Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކޮތަޅުން ފީ ނެގުން

ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ތައްޔާރުވެއްޖެ، އިތުރު ގޮތެއް ހޯދައިފިންތަ؟

ޕްލާސްޓިކް ކޮތަޅުން ފީ ނަގާނީ އޭޕްރިލް 18 އިން ފެށިގެން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 6 އެޕްރީލު 2023 | ބުރާސްފަތި 04:19
ޕްލާސްޓިކް ކޮތަޅު

ޕްލާސްޓިކް ކޮތަޅު

ދިވެހިރާއްޖެއިން ވަނީ 2030 ވަނަ އަހަރު "ނެޓް ޒީރޯ" އާ ހަމައަށް ވާސިލްވުމަށް އަމާޒު ކަނޑައަޅާފައެވެ. ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ތަހަންމަލުކުރަންޖެހޭނެ ފަދަ ނާޒުކު ފައްތަރެއްގައިވާ ޤައުމަކަށް ވެފައިި، މި އަމާޒަކީ ޖައްވަށް ބޭރުކުރާ ވިހަގޭސްތައް މަދުކުރުމުގައި ރާއްޖެއިން ނަމޫނާ މަސައްކަތްތަކެއް ކުރުމަށް ކަނޑައަޅާފައިވާ އަމާޒެކެވެ.

މި އަމާޒަށް ވާސިލްވުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ދަނީ ކުރަމުންނެވެ. އަހަރުތަކަކަށް ބަހާލައިގެން މި މަސައްކަތްތައް ކުރަމުންދާއިރު މީގެ ތެރޭގައި ސިންގަލް ޔޫސް ޕްލާސްޓިކް އެކި މަރުހަލާތަކަށް ބަހާލައިގެން މަނާކުރުން ނުވަތަ މަދުކުރަން މަސައްކަތްކުރުން ފާހަގަކުރެވެއެވެ. ޕްލާސްޓިކަކީ ދުނިޔެ އެންމެ ބޮޑަށް ތަޣައްޔަރު ކުރާ އެކައްޗެވެ. އަދި ނައްތާލަންވެސް އެންމެ އުނދަގޫ އެއް ބާވަތަށް ވެފައި، މިއީ ދުނިޔޭގެ އެންމެ ގިނަ ގައުމުތަކަށް ޖެހިފައިވާ ބޮޑު ބައްޔަކަށް މިވަނީ ވެފައެވެ.

ޕްލާސްޓިކުގެ ނުރައްކަލާ ރާއްޖެއަށްވެސް ކުރިމަތިލާންޖެހިފައިވާއިރު، މިކަމަށް ހައްލެއް ހޯދުމަށާއި، ނެޓް ޒީރޯގެ އަމާޒަށް ވާސިލްވުމަށް ރާއްޖެއިން ވަނީ މަސައްކަތްތަކެއް ފަށާފައެވެ. މިގޮތުން ދިވެހިރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތުގައި ރާވައި ހިންގައި، ކުނިން ކުރާ ނޭދެވޭ އަސަރުތައް ނައްތާލައި ނުވަތަ މަދުކޮށް، ތިމާވެއްޓާއި ޢާންމު ޞިއްޙަތު ރައްކާތެރިކޮށް، ކުނި މެނޭޖުކުރުމުގެ އުސޫލުތަކާއި މިންގަނޑުތަކާއި އިޖުރާއަތްތައް ކަނޑައެޅުމަށް ޚާއްސަކޮށް ކުނި މެނޭޖްކުރުމުގެ ގާނޫނެއް ވަނީ އެކުލަވާލާފައެވެ. މި ގާނޫނުގެ ދަށުން ކުރާ އެއް މަސައްކަތަކީ ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ މަސައްކަތެވެ.

މި ގާނޫނުގެ 8 ވަނަ ބާބުގައި ވާގޮތުން ވިޔަފާރި ޙަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، އެ ވިޔަފާރި ޙަރަކާތުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި އެ ކަސްޓަމަރުގެ އަތުން 2 ރުފިޔާ ނެގުން ގާނޫނޫގައި ލާޒިމް ކުރެއެވެ. ނަމަވެސް މީގެން 3 ތަނެއް އިސްތިސްނާވެއެވެ. އެއީ ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު، ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު އަދި ކުނި މެނޭޖުކުރުމުގެ ޚިދުމަތް ދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ޚާއްޞަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނަރ" އިސްތިސްނާވާނެއެވެ.

މި ހިނގާ އޭޕްރީލް މަހުގެ 18 އިން ފެށިގެން ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފަށާނެއެވެ.

މިއީ ޕްލާސްޓިކް މަދުކުރުމަށް ފަށާފައިވާ މަސައްކަތެއް ކަމުން މިކަމަށް އާންމުންވެސް ބޮޑު އެއްބާރުލުމެއް ދޭންޖެހެއެވެ. ޕްލާސްޓިކް ކޮތަޅަށް ބަރޯސާވާ މިންވަރު ކުޑަކުރަންޖެހެއެވެ. ބޭނުންކުރާ ކޮންމެ ޕްލަސްޓިކް ކޮތަޅަކަށް 2 ރުފިޔާ ދެއްކުމުގެ ބަދަލުގައި ވިޔަފާރިކުރަން ދާއިރު ފޮތި ކޮތަޅެއް ގެންދެވިދާނެއެވެ. މިކޮތަޅު އެތައް ފަހަރަކު ބޭނުންކުރެވޭނެއެވެ. އަދި ތިމާވެއްޓާ ރައްޓެހިވެސް މެއެވެ. މިހާރުން ފެށިގެން މިގޮތަށް ހޭނުން ވެސް ވަރަށް މުހިންމެވެ.

ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމުގެ މަސައްކަތް ކުރަން ސަރުކާރުން ނިންމާފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. ޕްލާސްޓިކް މަދުކުރުމަށް ބާރުއަޅައި، މަޑުމަޑުން "ފޭސްއައުޓް" ކުރުމަށް މަސައްކަތްކުރަމުންދެއެވެ. މިގޮތުން ހަމަ ކުނި މެނޭޖްކުރުމުގެ ގާނޫނުގެ ދަށުން ސިންގަލް-ޔޫސް ޕްލާސްޓިކް މަދުކުރުމާއި މަނާކުރުމާބެހޭ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މިގަވާއިދުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ، ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި އަދި ބާޒާރަށް ނެރުން މަނާކޮށް ހުއްޓުވުމާއި، ފިޔަވަޅު އެޅުމެވެ. އަދި ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން ރާއްޖޭގައި ބޭނުންކުރާ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް މަދުކުރުމެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީކުނި މެނޭޖްކުރުން

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2023

އެފްކޮންސްގެ ޖޫރިމަނާއަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް: އެންވަޔަރަމެންޓް މިނިސްޓްރީ

14 ނޮވެމްބަރު 2023
އެފްކޮންސްގެ ޖޫރިމަނާއަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް: އެންވަޔަރަމެންޓް މިނިސްޓްރީ
31 އޮކްޓޯބަރު 2023

ބްރިޖް ހައިވޭގައި ހަރުކޮށްފައިވާ ސޯލާރ ޕެނަލްތައް - "ކޮންސެޕްޓް ޑިޒައިންކޮށް، މަޝްވަރާކުރީ ކުރީ ސަރުކާރުން"

31 އޮކްޓޯބަރު 2023
ބްރިޖް ހައިވޭގައި ހަރުކޮށްފައިވާ ސޯލާރ ޕެނަލްތައް - "ކޮންސެޕްޓް ޑިޒައިންކޮށް، މަޝްވަރާކުރީ ކުރީ ސަރުކާރުން"
07 އޮކްޓޯބަރު 2023

ޤައުމީ ފެންވަރުގައި ސައިބަރ ވެށި ރައްކާތެރިކުރުމުގެ ސްޓްރެޓެޖީއެއް އޮންނަންޖެހޭ: ޓެކްނޮލޮޖީ މިނިސްޓްރީ

07 އޮކްޓޯބަރު 2023
ޤައުމީ ފެންވަރުގައި ސައިބަރ ވެށި ރައްކާތެރިކުރުމުގެ ސްޓްރެޓެޖީއެއް އޮންނަންޖެހޭ: ޓެކްނޮލޮޖީ މިނިސްޓްރީ
29 އޯގަސްޓު 2023

މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި

29 އޯގަސްޓު 2023
މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި
11 އޯގަސްޓު 2023

އުރީދޫގެ ބައެއް ޚިދުމަތްތަކުގައި އީފާސް ގަބޫލުކުރަން ފަށައިފި

11 އޯގަސްޓު 2023
އުރީދޫގެ ބައެއް ޚިދުމަތްތަކުގައި އީފާސް ގަބޫލުކުރަން ފަށައިފި
01 ޖޫން 2023

ގޭބީސީތަކުން މީޓަރ އެކްސްކްލޫޝަން ފޯމް ނުފުރާނަމަ، ކުނީގެ ފީ ބިލްގައި ހިމެނުން އެކަށީގެންވޭ

01 ޖޫން 2023
ގޭބީސީތަކުން މީޓަރ އެކްސްކްލޫޝަން ފޯމް ނުފުރާނަމަ، ކުނީގެ ފީ ބިލްގައި ހިމެނުން އެކަށީގެންވޭ
26 މެއި 2023

ބިލް ޓައިކުރުމުން އުންމީދަކީ މަގުމައްޗަށް ކުނި ދޫކޮށްލުން ނިމުމަކަަށް އައުން - ވެމްކޯ

26 މެއި 2023
ބިލް ޓައިކުރުމުން އުންމީދަކީ މަގުމައްޗަށް ކުނި ދޫކޮށްލުން ނިމުމަކަަށް އައުން - ވެމްކޯ
05 އެޕްރީލު 2023

މާލޭގައި ގާއިމް ކުރާ ވޭސްޓް ޓްރާންސްފާ ސްޓޭޝަނާއެކު މާލޭގެ ކުނި މެނޭޖްކުރުމަށް އިންގިލާބީ ބަދަލެއް އަންނާނެ: މިނިސްޓަރ

05 އެޕްރީލު 2023
މާލޭގައި ގާއިމް ކުރާ ވޭސްޓް ޓްރާންސްފާ ސްޓޭޝަނާއެކު މާލޭގެ ކުނި މެނޭޖްކުރުމަށް އިންގިލާބީ ބަދަލެއް އަންނާނެ: މިނިސްޓަރ
17 މާރިޗު 2023

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

17 މާރިޗު 2023
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
18 ޑިސެމްބަރު 2022

5 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތައާއެކު، އަހަރަކު 15-20 މިލިއަން ރުފިޔާ ސަލާމަތްވާނެ

18 ޑިސެމްބަރު 2022
5 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތައާއެކު، އަހަރަކު 15-20 މިލިއަން ރުފިޔާ ސަލާމަތްވާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު