Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޮނުގަސް އިންދުން

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

30 އިންސައްތަ އަށްވުރެ މަދުން ފެހިކަން ހުރި 36 ރަށެއް ފާހަގަކުރެވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 17 މާރިޗު 2023 | ހުކުރު 03:48
އޮނުގަސް

އޮނުގަސް

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރުމަށް ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ބުނީ ރާއްޖޭގެ ރަށްރަށުގައި އޮނުގަސް އިންދުމުގެ މަސައްކަތަކީ ރަށްފެހި ޕްރޮގްރާމުގެ ތެރެއިން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.

Advertisement - newsAdvertisement

އެންވަޔަރަންމެންޓް މިނިސްޓްރީން ބުނީ ތަރައްގީގެ އެކިއެކި މަޝްރޫއުތަކާއި އާބާދީގެ ނިސްބަތް އިތުރުވުމާއި އަދިވެސް އެހެނިހެން ސަބަބުތަކާއިހުރެ، ރާއްޖޭގެ ރަށްތަކުގެ ފެހިކަން ދަނީ ދުވަހެއް ދުވަހަކަށް ނެތެމުން ކަމަށެވެ. ރަށްރަށުގެ ބިމުގެ ޖާގައަށް ޑިމާންޑް ބޮޑުވެ ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދެވިފައިވާއިރު ހިއްކި ގިނަ ސަރަހައްދުތައް ހަނަފަސް ސަހަރާތަކެއްގެ ގޮތުގައި ދޫކޮށްލެވިފައިވާކަން ފާހަގަކުރެވޭކަމަސް މިނިސްޓްރީން ބުނެއެވެ.

މިގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެހިކަން ހުރި މިންވަރު ހޯދުމަށް ކުރެވުނު ދިރާސާއެއްގައި ބިމުގެ ނިސްބަތަށް ބަލާ، 30 އިންސައްތަ އަށްވުރެ މަދުން ފެހިކަން ހުރި 36 ރަށެއް ފާހަގަކުރެވިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ހިރާސްތައް ކުޑަކުރުމަށާއި މި ގެއްލުންތަކަށް ހޭނުން އަދި ގެއްލުންތައް ކުޑަކުރުމަށް ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ނެޓް ޒީރޯގެ ލަނޑުދަނޑި ހާސިލްކުރުމަށް، އެޓްމޮސްފެއަރ ފައުންޑޭޝަންއާއެކު ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ ޕްރޮޖެކްޓްގެ ދަށުން، އޮނުގަސް ރާއްޖޭގައި އިންދާ އާލާކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އޮނު ގަހަކީ ވަރަށް އަވަހަށް ހެދޭ، އަދި އަމިއްލައަށްވެސް އާލާވާ ޒާތުގެ ގަހެކެވެ. އަދި އޮނަކީ އެހެން ވައްތަރުގެ ގަސްގަހާގެއްސަށްވުރެ ޖައްވުން ކާބަންޑައިއޮކްސައިޑް އިތުރަށް ހިފަހައްޓާކަން ފާހަގަކުރެވިފައިވާ ބާވަތެއްގެ ގަހެކެވެ. އަދި މި މިބާވަތުގެ ގަސް، އެހެން ގަސްތަކަށްވުރެ 35 އިންސައްތަ ގިނަ އޮކްސިޖަން ރޭގަނޑު އުފައްދައެވެ. އޮނުގަސް ކާބަންޑައިއޮކްސައިޑް ހިފަހައްޓަނީ ގަހުގެ ގަސްގަނޑުގައި ކަމަށްވުން، ކާބަންޑައިއޮކްސައިޑް ވަރަށް ގިނަ އަހަރުތަކަށް ރައްކާކޮށްފައި ބަހައްޓައެވެ.

ޕެރިސް އެގްރިމަންޓްގެ ދަށުން ތައްޔާރުކުރެވޭ ނޭޝަނަލީ ޑިޓަމައިނިންޑް ކޮންޓްރިބިއުޝަން (އެންޑީސީ) ގައި 2030 ވަނަ އަހަރުގެ ކުރިން ރާއްޖެ ނެޓް ޒީރޯ ގައުމަކަށްހެދުމަށް އަމާޒުކޮށްފައިވެއެވެ. އަދި 2021ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރި ކްލައިމެޓް އެމެޖެންސީ ގާނޫނުގައިވެސް މި އަމާޒު ގެނެސްފައިވާއިރު، މި ޕްރޮޖެކްޓްގެ ދަށުން، ރާއްޖެ ނެޓްޒީރޯ ގައުމަކަށް ވާސިލްވުމަށް ފަށާފައިވާ މިދަތުރުގެ މަންޒިލަށް ވާސިލުވުމަށް ވަރަށް ބޮޑު ދައުރެއް އަދާކުރާނެކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2023

އެފްކޮންސްގެ ޖޫރިމަނާއަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް: އެންވަޔަރަމެންޓް މިނިސްޓްރީ

14 ނޮވެމްބަރު 2023
އެފްކޮންސްގެ ޖޫރިމަނާއަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް: އެންވަޔަރަމެންޓް މިނިސްޓްރީ
31 އޮކްޓޯބަރު 2023

ބްރިޖް ހައިވޭގައި ހަރުކޮށްފައިވާ ސޯލާރ ޕެނަލްތައް - "ކޮންސެޕްޓް ޑިޒައިންކޮށް، މަޝްވަރާކުރީ ކުރީ ސަރުކާރުން"

31 އޮކްޓޯބަރު 2023
ބްރިޖް ހައިވޭގައި ހަރުކޮށްފައިވާ ސޯލާރ ޕެނަލްތައް - "ކޮންސެޕްޓް ޑިޒައިންކޮށް، މަޝްވަރާކުރީ ކުރީ ސަރުކާރުން"
07 އޮކްޓޯބަރު 2023

ޤައުމީ ފެންވަރުގައި ސައިބަރ ވެށި ރައްކާތެރިކުރުމުގެ ސްޓްރެޓެޖީއެއް އޮންނަންޖެހޭ: ޓެކްނޮލޮޖީ މިނިސްޓްރީ

07 އޮކްޓޯބަރު 2023
ޤައުމީ ފެންވަރުގައި ސައިބަރ ވެށި ރައްކާތެރިކުރުމުގެ ސްޓްރެޓެޖީއެއް އޮންނަންޖެހޭ: ޓެކްނޮލޮޖީ މިނިސްޓްރީ
29 އޯގަސްޓު 2023

މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި

29 އޯގަސްޓު 2023
މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި
11 އޯގަސްޓު 2023

އުރީދޫގެ ބައެއް ޚިދުމަތްތަކުގައި އީފާސް ގަބޫލުކުރަން ފަށައިފި

11 އޯގަސްޓު 2023
އުރީދޫގެ ބައެއް ޚިދުމަތްތަކުގައި އީފާސް ގަބޫލުކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު