Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫ

އުރީދޫގެ ބައެއް ޚިދުމަތްތަކުގައި އީފާސް ގަބޫލުކުރަން ފަށައިފި

ޕޯސްޓްޕެއިޑް ޕްލޭން އަޕްގްރޭޑް ކުރުމުގައި ކަސްޓަމަރ ވެރިފިކޭޝަންގެ ގޮތުގައި އީފާސް ބަލައިގަންނާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 11 އޯގަސްޓު 2023 | ހުކުރު 07:09
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރާ ބައްދަލުކުރައްވަނީ

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރާ ބައްދަލުކުރައްވަނީ

އުރީދޫ މޯލްޑިވްސް އިން ކަސްޓަމަރުންގެ ވެރިފިކޭޝަންގެ ވަސީލަތެއްގެ ގޮތުގައި ރާއްޖޭގެ ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމް، އީފާސް އިންޓަގްރޭޓް ކޮށްފިއެވެ.

ރައްކާތެރިކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ވައުދާ އެއްގޮތްވާ ގޮތުގެ މަތިން، އުރީދޫ ޚިދުމަތްތަކަށް އެދޭއިރު، ކަސްޓަމަރުންގެ ވެރިފިކޭޝަންގެ ވަސީލަތެއްގެ ގޮތުގައި އީފާސް ހަމަޖެހިގެންދިއުމަކީ ޙިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް އެ ކުންފުނިން ދެކެއެވެ. އީފާސް އިންޓަގްރޭޓް ކުރުމަކީ އަގުހުރި ކަސްޓަމަރުންނަށް ރައްކާތެރި، ފަސޭހަ އަދި ހަރުދަނާ ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެެއް ކަމަށްވެސް އުރީދޫއިން ބުނެފައިވެއެވެ.

އުރީދޫއިން ބުނީ ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންގެ ތަޖުރިބާއަށް އިންގިލާބީ ބަދަލެއް އައިސް، އުރީދޫގެ ތަފާތު އެކި އެކި ޙިދުމަތްތައް ހޯދުމުގައި ރައްކާތެރި އޮތެންޓިކޭޝަން ޕްރޮސެސްއެއް ކަށަވަރުވެގެންދާނެ ކަމަށެވެ.

އުރީދޫގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ޚާލިދު އަލް ހަމާދީ ވިދާޅުވީ މި ޕާޓްނާޝިޕަކީ ޒަމާނީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަ ކުރުމަށް ކުރަމުންދާ މަސައްކަތް ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންނަށް މިހާރަށްވުރެ ފަސޭހަ އަދި ރައްކާތެރި ވެރިފިކޭޝަނެއް ގާއިމުކުރުމަށްޓަކާ ހުރިހާ ހިދުމަތަކަށް އީފާސް ވެރިފިކޭޝަން އިންޓަގްރޭޓްކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ އުރީދޫ މޯލްޑިވްސްގެ ޙިދުމަތްތަކަށް އީފާސް އިންޓަގްރޭޓް ކުރުމަކީ، ޑިޖިޓަލްކޮށް ބާރުވެރި ގައުމެއްގެ ގޮތުގައި ރާއްޖެ ބިނާ ކުރުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރާ އެއްގޮތްވާގޮތުގެ މަތިން އެ ކުންފުނިން އަހައްމިއްޔަތުކަން ދޭ ކަމުގެ ހެއްކެއް ކަމަށެވެ. އަދި ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ، އީފާސް، އުރީދޫއިން ބަލައިގަތުމަކީ، އެ ކުންފުނީގެ އަގުހުރި ކަސްޓަމަރުންނަށް އިތުރު ޑިޖިޓަލް ލުއިފަސޭހަތަކެއް ފޯރުކޮށްދީ، ޑިޖިޓަލްއިން ބާރުވެރިވެފައިވާ ރާއްޖެއެއްގެ ތަސައްވުރު ހާސިލްކުރުމަށް ސަރުކާރާއެކު ކުރި ވަރަށް މުހިންމު މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އުރީދޫއިން ފުރަތަމަ މަރުހަލާއެއްގެ ގޮތުން ޕޯސްޓްޕެއިޑް ޕްލޭން އަޕްގްރޭޑް ކުރުމާއި ފިސިކަލް ސިމް ކާޑު، އީސިމަށް ބަދަލު ކުރުމުގައި ކަސްޓަމަރ ވެރިފިކޭޝަންގެ ގޮތުގައި އީފާސް ބަލައިގަންނާނެއެވެ. ކުރިއަށް އޮތްތަނުގައި މި ޙިދުމަތް އިތުރަށް ފުޅާކުރެވި އީފާސް ބޭނުންކޮށްގެން ހުރިހާ ޙިދުމަތަކަށްވެސް އެދިލެވޭނެ ކަމަަށް އުރީދޫއިން ބުނެއެވެ.

ރާއްޖޭގެ ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމް އީފާސް އަކީ ކުރިއަށް އޮތްތަނުގައި ޑިޖިޓަލް ފުރުސަތުތަކުގެ ދުނިޔެ އިތުރަށް ހުޅުވައިލަދީ ފަރުދުންނަށް އެކި ޙިދުމަތްތައް ލިބުގަތުމުގައި އިތުރު ފަސޭހަތައް ފަހިކޮށްދޭނެ ޕްލެޓްފޯމެއް ކަމަށް ވެސް އުރީދޫއިން ބުންޏެވެ.

އުރީދޫމިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއީފާސް

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2025

ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި

18 ނޮވެމްބަރު 2025
ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި
15 އޮކްޓޯބަރު 2025

އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ

15 އޮކްޓޯބަރު 2025
އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ
01 އޮކްޓޯބަރު 2025

މާލެ ސިޓީގެ ބިމާބެހޭ މައުލޫމާތު ހިމެނޭ 'ލޭންޑް އިންފޮމޭޝަން ސިސްޓަމް' ތަޢާރަފުކޮށްފި

01 އޮކްޓޯބަރު 2025
މާލެ ސިޓީގެ ބިމާބެހޭ މައުލޫމާތު ހިމެނޭ 'ލޭންޑް އިންފޮމޭޝަން ސިސްޓަމް' ތަޢާރަފުކޮށްފި
27 ފެބުރުއަރީ 2025

އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް

27 ފެބުރުއަރީ 2025
އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް
17 ޑިސެމްބަރު 2024

އުރީދޫ އަށް 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް

17 ޑިސެމްބަރު 2024
އުރީދޫ އަށް 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް
12 ޑިސެމްބަރު 2024

އުރީދޫ އާއެކު ހައްޖު ކޯޕަރޭޝަންގެ ކަސްޓަމަރ ސާވިސް ޚިދުމަތަށް އިންގިލާބީ ބަދަލެއް

12 ޑިސެމްބަރު 2024
އުރީދޫ އާއެކު ހައްޖު ކޯޕަރޭޝަންގެ ކަސްޓަމަރ ސާވިސް ޚިދުމަތަށް އިންގިލާބީ ބަދަލެއް
27 އޮކްޓޯބަރު 2024

މެރެތަން ދުވެލަން ދޯހާއަށް! އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއް

27 އޮކްޓޯބަރު 2024
މެރެތަން ދުވެލަން ދޯހާއަށް! އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއް
25 އޮކްޓޯބަރު 2024

އުރީދޫއިން މޯލްޑިވްސް ގެ ޕާޓްނަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ބިޒްނަސް ޕާޓްނަރ އެވޯޑްސް އަދި ގާލާ ނައިޓް ބާއްވައިފި

25 އޮކްޓޯބަރު 2024
އުރީދޫއިން މޯލްޑިވްސް ގެ ޕާޓްނަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ބިޒްނަސް ޕާޓްނަރ އެވޯޑްސް އަދި ގާލާ ނައިޓް ބާއްވައިފި
02 އޮކްޓޯބަރު 2024

އުރީދޫ އިން އިސްރަށްވެހިންގެ ނާދީ އާއި ގުޅިގެން ބައިނަލްއަގުވާމީ އިސްރަށްވެހިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

02 އޮކްޓޯބަރު 2024
އުރީދޫ އިން އިސްރަށްވެހިންގެ ނާދީ އާއި ގުޅިގެން ބައިނަލްއަގުވާމީ އިސްރަށްވެހިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި
30 ސެޕްޓެމްބަރު 2024

އުރީދޫގެ ސަބްސިޑަރީ ކުންފުނި، ޓެކްފިން މޯލްޑިވްސް އަށް އެމްއެމްއޭގެ ޕޭމަންޓް ސާވިސް ޕްރޮވައިޑާ ލައިސަންސް ލިބިއްޖެ

30 ސެޕްޓެމްބަރު 2024
އުރީދޫގެ ސަބްސިޑަރީ ކުންފުނި، ޓެކްފިން މޯލްޑިވްސް އަށް އެމްއެމްއޭގެ ޕޭމަންޓް ސާވިސް ޕްރޮވައިޑާ ލައިސަންސް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު