Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގާނޫނު ތަންފީޒުކުރުން

ތަންފީޒު ނުކުރެވޭ ގާނޫނެއް އޮވެގެން ފައިދާއެއް ނެތް!

ބައެއް ގާނޫނުތަކަކީ ތަންފީޒުކުރެވޭ ގާނޫނުތަކެއް ނޫން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2022 | އާދީއްތަ 10:41
ގާނޫނު ހަދާ މަޖިލިސް

ގާނޫނު ހަދާ މަޖިލިސް

ކޮންމެ މުޖުތަމައެއްގައިވެސް ހުންނަ ބޮޑެތި މައްސަލަތައް ގާނޫނުގެ ތެރެއިން ހައްލުކުރުމަށް ގާނޫނު ހަދާ މަޖިލީހުން އެތައް ގާނޫނުތަކެއް ހަދައެވެ. މައްސަލައަކާ ގުޅުންހުރި އިދާރާތަކުގެ މައްޗަށް ގިނަ މަސްއޫލިއްޔަތުތަކެއް މަތިވާހެން ގާނޫނުތައް ހަދާއިރު, މިކަންކަން އެންމެ ރަނގަޅަށް ތަންފީޒު ނުކުރެވޭ ވާހަކަ އަބަދުވެސް ދެކެވެއެވެ. ބައެއް ގައުމުތަކުގައި ހަރުކަށިކަމާއެކު މިކަންކަން ތަންފީޒުކުރަމުން ދިޔަނަމަވެސް ހަމަ ގައިމުވެސް އަހަރުމެންގެ މި މުޖުތަމައުން ފެންނަނީ ދިމާ އިދިކޮޅު މަންޒަރެކެވެ. ކޮންމެ ކަމަކަށް ގާނޫނެއް ހަދާފައިވީނަމަވެސް އެކަށޭނަ ގޮތުގައި ތަންފީޒުކޮށް އަމަލުކުރަމުންދަނީ މަދު ގާނޫނަކަށެވެ. ގާނޫނުތަކެއް ހަދައި ތަންފީޒުކުރުމަކީ ބޭކާރުކަމެއް ކަމަށް ހީވާ ހިސާބަށް މިހާރު މިކަން ވަނީ ގޮސްފައެވެ.

އެނގޭނެ ގޮތުގައި ކުނީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ޒަމާންތަކެއްވީ މި މައްސަލައަށް އެދެވޭ ހައްލެއް ގެނައުމަށް, ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތުގައި ރާވައި ހިންގައި، ކުނިން ކުރާ ނޭދެވޭ އަސަރުތައް ނައްތާލައި ނުވަތަ މަދުކޮށް، ތިމާވެއްޓާއި ޢާންމު ޞިއްޙަތު ރައްކާތެރިކޮށް، ކުނި މެނޭޖުކުރުމުގެ އުސޫލުތަކާއި މިންގަނޑުތަކާއި އިޖުރާއަތްތައް ކަނޑައެޅުމުގެ ޤާނޫނެއް މިހާރު މިވަނީ އެކުލަވާލައި އާންމުކޮށްފައެވެ. މި ގާނޫނުގެ މަގުސަދުތަކުގެ ގޮތުގައި ކުނީގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމާއި, ތިމާވެށި ރައްކާތެރިކުރުމާއި, އާންމު ސިއްހަތަށް ކުރާ އަސަރު ކުޑަކުރުމާއި, ކުނި އުފައްދާ މިންވަރު މަދުކުރުމަށް ބާރު އެޅުމާއި, ރީސައިކަލްކުރުމާއި, ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ރައްޔިތުން ބައިވެރިކުރުވުން ހިމަނާފައިވެއެވެ.

މި ގާނޫނު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ވަކި ވަކި ފަރުދުންނާއި, ޖަމާއަތްތަކާއި, ކުންފުނިތަކާއި, އިދާރާތަކުގެ މައްޗަށް މަތިކޮށްފައިވެއެވެ. މިގޮތުން އެންވަޔަރަންމެންޓް މިނިސްޓަރު ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމާބެހޭ ޤައުމީ ސިޔާސަތެއް ކަނޑައަޅައި ހިންގުމާއި، ކުނި މެނޭޖުކުރުމުގެ ސިޔާސަތު ކަނޑައެޅުމުގައި، ކަމާބެހޭ މިނިސްޓްރީތަކާއި، ލޯކަލް ކައުންސިލްތަކާއި، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި ޢާންމު ރައްޔިތުންގެ މަޝްވަރާ ހޯދުން ހިމެނެއެވެ. ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުގައި އުފައްދާ ކުނި މެނޭޖުކުރުމުގެ މަސްއޫލިއްޔަތު އެ އުޅަނދެއްގެ ވެރިފަރާތް ނުވަތަ އެ އުޅަނދަކާ ހަވާލުވެ ހުންނަ ފަރާތަކާ ހަވާލުކޮށްފައިވާއިރު, ފަޅުރަށްރަށާއި ފިނޮޅުފަދަ ތަންތަނުގެ ކުނި މެނޭޖުކުރުމަކީ އެތަންތަނުގެ ބެލެނިވެރި ފަރާތުގެ ޒިންމާއެކެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާހިސާބުން އިތުރު އުސޫލުތަކަކާއި ގަވާއިދުތަކެއް ހެދުމަށް ގާނޫނުން ލާޒިމުކޮށްފައިވެއެވެ. އެގޮތުން މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ކުނި މެނޭޖުކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދެއް މިނިސްޓްރީން އެކުލަވާލަން ޖެހެއެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 1 އަހަރުދުވަހުގެ ތެރޭގައި، ކުނި މެނޭޖުކުރުމާބެހޭ ޤައުމީ މާސްޓަރ ޕްލޭނެއް މިނިސްޓްރީން އެކުލަވާލައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް، މިނިސްޓްރީގެ ވެބްސައިޓުގައި ޢާންމުކުރަންވެސް ޖެހެއެވެ.

މި ގާނޫނާއެކު އިދާރާތަކާއި ފަރުދުންގެ މައްޗަށް ޒިންމާތަކެއް މަތިކުރުވާފައިވާއިރު, ގާނޫނުގައިވާގޮތުގެ މަތިން މިކަންކަން ތަންފީޒުކޮށް އުސޫލުތައް އެކުލަވާލަންޖެހެއެވެ. ކޮންމެ ގާނޫނަކާއެކުވެސް މިފަދަ އެތައް ކަމެއް އިދާރާތަކާއި ފަރުދުންނާއި ޖަމާއަތްތަކުގެ މައްޗަށް މަތިކުރުވާއިރު އާޚިރުގައި ފެނިގެންދަނީ މިއިން އެއްވެސް ކަމެއް ނުވެ, ދިގުލައިގެންދާ މަންޒަރެވެ. ގާނޫނުތައް ހެދުމުގެ އަސްލު މަގުސަދު ފެނަށް ދެއެވެ. މިހެން ކަންތައް ވާނަމަ މުޖުތަމައުގައި ހުރި މައްސަލަތައް ހައްލެއް ނުވާނެއެވެ.

ރައްޔިތުންގެ މަޖިލިސްކުނި މެނޭޖްކުރުންމިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު