Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް 2026

48 ޓީމުގެ ވޯލްޑް ކަޕެއް، 11 ބިލިއަން ޑޮލަރުގެ އާމްދަނީއެއް

2026ގެ ވޯލްޑް ކަޕް ބާއްވާނީ އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 15 މާރިޗު 2023 | ބުދަ 05:59
ެއެންމެ ފަހުގެ ވޯލްޑް ކަޕުގެ ޗެމްޕިއަން އާޖެންޓީނާ ކުޅުންތެރިން ތައްޓާއެކު

ެއެންމެ ފަހުގެ ވޯލްޑް ކަޕުގެ ޗެމްޕިއަން އާޖެންޓީނާ ކުޅުންތެރިން ތައްޓާއެކު

2026 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅޭ ޓީމުތަކުގެ 48 އަށް ބަދަލުކުރުމުން ފީފާ އަށް 11 ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބޭނެކަމަށް އެ ޖަމާއަތުން އިއުލާނުކޮށްފި އެވެ.

ރުވާންޑާގެ ކިގަލީގައި ކުރިއަށްދާ ފީފާ ކޮންގްރެސްއިން މި ގޮތަށް ބަދަލު ކުރަން ފާސް ކުރުމުން މުބާރާތުގައި ކުޅޭ މެޗުތަކުގެ އަދަދު 104އަށް އަރާނެ އެވެ.

2026ގެ ވޯލްޑްކަޕް އޮންނާނީ ތިން ގައުމެއްގަ އެވެ. އެއީ އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯ އެވެ.

ފީފާއިން ކުރިން ވިސްނާފައި އޮތީ 48 ޓީމު ތިން ޓީމު ހިމެނޭ ގޮތަށް 16 ގްރޫޕަކަށް ބަހާލާށެވެ. ނަމަވެސް ގަތަރުގައި މިދިޔަ ޑިސެމްބަރު މަހު ބޭއްވި ވޯލްޑްކަޕަށް ފަހު މި ވިސްނުން ބަދަލުކޮށް މިހާރު ނިންމާފައިވަނީ ހަތަރު ޓީމު ހިމެނޭ ގޮތަށް ގްރޫޕް ބަހާލުމަށެވެ. މި ގޮތަށް ބަހާލުމުން ފައިނަލަށްދާ ޓީމު މިހާރު ކުޅޭ ހަތް މެޗުގެ ބަދަލުގައި އަށް މެޗު ކުޅެންޖެހޭނެ އެވެ.

ފީފާ ވޯލްޑްކަޕުގެ އަދަދު 32 އިން 48 އަށް ބަދަލު ކުރުމަކީ ރައީސް ޖިއާނީ އިންފަންޓީނޯގެ ވަރަށް ބޮޑު ވައުދެކެވެ. އޭނާ އަންނަނީ ތިން ވަނަ ދައުރަކަށް އިންތިހާބުވުމަށް ތައްޔާރުވަމުންނެވެ.

ފީފާ ވޯލްޑް ކަޕްފީފާ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

06 ޑިސެމްބަރު 2025
ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު
06 ޑިސެމްބަރު 2025

ވޯލްޑް ކަޕް ގެ ގުރު ނަގައިފި

06 ޑިސެމްބަރު 2025
ވޯލްޑް ކަޕް ގެ ގުރު ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު