Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިއާދަކުރަނިވި ހަކަތަ

މި 4 އަހަރުތެރޭގައި އިއާދަކުރަނިވި ހަކަތަ 37 މެގަވޮޓަށް އިތުރު ކުރެވިއްޖެ - އެންވަޔަރމަންޓް މިނިސްޓްރީ

މި އަހަރުގެ ތެރޭގައި މިހާތަނަށް 1 ބިލިއަން ރުފިޔާއަށްވުރެ ބޮޑު ޢަދައް ކަރަންޓުގެ ސަބްސިޑީގެ ގޮތުގައި ދެވިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2022 | ބުދަ 09:10
ސްޓެލްކޯ ސޯލަރ ޕެނަލް

ސްޓެލްކޯ ސޯލަރ ޕެނަލް

މި 4 އަހަރުތެރޭގައި ރާއްޖޭގައި ސޯލާ ހަކަތައިން ކަރަންޓު އުފެއްދޭ މިންވަރު 37 މެގަވޮޓަށް އިތުރު ކުރެވިފައިވާ ކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ބުނެފިއެވެ.

އިއާދަކުރަނިވި ހަކަތައާއި ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެންވަޔަރމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ މާޖިދް ވިދާޅުވީ 2018 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި ސޯލާ ހަކަތައިން ކަރަންޓު އުފެއްދުމަށް އިންސްޓޯލްކޯށްފައިވަނީ އެންމެ 16.5 މެގަވޮޓް ކަމަށެވެ. އެކަމު މި 04 އަހަރުތެރޭގައި މި ޢަދަދު 37 މެގަވޮޓަށް އިތުރު ކުރެވިފާ ކަމަށެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ މިހާރުވެސް ކުޅުދުއްފުށި ސިޓީ، ބ. އޭދަފުށި، ޅ. ހިންނަވަރު، ގދ. ތިނަދޫ، އައްޑޫ ސިޓީ އަދި ފުވައްމުލަށް ސިޓީ ގައި އިތުރު 11 މެގަވޮޓް ސޯލާ ޕީވީ ނިޒާމު ގާއިމުކުރުމަށް ކޮންޓްރެކްޓަރާ އެކު މާރިޗް 2022 ގައި ސޮއިކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އިތުރު 88 މެގަވޮޓުގެ ސޯލާ ޕީވީ ނިޒާމު ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެކި މަރުހަލާގައި ކުރަމުންދާ ކަމަށެވެ. މީގެ ތެރެއިން 58.5 މެގަވޮޓަކީ މިދައުރުގެ ރައީސް ސާލިހްގެ ސަރުކާރުގައި ފައިނޭންސް ސެކުއަރކޮށްގެން ކުރިއަށް ގެންދަމުންދާ މަސައްކަތްތަކެއް ކަމަށެވެ.

ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުން ފުޅާކުރުމުގެ މުޙިއްމުކަމުގެ ވާހަކަތައް ފުޅާދާއިރާއެއްގައި ދައްކަންފެށުނީ 2009 ވަނަ އަހަރު ހިސާބުގައި ކަމަށާއި، އެގޮތުން އެދުވަސްވަރު ވަނީ ސްކޭލިންގ އަޕް ރިނިއުބަލް އެނަރޖީ އިންވެސްޓްމަންޓް ޕްރޮގްރާމުގެ ނަމުގައި ބިޔަ ބޮޑު ދިގު މުއްދަތަކަށް ދެމިގެންދާ ޕްރޮގްރާމެއް އެކުލަވާލަން ފަށާފައިކަމަށް މާޖިދު ވިދާޅުވިއެވެ.

އަދި މިކަމަށް ބޭނުންވާ ދިރާސާތަކާއި އެސެސްމަންޓުތައް އޭރު ދިޔައީ ހެދެމުން ކަމަށާއި، މިގޮތުން ތައްޔާރުކުރެވުނު އެސްރެޕް އިންވެސްޓްމަންޓް ޕްލޭނު ތައްޔާރުކޮށް ކްލައިމެޓް އިންވެސްމަންޓް ފަންޑަށް ހުށަހެޅުނީ 2012 ވަނައަހަރުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖެއިން މިހުށަހެޅި ޕްލޭން ކްލައިމެޓް އިންވެސްމަންޓް ފަންޑުން އެންޑޯސްކޮށް މިކަމަށް ބޭނުންވާ ފައިސާގެ ބައެއް ހަމަޖެހިގެންދިޔަ ކަމަށާއި، މި އެންޑޯސްކުރެވުނު ޕްލޭނުގައި ހިމެނިފައިވަނީ މައިގަނޑު 02 ޕްރޮގަރާމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އެކްސެލެރޭޓިންގ ސަސްޓެއިނެބަލް ޕްރައިވެޓް އިންވެސްޓްމަންޓްސް އިން ރިނިއުބަލް އެނަރޖީ (އެސްޕަޔަރ) އަދި ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނެބަލް އެނަރޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓް ކަމަށެވެ.

މި ދެ ޕްރޮގްރާމު ކްލައިމެޓް އިންވެސްމަންޓް ފަންޑުން އެންޑޯސްކުރިއިރު މިއިން ކޮންމެ ޕްރޮގްރާމަކުންވެސް 21 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމް ޤާއިމުކުރުމަށް ވަނީ ހިމެނިފައި ކަަމަށް މާޖިދު ވިދާޅުވިއެވެ. ނަމަވެސް 2012 އިން 2018 ވަނަ އަހަރުގެ ނިޔަލަށް އެސްޕަޔަރ ޕްރޮގްރާމުން ގާއިމުކޮށްފައިވީ އެންމެ 1.5 މެގަވޮޓު ކަމަށް އޭނާ ފާހަގަކުރެއްވިއެެވެ.

މާޖިދު ވިދާޅުވީ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ޤާއިމުކުރުމުން އޭގެ ސަބަބުން ކަރަންޓު އުފެއްދުމަށް ތެޔޮބޭނުންވާ މިންވަރު މަދުވެ، ތެލަށްކުރާ ޚަރަދު ކުޑަވެގެންދާނެ ކަމަށެވެ. ޑީސަލުން ކަރަންޓު އުފައްދާނަމަ މިހާރު ބާޒާރުގައި ތެލުގެ އަގު ހުރި މިންވަރަށް ބަލާނަމަ ޔުނިޓެއް މިޖެހެނީ ހިންގުމުގެ ޚަރަދު ހިމަނައިގެން ގާތްގަނޑަކަށް 6.5 ރުފިޔާ ވަރު ކަމަށެވެ. މީ ހަޤިގަތުގައި ކަރަންޓު ވިއްކޭނެ ހަމައަގު، ނަމަވެސް މިރޭޓުން ކަރަންޓަށް ބިލްކުރުމަކީ ރައްޔިތުންނަށް އެކަމުގެ ސަބަބުން ބުރަޔަކަށް ވާނެކަމަކަށްވާތީ، ކޮންމެ ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ބިލަކުން 35 އިންސައްތަ އާއި 60 އިންސައްތަވަރު ފިއުލް ސަބްސިޑީގެ ގޮތުގައި ކަނޑައަޅައި އެޢަދަދަށްވާ ފައިސާ ސަރުކާރުން ދައްކައިދޭ ކަމަށް މާޖިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި އަހަރުގެ ތެރޭގައި މިހާތަނަށް 1 ބިލިއަން ރުފިޔާއަށްވުރެ ބޮޑު ޢަދައް ކަރަންޓުގެ ސަބްސިޑީގެ ގޮތުގައި ދެވިފައިވާ ކަމަށެވެ. މިފަދަ މަޝްރޫޢުތައް ހިންގުމުން އެވޮއިޑްކުރެވޭ ތެލުގެ ސަބަބުން ސަލާމަތްކުރޭ ފައިސާ މިވަގުތު ބޭނުންކުރެވިގެންދަނީ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ފުޅާކުރުމަށް އަދި މިހާރުގެ ޓެރިފް ރޭޓުތައް ހުރިގޮތުން ކަރަންޓު އުފައްދާ ވިއްކައިގެން ލިބޭގެއްލުން ކުޑަކުރުމަށް ކަމަށް މާޖިދު ވިދާޅުވިއެވެ.

އެހެން ނަމަވެސް މިފަދަ މަޝްރޫޢުތައް މުޅިރާއްޖޭގައި ހިންގައި ހުރިހާ ރަށެއްގައި އެކަށީގެންވާ މިންވަރަށް އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ޤާއިމުކުރެވުމުން ކަރަންޓުގެ އަގު ކުޑަކުރުމަށް މުސްތަގުބަލުގައި މަގުފަހިވެގެންދާނެ ކަމަށާއި، މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ނުސީދާކޮށް ރައްޔިތުންނަށް ލިބިގެންދާނެ އަނެއް ފައިދާއަކީ ރަށްރަށުގެ ކަރަންޓު ވިއުގަތަކުގެ އާބާތުރަފިލުވި އަޕްގްރޭޑް ވުމުން ރަނގަޅު ފެންވަރެއް ކަރަންޓުގެ ޚިދުމަތް ލިބުން ކަމަށެވެ. އޭގެ ސަބަބުން ކަރަންޓު ބޭނުންކުރާ އާލާތްތަކަށް ލިބޭ ގެއްލުންކުޑަވެ މިފަދަ އާލާތްތައް ގިނަދުވަހު ގެންގުޅުމަށް މަގުފަހިވާނެކަމަށް މާޖިދު ވިދާޅުވިއެވެ.

ސޯލާ ހަކަތަސޯލާ ޕީވީ ސިސްޓަމްމިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަގޭ ސޯލާ ޕްރޮގްރާމް: އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ސޯލާތައް ލިބޭވަރުވާނެ

މަގޭ ސޯލާ ޕްރޮގްރާމް: އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ސޯލާތައް ލިބޭވަރުވާނެ

29 ނޮވެމްބަރު 2023
ސޯލާ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "މަގޭ ސޯލާ" އިފްތިތާޙުކޮށްފި

ސޯލާ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "މަގޭ ސޯލާ" އިފްތިތާޙުކޮށްފި

28 ނޮވެމްބަރު 2023
އެފްކޮންސްގެ ޖޫރިމަނާއަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް: އެންވަޔަރަމެންޓް މިނިސްޓްރީ

އެފްކޮންސްގެ ޖޫރިމަނާއަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް: އެންވަޔަރަމެންޓް މިނިސްޓްރީ

14 ނޮވެމްބަރު 2023
ބްރިޖް ހައިވޭގައި ހަރުކޮށްފައިވާ ސޯލާރ ޕެނަލްތައް - "ކޮންސެޕްޓް ޑިޒައިންކޮށް، މަޝްވަރާކުރީ ކުރީ ސަރުކާރުން"

ބްރިޖް ހައިވޭގައި ހަރުކޮށްފައިވާ ސޯލާރ ޕެނަލްތައް - "ކޮންސެޕްޓް ޑިޒައިންކޮށް، މަޝްވަރާކުރީ ކުރީ ސަރުކާރުން"

31 އޮކްޓޯބަރު 2023
ސޯލާ ޕެނަލްތައް އެހެން ރަށަކަށް ބަދަލުކުރަން މުއިއްޒު ނިންމަވައިފި

ސޯލާ ޕެނަލްތައް އެހެން ރަށަކަށް ބަދަލުކުރަން މުއިއްޒު ނިންމަވައިފި

28 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު