Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްޓޫޑެންޓް ލޯނު

ސްޓޫޑެންޓް ލޯނުގެ 720 ފުރުސަތަށް އެދި 1507 އެޕްލިކޭޝަން!

މިިދިޔަ އަހަރު 720 ފުރުސަތު ހުޅުވާލި އިރު ކުރިމަތިލާފައިވަނީ 1000 މީހުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 17 މާރިޗު 2023 | ހުކުރު 07:29
ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ތެރެއިން

ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ތެރެއިން

ސްޓޫޑެންޓް ލޯނަށް އެދި 1507 މީހުން އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިފަހަރުގެ ލޯން ސްކީމްގެ ދަށުން، އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ހިމެނޭހެން، 720 ފުރުސަތު ހުޅުވާލިއެވެ. މި އަހަރުގެ ލޯނު ސްކީމް ހުޅުވާލީ އެހެން އަހަރުތަކުގައި ދަރިވަރުންގެ ޑިމާންޑް އެންމެ ބޮޑަށް އޮތް ދާއިރާތަކަށް ފުރުސަތު އިތުރުކުރުމަށްފަހުއެވެ.

Advertisement - newsAdvertisement

އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން، ލޯން ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާ ލެވެލަށް ކިޔެވުމުގެ ފުރުސަތު ވެސް ހުޅުވާލިއެވެ. އަދި ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް، އެދަރިވަރަކު ކިޔަވަމުންދާ ދާއިރާއިން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލައި، އެ ފަރާތެއްގެ ޓިއުޝަން ފީގެ ތެރެއިން، ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައިނުވާ އެހެނިހެން ޚަރަދުތައް ހޯދުމުގެ ފުރުސަތުވެސް ހުޅުވައިލިއެވެ.

މީގެ އިތުރުން މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން، ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދިނުމަށްވެސް ހަޔަރ އެޑިއުކޭޝަނުން ފުރުސަތު ހުޅުވައިލިއެވެ.

ހަޔަރ އެޑިއުކޭޝަނުން ހުޅުވާލާފައިވާ ފުރުސަތުގައި ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ޚަރަދެއް އެއްކޮށް ދޭނީ އިއުލާންކޮށްފައިވާ ގައުމުތަކުގައި ކިޔެވުމަށެވެ. އެނޫން ގައުމެއްގައި ކިޔެވުމަށް ލޯނުދޭނީ އިއުލާންކޮށްފައިވާ ގައުމުތަކުގެ ތެރެއިން ދަރިވަރު އިޚްތިޔާރުކުރާ ގައުމަކަށް ކަނޑައަޅާފައިވާ ރޭޓުންނެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށް، ރާއްޖެއާއި ރާއްޖޭން ބޭރުން ކިޔެވުމަށް ފުރުސަތު ހުޅުވާލާފައިވާއިރު، މިއަހަރުގެ ލޯން ސްކީމް އިއުލާންކޮށްފައިވަނީ ލޯނުގެ އެޑްމިނިސްޓްރޭޓިވް ޗާރޖް 1 އިންސައްތައަށް ކުޑަކުރުމަށްފަހުއެވެ.

މިއަހަރު ސްޓޫޑެންޓް ލޯނަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ބުދަ ދުވަހުގެ ނިޔަލަށެވެ. ސުންގަޑި ހަމަވިއިރު މި ފުރުސަތުތަކަށް އެދި ފޯމު ހުށަހެޅީ 1507 މީހުންނެވެ. މިއީ މިދިޔަ އަހަރު ހުޅުވާލި ފުރުސަތުގައި ފޯމު ހުށަހެޅި އަދަދަށްވުރެ އިތުރު އަދަދެކެވެ. އެގޮތުން، މިިދިޔަ އަހަރު 720 ފުރުސަތު ހުޅުވާލި އިރު ކުރިމަތިލާފައިވަނީ 1000 މީހުންނެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީސްޓޫޑެންޓް ލޯން

އިތުރަށް ކިޔާލަން

30 އެޕްރީލު 2025

ދަރިވަރުންގެ ފައިސާ ޖަމާކުރުމަށް ލަސްވާ މައިގަނޑު ސަބަބަކީ އެކައުންޓުތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ: މިނިސްޓަރު ހައިދަރު

30 އެޕްރީލު 2025
ދަރިވަރުންގެ ފައިސާ ޖަމާކުރުމަށް ލަސްވާ މައިގަނޑު ސަބަބަކީ އެކައުންޓުތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ: މިނިސްޓަރު ހައިދަރު
03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
03 އޮކްޓޯބަރު 2024

ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

03 އޮކްޓޯބަރު 2024
ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ
19 ސެޕްޓެމްބަރު 2024

ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް

19 ސެޕްޓެމްބަރު 2024
ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް
07 ޖުލައި 2024

ބޭރުގައި ކިޔަވަން ތިބި ބައެއް ކުދިން ކާނެ ލާރި ވެސް ނެތިފައި، ފައިސާ ފޮނުވި ކަމަށް ބުނެ ސަރުކާރުން ހަދަނީ ދޮގު!

07 ޖުލައި 2024
ބޭރުގައި ކިޔަވަން ތިބި ބައެއް ކުދިން ކާނެ ލާރި ވެސް ނެތިފައި، ފައިސާ ފޮނުވި ކަމަށް ބުނެ ސަރުކާރުން ހަދަނީ ދޮގު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު