުއެލް ގުލޫޑްއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑް ދެއްކިއެވެ. އޭގެކުރިން ވުލަހޮވިޗް ޖެހި ލަނޑެއް ވިއޭއާރުން ބަލައިނުގަނެ ދޫކޮށްލިއެވެ. ޔުވެންޓަސްގެ ދެވަނަ ލަނޑު މެޗުގެ އިތުރުވަގުތުގައި ޖެހީ ފެޑެރީކޯ ކިއޭސާއެވެ. ޔުވެންޓަސް ކުއާޓާ ފައިނަލްގެ ޖާގަ ޔަޤީންކުރީ ފުރަތަމަ ލެގުގެ މޮޅާއެކު 3-0 ގެ އެގްރިގޭޓުން ކުރިހޯދައިގެންނެވެ.

ރޯމާއާއި ސެވިއްޔާވެސް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގަ ޔަޤީންކޮށްފައެވެ.

ޔޫރޮޕާ ލީގުމެންޗެސްޓަރ ޔުނައިޓެޑްޔުވެންޓަސް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
21 އޮކްޓޯބަރު 2025

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
19 އޮކްޓޯބަރު 2025

މެކަބީގެ ސަޕޯޓަރުން ދަނޑަށް ނުވައްދަން ނިންމުމުން، އިނގިރޭސި ބޮޑު ވަޒީރު ނުރުހުން ވެއްޖެ

19 އޮކްޓޯބަރު 2025
މެކަބީގެ ސަޕޯޓަރުން ދަނޑަށް ނުވައްދަން ނިންމުމުން، އިނގިރޭސި ބޮޑު ވަޒީރު ނުރުހުން ވެއްޖެ
18 އޮކްޓޯބަރު 2025

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް
09 އޮކްޓޯބަރު 2025

އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް

09 އޮކްޓޯބަރު 2025
އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް
28 ސެޕްޓެމްބަރު 2025

ބްރެންޓްފޯޑް އަތުން ބަލިވެ، ޔުނައިޓެޑުގެ ޙާލަތު ދަށަށް

28 ސެޕްޓެމްބަރު 2025
ބްރެންޓްފޯޑް އަތުން ބަލިވެ، ޔުނައިޓެޑުގެ ޙާލަތު ދަށަށް
15 ސެޕްޓެމްބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ޔުނައިޓެޑު ބަލިކޮށްފި

15 ސެޕްޓެމްބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ޔުނައިޓެޑު ބަލިކޮށްފި
31 އޯގަސްޓު 2025

ފަހު ވަގުތު ޔުނައިޓެޑު މޮޅުވެއްޖެ، އަމޯރިމް އަށް ކުޑަ ހަމަ ޖެހުމެއް

31 އޯގަސްޓު 2025
ފަހު ވަގުތު ޔުނައިޓެޑު މޮޅުވެއްޖެ، އަމޯރިމް އަށް ކުޑަ ހަމަ ޖެހުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު