Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެސްޕަޔަރ މަޝްރޫއު

5 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތައާއެކު، އަހަރަކު 15-20 މިލިއަން ރުފިޔާ ސަލާމަތްވާނެ

ސްޓެލްކޯއަށް ކަރަންޓު ވިއްކުމަށް ހަމަޖެހިފައިވަނީ ޔުނިޓަކަށް 10.09 ޔޫއެސް ސެންޓުގެ ރޭޓުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2022 | އާދީއްތަ 11:31
ލިންކް ރޯޑްގައި ސޯލާ ޖެހުމުގެ މަސައްކަތް ކުރިއަށްދަނީ

ލިންކް ރޯޑްގައި ސޯލާ ޖެހުމުގެ މަސައްކަތް ކުރިއަށްދަނީ

ލިންކް ރޯޑުގައި ގާއިމުކުރާ 5 މެގަވޮޓް ސޯލަރ ޕީވީގެ ނިޒާމާއެކު, ދައުލަތުން ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް އަހަރަކަށް 15 މިލިއަން ރުފިޔާއާ 20 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ސަލާމަތްކުރެވޭނެ ކަމަށް، އެންވަޔަރމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ މާޖިދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މާޖިދު ވިދާޅުވީ، އެސްޕަޔަރ މަޝްރޫއުގެ ދަށުން ހިންގާ 2 ވަނަ ފިޔަވަހީގެ 5 މެގަވޯޓާއެކު، މި ނިޒާމުން އުފައްދާ 7.3 މިލިއަން ކަރަންޓު ޔުނިޓުން، ދައުލަތުން ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް އެ އަދަދު ސަލާމަތްކުރެވޭނެ ކަމަށެވެ. އެހެންކަމުން ރާއްޖެއިން ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަވެ، ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން އިތުރުކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މާޖިދު ވިދާޅުވީ އެސްޕަޔަރ މަޝްރޫއުގެ ދަށުން ހިންގާ 2 ވަނަ ފިޔަވަހީގެ ދަށުން އުފައްދާ ކަރަންޓު ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވަނީ ކަރަންޓު ޔުނިޓަކަށް 10.09 ޔޫއެސް ސެންޓުގެ ރޭޓުން ކަމަށެވެ. އެއީ ދިވެހި ފައިސާއިން ބަލާނަމަ ކަރަންޓު ޔުނިޓަކަށް 1 ރުފިޔާ 68 ލާރިއެވެ. މާޖިދު ވިދާޅުވީ މިރޭޓުން ކަރަންޓު ޔުނިޓެއް ގަތުމުން ޔުނިޓެއް ޖެހެނީ ޑީސަލުން ކަރަންޓު ޔުނިޓެއް އުފައްދާ ވަރަށްވުރެ 4.92 ރުފިޔާ ކުޑަކޮށް ކަމަށެވެ.

މާޖިދު ވިދާޅުވީ މި މަޝްރޫއަށް އެއްވެސް ކެޕިޓަލް ޚަރަދެއް ކުރަން ނުޖެހުމުން، ދައުލަތުގެ ބަޖެޓުން މި ޚަރަދު ސަލާމަތްވެގެންދާނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، ލިންކް ރޯޑްގައި އެންސިސް ކޯ ލިމިޓެޑުން ގާއިމުކުރާ ސޯލަރ ޕީވީ ނިޒާމުން އެފަރާތުން ކަރަންޓު ވިއްކާ މުއްދަތަކީ 15 އަހަރެވެ. މިމުއްދަތު ހަމަވުމުން އެނިޒާމުގެ ބެލެނިވެރި ފަރާތަކަށް ވާނީ ސްޓެލްކޯއެވެ. މީގެ ފަހުން އެ ނިޒާމުން އުފައްދާ ކަރަންޓަށް އިތުރު ފައިސާއެއް ޔުޓިލިޓީ ކުންފުނިން، ނުވަތަ ދައުލަތުން ދައްކާކަށް ނުޖެހޭނެއެވެ.

މާޖިދު ވިދާޅުވީ އެއްބަސްވުމުގެ މުއްދަތުގައި، ނިޒާމު ބަލަހައްޓައި މެއިންޓެއިންކޮށް، އެނިޒާމަށް ލިބޭ ހުރިހާ ގެއްލުމަކަށް ޒިންމާވާނީ އެންސިސް ކޯ ލިމިޓެޑުން ކަމަށެވެ. އަދި 5 މެގަވޮޓް ސޯލަރ ޕީވީ ނިޒާމު ގާއިމުކުރުމަށް މި ސަރަހައްދު ކަނޑައެޅުނުއިރު، މިއީ އެއަރޕޯޓާ ކައިރީގައި އޮންނަ ސަރަހައްދަކަށްވުމުން، މި ސަރަހައްދުގައި ސޯލަރ ޕީވީ ހަރުކުރުމުން އެކަމުން ކުރާނެ އަސަރު ވަޒަންކުރުމަށް، ގްލެއަރ އެސެސްމަންޓާއި އަދި ގުޅުންހުރި އެހެނިހެން ދިރާސާތައް ވާނީ ހަދާފައިކަމަށް މާޖިދު ވިދާޅުވިއެވެ.

އެގޮތުން އެސެސްމަންޓްގެ ނަތީޖާއަށް ބަލައި އެއަރޕޯޓް ކޮންޓްރޯލް ޓަވަރާއި މަތިންދާބޯޓުގެ ޕައިލެޓުންނާއި އަދި ލިންކް ރޯޑުގައި ދުއްވާ އުޅަނދުފަހަރަށް ސޯލާރ ޕެނަލްތަކުން އެޅޭ އިރުގެ ދަޅަ އެޅި އެފަރާތްތަކަށް އުނދަގޫނުވާނެހެން ޕެނަލްތައް ބެހެއްޓިފައި ހުންނަ އޭންގަލް ފިކްސްކުރެވޭނެއެވެ. އަދި މި ނިޒާމުގެ ޑިޒައިންކުރުމުގައި ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ ލަފަޔާއި މަޝްވަރާ ހޯދާފައިވާނެ ކަމަށް މާޖިދު ވިދާޅުވިއެވެ.

މާޖިދު ވިދާޅުވީ، ޕެނަލްތަކުގެ ސްޓްރަކްޗަރތަކުގެ ދަށުން އިތުރު ލައިޓްތަކެއް ހަރުކޮށް، ޕެނަލްތަކުގެ ދަށުގައިވާ ސަރަހައްދު ރޭގަނޑުގެ ވަގުތުތަކުގައި އަލިވާނެ ކަމަށެވެ. އެހެންކަމުން މި ސަރަހައްދު އޮންނާނީ ލިންކްރޯޑު ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

ސޯލާ ޕީވީ ސިސްޓަމްލިންކް ރޯޑްގައި ސޯލާ ޖެހުމުގެ މަސައްކަތްމިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ސޯލާ ބަދަލުކުރަން ބޮޑު ހަރަދެއް، އެކަންކުރެވޭނެ ތާރީހެއްވެސް ނޭނގޭ

ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ސޯލާ ބަދަލުކުރަން ބޮޑު ހަރަދެއް، އެކަންކުރެވޭނެ ތާރީހެއްވެސް ނޭނގޭ

19 ސެޕްޓެމްބަރު 2024
އެފްކޮންސްގެ ޖޫރިމަނާއަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް: އެންވަޔަރަމެންޓް މިނިސްޓްރީ

އެފްކޮންސްގެ ޖޫރިމަނާއަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް: އެންވަޔަރަމެންޓް މިނިސްޓްރީ

14 ނޮވެމްބަރު 2023
ބްރިޖް ހައިވޭގައި ހަރުކޮށްފައިވާ ސޯލާރ ޕެނަލްތައް - "ކޮންސެޕްޓް ޑިޒައިންކޮށް، މަޝްވަރާކުރީ ކުރީ ސަރުކާރުން"

ބްރިޖް ހައިވޭގައި ހަރުކޮށްފައިވާ ސޯލާރ ޕެނަލްތައް - "ކޮންސެޕްޓް ޑިޒައިންކޮށް، މަޝްވަރާކުރީ ކުރީ ސަރުކާރުން"

31 އޮކްޓޯބަރު 2023
ސޯލާ ޕެނަލްތައް އެހެން ރަށަކަށް ބަދަލުކުރަން މުއިއްޒު ނިންމަވައިފި

ސޯލާ ޕެނަލްތައް އެހެން ރަށަކަށް ބަދަލުކުރަން މުއިއްޒު ނިންމަވައިފި

28 އޮކްޓޯބަރު 2023
ޤައުމީ ފެންވަރުގައި ސައިބަރ ވެށި ރައްކާތެރިކުރުމުގެ ސްޓްރެޓެޖީއެއް އޮންނަންޖެހޭ: ޓެކްނޮލޮޖީ މިނިސްޓްރީ

ޤައުމީ ފެންވަރުގައި ސައިބަރ ވެށި ރައްކާތެރިކުރުމުގެ ސްޓްރެޓެޖީއެއް އޮންނަންޖެހޭ: ޓެކްނޮލޮޖީ މިނިސްޓްރީ

07 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު