Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިއްހީ ދާއިރާ

ދެމެހެއްޓެނެވި ގޮތެއްގައި ސިއްހީ ދާއިރާގެ މަސައްކަތްތައް ކުރުމަށް ގިނަ ގޮންޖެހުންތައް އެބަ ހުރި: ދިރާސާ

މިއީ ރާއްޖޭގައި މިފަދަ ރިޕޯޓެއް އެކުލަވާލި ފުރަތަމަ ފަހަރު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 10 މާރިޗު 2023 | ހުކުރު 14:23
ސިއްހީ ވުޒާރާ

ސިއްހީ ވުޒާރާ

ދެމެހެއްޓެނެވި ގޮތެއްގައި ސިއްހީ ދާއިރާގެ މަސައްކަތްތައް ކުރުމަށް ގިނަ ގޮންޖެހުންތައް އެބަ ހުރިކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކައިފި އެވެ.

ރާއްޖޭގެ ސިއްހީ ނިޒާމާއި މެދު އެ އިދާރާ އިން ކުރި ދިރާސާގެ ނަތީޖާ ހާމަކޮށްފައިވާ އެ ރިޕޯޓްގައި ސިއްހީ ދާއިރާގައި ހުރި ގިނަ މައްސަލަތައް ވަނީ ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ކަންތައްތަކާއި ކަންކަން ހިންގުމުގައި ހުރި މައްސަލަތަކާއި އާއްމުންނާއި ގުޅުން ހުރި ކަންކަން ވެސް ވަނީ ހިމަނާފައެވެ. މި ދިރާސާ އަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެންޓި-ކޮރަޕްޝަން އަދި ސިއްހީ މާހިރުން ހިމެނޭ ޓީމަކުން އެކުލަވާލި ދިރާސާއެކެވެ. މިއީ ރާއްޖޭގައި މިފަދަ ރިޕޯޓެއް އެކުލަވާލި ފުރަތަމަ ފަހަރެވެ.

އެ ދިރާސާގައި ސިއްހީ ދާއިރާގެ ކަންކަން އިސްލާހުކުރުމަށްޓަކާ ވަގުތުން ވަގުތަށް ކުރަން ޖެހޭ ކަންކަން ހުރި ކަމަށް ވަނީ ބުނެފައެވެ. އެގޮތުން އެ ދާއިރާގައި ހާމަކަމެއް ނެތުމާއި، ރަނގަޅަށް ކަންކަން ބެލެހެއްޓެމުން ނުދިއުމާއި ކަންކަން ރިފޯމް ކުރާ ސްޕީޑާއި މެދު ވިސްނަން ޖެހޭ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން ސިއްހީ ނިޒާމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި މައިގަނޑު 10 ކަމެއް ފާހަގަކޮށް އެކަންކަމާއި ގުޅޭ ރިކޮމެންޑޭޝަންތައް ވަނީ ހިމަނާފައެވެ.

އެ ދިރާސާގައި އިތުރަށް ބުނެފައި ވަނީ ސިއްހީ ދާއިރާ މަސައްކަތް ކުރާ ގޮތާއި އެކި ކަންކަމާއި ގުޅުން ހުރި ޒިންމާތައް އުފުލަނީ ކޮން ބައެއް ކަން އާއްމުންނަށް ސާފު ނުވާކަމަށެވެ. އެހެންކަމުން ކަމެއް ގޯސްކޮށް ހިނގައިފި ނަމަ އަމަލުކުރާނެ އުސޫލުތައް ވެސް އެކުލަވާލާ އާއްމު ކުރެވިފައިވަނީ މަދުން ކަން އެ ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ. ހަމައެހެންމެ މަސްލަހަތު ފުށުއަރާ މީހުން ސިއްހީ ނިޒާމްގެ ކަންކަން ނިންމޭ ފަދަ މަޤާމުތަކުގައި ތިބުމުގެ ކަންބޮޑުވުން އެ ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!

13 މާރިޗު 2017
ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!
09 މާރިޗު 2017

ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ

09 މާރިޗު 2017
ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
24 ފެބުރުއަރީ 2017

ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް

24 ފެބުރުއަރީ 2017
ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް
22 ފެބުރުއަރީ 2017

އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

22 ފެބުރުއަރީ 2017
އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް
20 ފެބުރުއަރީ 2017

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު