Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާނާއާއެކު އެއްބަސްވުމެއް

ދިވެހިރާއްޖެއިން ގާނާއާ އެކު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެއިން ގާނާއާއެކު ސިޔާސީ ގުޅުން ޤާއިމުކުރީ 10 އޮގަސްޓް 1989ގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 މާރިޗު 2023 | ބުދަ 10:45
ރާއްޖެއިން ގާނާއާއެކު ވެވުނު އެއްބަސްވުމުގައި ފޮރިން މިނިސްޓަރ ޝާހިދު (ކ) އަދި ގާނާގެ ފޮރިން މިނިސްޓަރ (ވ)

ރާއްޖެއިން ގާނާއާއެކު ވެވުނު އެއްބަސްވުމުގައި ފޮރިން މިނިސްޓަރ ޝާހިދު (ކ) އަދި ގާނާގެ ފޮރިން މިނިސްޓަރ (ވ)

ދިވެހިރާއްޖެއާއި ގާނާއާ ދެމެދު އޮތް ގާތް ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމަށްޓަކައި ދެޤައުމުގެ މެދުގައި ދެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރާއްޖެއާއި ގާނާއާ ދެމެދު ސޮއިކުރެވުނު ދެ އެއްބަސްވުމަކީ, އިތުރު ވިސާ ނެގުމަކާ ނުލައި ރާއްޖެއާއި ގާނާއާ ދެމެދު ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ސޮއިކުރެވުނު ވިސާ ވެއިވަރ އެއްބަސްވުމަކާއި ރާއްޖޭގެ ސަރުކާރާއި ގާނާގެ ސަރުކާރާ ދެމެދު ސިޔާސީ މަޝްވަރާތައް ބޭއްވުމަށްޓަކައި ސޮއިކުރެވުނު ފަހުމުނާމާއެކެވެ.

މިދެއެއްބަސްވުމުގެ ސަބަބުން، ގާނާއާއި ދިވެހިރާއްޖޭގެ ދޭދޭ ގުޅުންތައް އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި ދެޤައުމުގެ ޚާރިޖީ ވުޒާރާތަކުގެ މެދުގައި ޤަވައިދުން ސިޔާސީ މަޝްވަރާތައް ބޭއްވޭނެ މަގުފަހިވެގެން ދާނެއެވެ. އަދި އިތުރު ވިސާއެއް ނެގުމަކާ ނުލައި ދެޤައުމުގެ މެދުގައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހުމާއެކު، އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރުން ފަސޭހަވެ، ދެޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިވެގެން ދިއުމަށް މަގުފަހިވާނެއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ މިހިނގާ މާރޗް މަހުގެ 15ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި ބޭއްވުނު ރާއްޖެއާއި ގާނާގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށްފަހުއެވެ. މިދެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދެވެ. އަދި ގާނާގެ ފަރާތުން މިދެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެޤައުމުގެ މިނިސްޓަރ ފޯ ފޮރިން އެފެއާޒް އެންޑް ރީޖަނަލް އިންޓަގްރޭޝަން، ޝަރލީ އަޔޯކޯ ބޮޗްވޭއެވެ. މިދެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ކޮމަންވެލްތުގެ މައި މަރުކަޒު ކަމަށްވާ ލަންޑަނުގައި ހުންނަ މާލްބަރޯ ހައުސްގައެވެ.

ދިވެހިރާއްޖެއިން ގާނާއާއެކު ސިޔާސީ ގުޅުން ޤާއިމުކުރީ 10 އޮގަސްޓް 1989ގައެވެ.

ގާނާފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު

އިތުރަށް ކިޔާލަން

25 އޮކްޓޯބަރު 2024

ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

25 އޮކްޓޯބަރު 2024
ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު
01 އެޕްރީލު 2024

މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިން ބައެއް އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފި

01 އެޕްރީލު 2024
މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިން ބައެއް އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފި
11 ނޮވެމްބަރު 2023

ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޢުދުވާންތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސްގެ ހާއްސަ މަންދޫބު ޢަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓުގައި ގޮވާލައްވައިފި

11 އޮކްޓޯބަރު 2023

މިއީ އަދި ތި ހީކުރާ ކަހަލަ ފަރުދާއެއް ނޫން!

11 އޮކްޓޯބަރު 2023
މިއީ އަދި ތި ހީކުރާ ކަހަލަ ފަރުދާއެއް ނޫން!
23 ޖޫން 2023

މިނިސްޓަރު ޝާހިދު އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

23 ޖޫން 2023
މިނިސްޓަރު ޝާހިދު އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު