Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުނޫޒް ޖަލްސާ

ގައުމަށް ރަގަޅު ގޮތަކީ ރައީސް ނަޝީދާއި އަޅުގަނޑާއެކުގައި މަސައްކަތް ކުރުން: ރައީސް މައުމޫން

3 ޖުލައި 2017 | ހޯމަ 17:37

މަޖުބޫރުން ކަންކަން ކުރެވިގެން ނުވާނެ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 3 ޖުލައި 2017 | ހޯމަ 17:37
ކުނޫޒް ޖަލްސާގައި މައުމޫން ވަނީ ބައިވެރިވެފައި

ކުނޫޒް ޖަލްސާގައި މައުމޫން ވަނީ ބައިވެރިވެފައި

ދިވެހި ގައުމަށް މިވަގުތު އެންމެ ރަގަޅު ގޮތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު މަސައްކަތް ކުރެއްވުން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވި އެވެ.

މާފަންނު ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަދައްވަމުން ރައީސް މައުމޫން ވިދާޅުވީ، ބައެއް ފަރާތްތަކުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު މަސައްކަތް ކުރައްވަނީ ކީއްވެގެންތޯ އެތަށް ބަޔަކު ސުވާލު ކުރަމުންދާ ކަށެވެ. އެ ދެ ބޭފުޅުންނަކީ ކުރިން ސިޔާސީ ދެ ހަތުރުން ކަމަށް ވިޔަސް، 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން ވިދާޅުވީ މިހާރު ފަށައިގެން ކުރަމުންދާ މަސައްކަތަކީ އެއްވެސް ހާލެއްގައި ޒާތީ މަސައްކަތެއް ނޫން ކަމަށާއި މިއީ ގައުމީ މަސައްކަތެއް ކަމަށެވެ.

Advertisement - newsAdvertisement

" އަޅުގަނޑު ަމސައްކަތް ކުރާނީ އުސޫލީ ފެންވަރެއްގައި، ޒާތީފެންވަރެއްގައެއް ނޫން." ރައީސް މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ، ރައީސް ނަޝީދާއި މެދު ގޯސްކޮށް އެމަނިކުފާނަށް ކަންކަން ކުރެވިފައި ހުރެދާނެ ކަމަށާއި ހަމައެގޮތަށް ރައީސް ނަޝީދަށްވެސް އެމަނިކުފާނާ މެދު އެފަދަ ގޮތަކަށް އަމަލުކުރެވިފައި ހުރެދާނެ ކަމަށެވެ.

" އަޅުގަނޑުގެ ފަރާތުންވެސް މުހައްމަދު ނަޝީދަށް އެންމެ އެކަށޭނަ ނޫން ގޮތަކަށް ކަންތައްތައް ކުރެވިފަ އޮވެދާނެ. އެމަނިކުފާނަށްވެސް އަޅުގަނޑާއި ބެހޭ ގޮތުން ކަންތައްތަކެއް ކުރެއްވިފަ އޮވެދާނެ. އެކަމަކު އެކަންތައްތަކަކީ މާޒީވެގެން ގޮސްފައިވާ ކަންކަން. އަޅުގަނޑުމެން މިހާރު ބަލަންވީ ޒާތީ ކުރިއެރުމަކަށް ނޫން. ފަރުދީ ކުރިއެރުމަކަށް ނޫން. އަޅުގަނޑުމެން ބަލަންވީ އަޅުގަނޑުމެންގެ ގައުމަށް،" ރައީސް މައުމޫން ވިދާޅުވި އެވެ.

އެކަންކަމަކީ މާޒީވެގެން ގޮސްފައިވާ ކަންކަން ކަމަށާއި ރައީސް ނަޝީދާއި އެކުގައި ފެށި މި މަސައްކަތަކީ އެއްވެސް ހާލެއްގައި ޒާތީ ކުރިއެރުމަކަށް ކުރައްވާ މަސައްކަތެއް ނޫން ކަމަށެވެ. މި މަސައްކަތަކީ ގައުމަށް ރަގަޅު ގޮތް ހޯދާ ދިނުމަށް ކުރައްވާ މަސައްކަތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ގުޅިގެން މިކުރި މަސައްކަތައް ލިބުނު ކާމިޔާބީ އަކީ އެއްވެސް ހާލެއްގައި ރައީސް ނަޝީދާއި ރައީސް މައުމޫނަށް ލިބުނު ކާމިޔާބީއެއް ނޫން ކަމަށާއި މިއީ މުޅި ގައުމަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.

ރައީސް މައުމޫން ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާނު އަބްދުﷲ އިސްވެ ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާއިރު، ރައީސް މައުމޫނު ވިދާޅުވީ މި މަސައްކަތުގައި ނަސްރު ރައީސް ނަޝީދާއި ގާސިމް ކުރެއްވި މަސައްކަތް ފާހަގަ ކުރެއްވޭ ކަމަށެވެ.

ގާސިމަކީ ވަރަށް ކުރީއްސެރި އިސްލާހީ މަސައްކަތުގައި އުޅުއްވި ބޭފުޅެއް ކަމަށާއި އެކަން އެނގިވަޑައިގަންނަވާ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. ގާސިމްގެ ވިސްނުންފުޅާއި އިހްލާސްތެރިކަން އެނގިވަޑައިގަންނަވާ ކަމަށާއި ހާއްސަ މަޖިލީހުގެ ރައީސްކަން ވެސް ގާސިމް ކުރެއްވީ ވަރަށް ގާބިލްކަމާއި އިހްލާސްތެރިކަމާއެކު ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

ޝެއިޚް އިމްރާނަކީ ވަރަށް ގާތް ރަހްމަތްތެރި ބޭފުޅެއް ކަމަށާއި ވަރަށް އެކުގައި ވާހަކަ ދައްކަވައި، ހިޔާލު ބަދަލު ކުރައްވާ ބޭފުޅެއް ކަމަށް ވެސް ރައީސް މައުމޫން ފާހަގަކުރެއްވެވި އެވެ.

"ވަރަށް އިހްލާސްތެރި ހިތްވަރު ގަދަ ބޭފުޅެއް. ޖަލުގެ ކުޑަ ގޮޅީގައި އޮންނެވި ނަމަވެސް އަޒުމަކަށް ބަދަލެއް ނާންނަ ކަމަށް މިރޭ ވެސް އެނގިގެން ދިޔަ،" ކީރިތި ކުރައްވަމުން ރައީސް މައުމޫން ވިދާޅުވި އެވެ.

""އިމްރާނަކީ ވަރަށް ގާތް ބޭފުޅެއް. ވަރަށް ގިނަ ދުވަހުއްސުރެ ވާހަކަދައްކާ ހިޔާލު ބަދަލުކޮށްހަދާ ދެމީހުން އަޅުގަނޑުމެން ދެމީހުންނަކީ. އަދި އެމަނިކުފާނަކީ ދީނީ އިލްމުވެރިއެއް. ވަރަށް އިހްލާސްތެރި ބޭފުޅެއް. ގައުމަށް ވަފާތެރިވޭފުޅެއް. ހިތްވަރުގަދަ ބޭފުޅެއް. އަޅުގަނޑުމެން މިތާންގާ މިހާރު މިތިބީ މިނިވަންކަމާއެކީގައި. އެހެނެއްނޫން އިމްރާނު މިއަދު އޮތީ. އެހެން ނަމަވެސް އެމަނިކުފާނުގެ ހިތްވަރުފުޅަކަށް ބަދަލެއް ނާދޭ."

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް