Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޔާމީންގެ އިސްތިއުނާފް

ރައީސް ޔާމީންގެ އިސްތިއުނާފްގެ މައްސަލަ އިސްލާހުކޮށް އަނެއްކާވެސް ހައިކޯޓަށް

ކުށް ސާބިތުވުމާއި ގުޅިގެން ރައީސް ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 17 މާރިޗު 2023 | ހުކުރު 03:42
ކުރީގެ ރައީސް ޔާމީން ޖަލަށް ގެންދަނީ

ކުރީގެ ރައީސް ޔާމީން ޖަލަށް ގެންދަނީ

ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފްގެ މައްސަލަ އިސްލާހު ކުރުމަށްފަހު އަލުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.

ވ.އާރަށުގެ މުއާމަލާތާއި ގުޅިގެން މަނީ ލައުންޑާ ކުރުމާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވުމާއި ގުޅިގެން ރައީސް ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ. އެމަނިކުފާނުގެ މައްޗަށް މި ހުކުމް ކޮށްފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ އެ ހުކުމް އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކުރީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އެ މައްސަލަ އާއި ގުޅިގެން ހުށަހެޅި އިސްތިއުނާފު އިސްލާހުކުރަން ހައި ކޯޓުން ވަނީ މާރޗް މަހުގެ 10 ވަނަ ދުވަހު އަންގާފައެވެ. މި މައްސަލަ ހައިކޯޓަށް އަލުން ހުށަހެޅި ނަމަވެސް މައްސަލަ ބަލައިގަތުމާ މެދު އަދި އެ ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

މި މައްސަލަ އިސްތިއުނާފްކުރަން ހުށަހަޅާފައި ވާއިރު، ވ.އާރަށުގެ ޚިޔާނާތާއި ގުޅިގެން ރައީސް ޔާމީން ލޯންޑާކުރެއްވިކަން ސާބިތުވެފައިވާ 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ކޮށްފައިވާ އަމުރު ވެސް އެމަނިކުފާނުގެ ފަރާތުން ވަނީ އިސްތިއުނާފަށް ހުށަހަޅާއިފައެވެ.

ރައީސް ޔާމީން މި ހިނގާ މާރޗް މަހުގެ ތެރޭގައި މިނިވަން ވާނެ ކަމަށާއި މި މައްސަލަ ނިމެންދެން އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަންކޮށްދިނުމަށް ހައި ކޯޓުގައި އެދޭނެ ކަމަށް އެމަނިކުފާނުގެ ޤާނޫނީ ޓީމުން ބުނެއެވެ.

އާރަށު މައްސަލައިގައި ޔާމީނު ލޯންޑަރ ކުރި މިލިއަން ޑޮލަރާއި އެއާ އެއްކުރި 2 މިލިއަން ޑޮލަރުގެ އިތުރުން އޭގެން ހޯދި މަންފާ ދައުލަތަށް ދައްކަން ވެސް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ދައުލަތަށް ފައިސާ ނެގުމަށް އަމުރު ކުރި ސަބަބަށް ބަލާއިރު، ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި ޤަބޫލު ކުރެއްވި 1 މިލިއަން ޑޮލަރުގެ ޗެކު އެޗްއެސްބީސީ އެކައުންޓަށް ޖަމާކުރެއްވުމަށްފަހު، އެ އެކައުންޓުގައި ހުރި އިތުރު ފައިސާއާއެކު 1،001،409 (އެއް މިލިއަން އެއްހާސް ހަތަރުސަތޭކަ ނުވަ) އެމެރިކާ ޑޮލަރު ބީއެމްއެލް އެކައުންޓަށް ވަނީ ޖަމާކުރައްވާފައެވެ. އަދި އެ އެކައުންޓުގައި ހުރި އިތުރު ފައިސާއާއެކު ޖުމުލަ 1،295،000 (އެއް މިލިއަން ދެލައްކަ ނުވަދިހަ ފަސްހާސް) އެމެރިކާ ޑޮލަރު އިސްލާމިކް ބޭންކު އެކައުންޓަށް ވަނީ ޖަމާކުރައްވާފައެވެ.

މީގެ އިތުރުން އެ އެކައުންޓުގައި ހުރި އިތުރު ފައިސާއާއެކު 3،413،230 (ތިން މިލިއަން ހަތަރުލައްކަ ތޭރަހާސް ދުއިސައްތަ ތިރީސް) އެމެރިކާ ޑޮލަރު އެމްއައިބީގައި ރައީސް ޔާމީނުގެ ނަމުގައި ހުޅުއްވާފައިވާ އެހެން އެކައުންޓަކަށް ޖަމާކުރައްވާ، 36 މަސް ދުވަސް ވަންދެން ވަނީ ފައިދާ ހޯއްދަވާފައެވެ.

ވުމާއެކު، ޔާމީން ލޯންޑާކޮށްފައިވާ އެއް މިލިއަން އެމެރިކާ ޑޮލަރާއި އެއާ އެއްކޮށްފައިވާ 2،413،230 (ދެމިލިއަން ހަތަރުލައްކަ ތޭރަހާސް ދުއިސައްތަ ތިރީސް) އެމެރިކާ ޑޮލަރުގެ އިތުރުން، ފައިސާ އިންވެސްޓުކޮށްގެން ހޯދާފައިވާ މަންފާ ދައުލަތަށް ނަގައިދޭން އެދި ކުރި މަނީލޯންޑަރިންގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވާތީ އެ ފައިސާ ދައުލަތަށް ނެގުމަށް ވަނީ އަމުރުކޮށްފައެވެ. މި ފައިސާ 6 މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ވަނީ އަމުރުކޮށްފައެވެ.

ކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްވ. އާރަށްކްރިމިނަލް ކޯޓްހައި ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު