Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްޓޫޑެންޓް ލޯން

ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު ބުދަ ދުވަހު ހަމަވާނެ!

12 މާރިޗު 2023 | އާދީއްތަ 10:49

ސްޓޫޑެންޓް ލޯނަށް އެދި ފޯމު ހުށަހެޅޭނީ މި މަހުގެ 15 ވާ ބުދަ ދުވަހުގެ މެންދުރު 1:30އާ ހަމައަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 12 މާރިޗު 2023 | އާދީއްތަ 10:49
ސްޓޫޑެންޓް ލޯނު

ސްޓޫޑެންޓް ލޯނު

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލާފައިވާ ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ ބުދަ ދުވަހަށް ހަމަވާތީ, ބޭނުންވާ ފަރާތްތަކުން ވީހާވެސް އަވަހަށް ކުރިމަތިލުމަށް ހަނދާން ކޮށްދީފިއެވެ.

މިފަހަރުގެ ލޯން ސްކީމްގެ ދަށުން، އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ހިމެނޭހެން، 720 ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި އަހަރުގެ ލޯނު ސްކީމް ހުޅުވާލާފައިވަނީ އެހެން އަހަރުތަކުގައި ދަރިވަރުންގެ ޑިމާންޑް އެންމެ ބޮޑަށް އޮތް ދާއިރާތަކަށް ފުރުސަތު އިތުރުކޮށްފައެވެ.

Advertisement - newsAdvertisement

އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ، ލޯން ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާ ލެވެލަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް، އެދަރިވަރަކު ކިޔަވަމުންދާ ދާއިރާއިން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލައި، އެ ފަރާތެއްގެ ޓިއުޝަން ފީގެ ތެރެއިން، ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައިނުވާ އެހެނިހެން ޚަރަދުތައް ހޯދުމުގެ ފުރުސަތުވެސް ހުޅުވާލާފައިވެއެވެ.

މީގެ އިތުރުން މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން، ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދިނުމަށްވެސް މިއަހަރު ފުރުސަތު ހުޅުވާލާފައިވެއެވެ.

މި އަހަރުގެ ލޯން ސްކީމުގެ ދަށުން ޕައިލެޓް ޓްރެއިނިންގެ 60 ފުރުސަތާއި، ޑިގްރީ ފެންވަރަށް ރާއްޖޭން ބޭރުން އެމްބީބީއެސް ހެދުމަށް 55 ފުރުސަތާއި، މާސްޓަރސް ފެންވަރުގައި ޕޯސްޓް ގްރެޖުއޭޓް މެޑިސިން ހެދުމަށް 20 ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ޔުނިވަރސިޓީ، ކޮލެޖް އަދި ޕޮލިޓެކްނިކްގައި ކިޔަވައިދޭނެ ލެކްޗަރަރުން ތަމްރީނު ކުރުމަށް ޕީ.އެޗް.ޑީ ލެވެލަށް ފުރުސަތު ހުޅުވާލާފައިވާއިރު، ލޯނު އެހީގެ ދަށުން ތައުލީމާއި ތަމްރީނު ހޯދުމަށް ކޮންމެ ގައުމަކަށްވެސް ދިއުމުގެ ފުރުސަތު އޮންނާނެއެވެ.

ހަޔަރ އެޑިއުކޭޝަނުން ހުޅުވާލާފައިވާ ފުރުސަތުގައި ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ޚަރަދެއް އެއްކޮށް ދޭނީ އިއުލާންކޮށްފައިވާ ގައުމުތަކުގައި ކިޔެވުމަށެވެ. އެނޫން ގައުމެއްގައި ކިޔެވުމަށް ލޯނުދޭނީ އިއުލާންކޮށްފައިވާ ގައުމުތަކުގެ ތެރެއިން ދަރިވަރު އިޚްތިޔާރުކުރާ ގައުމަކަށް ކަނޑައަޅާފައިވާ ރޭޓުންނެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށް، ރާއްޖެއާއި ރާއްޖޭން ބޭރުން ކިޔެވުމަށް ފުރުސަތު ހުޅުވާލާފައިވާއިރު، މިއަހަރުގެ ލޯން ސްކީމް އިއުލާންކޮށްފައިވަނީ ލޯނުގެ އެޑްމިނިސްޓްރޭޓިވް ޗާރޖް 1 އިންސައްތައަށް ކުޑަކުރުމަށްފަހުއެވެ.

ސްޓޫޑެންޓް ލޯނަށް އެދި ފޯމު ހުށަހެޅޭނީ މި މަހުގެ 15ވާ ބުދަ ދުވަހުގެ މެންދުރު 1:30އާ ހަމައަށެވެ. މި ލޯނަށް އެދި ފޯމް ހުށަހަޅަން ޖެހޭނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އެކަމަށް ޚާއްޞަކޮށްގެން ހުޅުވާފައިވާ ޕޯޓަލް މެދުވެރިކޮށެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވަނީ، ފޯމު ހުށަހަޅާއިރު އެޕްލިކޭޝަނަށް ބޭނުންވާ ހުރިހާ ލިޔެކިޔުމެއް ހަމަކުރުމަށް ހަނދާންކޮށްދެއްވާފައެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

23 މާރިޗު 2017

ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

23 މާރިޗު 2017
ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
21 މާރިޗު 2017

ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމުގެ މުއްދަތު އިތުރުކޮށްފި

21 މާރިޗު 2017
ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމުގެ މުއްދަތު އިތުރުކޮށްފި
03 މާރިޗު 2017

ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

03 މާރިޗު 2017
ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި
27 ފެބުރުއަރީ 2017

ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ

27 ފެބުރުއަރީ 2017
ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ
23 ފެބުރުއަރީ 2017

އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި

23 ފެބުރުއަރީ 2017
އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި
11 ފެބުރުއަރީ 2017

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!
07 ފެބުރުއަރީ 2017

ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި

07 ފެބުރުއަރީ 2017
ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް