Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަހުމަދު އަދީބު

އަދީބު އަވަހާރަކޮށްލަން އުޅޭކަމުގެ މައުލޫމާތު ލިބުމުން ފުލުހުންގެ ސަމާލުކަމަށް ގެނެސްފި

މިފަދަ ކަމެއް މެދުވެރިވިޔަ ނުދިނުމަށް ފިޔަވަޅުތައް އަޅުއްވައި ދެއްވުމަށް ވަނީ އެދިފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 3 ޖުލައި 2017 | ހޯމަ 17:37
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ޖަލަށްލާފައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަވަހާރަކޮށްލުމަށް ރާވާ ކަމުގެ މައުލޫމާތު ލިބުމުން އެކަން ފުލުހުންގެ ސަމާލުކަމަށް އެދިފައިވާނެ ކަމަށް އޭނާގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވެއްޖެއެވެ.

މަހުފޫޒު ސައީދު ހޯމަދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދީބު އަވަހާރަކޮށްލަން ރާވާ ކަމުގެ މައުލޫމާތު ލިބުމާ އެކު ފުލުހުންގެ ސަމާލުކަށް ގެނެސް އަވަސް ފިޔަވަޅަކަށް އެދި ސިޓީއަކުން ހުށަހަޅުއްވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މަހުފޫޒުގެ އެޓްވީޓާ އެކު ވަނީ ކަމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފަށް އެޑްރެސްކޮށް ފޮނުއްވި ސިޓީ އެޓޭޗްކުރައްވާފައެވެ.

އެސިޓީގައި ވިދާޅުވެފައިވަނީ މުވައްކިލު އަހުމަދު އަދީބު އަބްދުލްޣަފޫރު ދޫނިދޫ ގޮޅީގައި އޮއްވާ އަވަހާރަކޮށްލުމަށް ރޭވުންތަކެއް ކުރިއަށްދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެންކަމުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވާ، މިމައްސަލަ ތަހުގީގު ކޮށްދެއްވުން އެދެމެވެ. އަދި މިފަދަ ކަމެއް މެދުވެރިވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވައި ދެއްވުން އެދިލައްވާ ކަމަށް ކަމިޝަނަރ އޮފް ޕޮލިސް އަށް އެޑްރެސް ކުރައްވާ މަހުފޫޒު ހުށައެޅުއްވި ސިޓީގައި ވިދާޅުވެފައި ވެއެވެ.

އަދީބު އަވަހާރަކޮށްލަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުފޫޒު ވިދާޅުވެފައިވާއިރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަޙްލޫފު ވެސް ވިދާޅުވެފައިވަނީ އަދީބު ދޫނިދޫގައި ބާއްވާފައި އޮންނަ ނިކަމެތި ހާލު ފެންނަން އޮތް ކަމަށާއި އަދީބު އަވަހާރަކޮށްލަފާނެ ކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އަދީބު ޖަލުގައި ބަހައްޓައިގެން ޒަހަރު ކަހަލަ އެއްޗެއް ދީގެން ސިއްހީ ހާލަތު ގޯސްކޮށް މަރާލަފާނެކަމުގެ ކަންބޮޑުވުން އެބަ އޮތްކަމަށް މަހުލޫފު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދީބު ދަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މަހްލޫފް ވަނީ އަދީބު ޖަލުގައި އޮންނެވި މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުކުރައްވާފައެވެ.

އަދީބުގެ ވަކީލުން ވެސް ވިދާޅުވެފައި ވަނީ ޖަލުގައި އޮންނަވަނިކޮށް އަދީބު އަވަހާރަވެދާނެ ކަމަށާއި ފަރުވާ ބޭނުންވާ ކަމަށެވެ. އަދީބަށް ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވެ ބޭސްފަރުވާ އަށް ގައުމުން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދިނުމަށް ވަނީ އެދިފައެވެ. ނަމަވެސް ސަރުކާރުން ދަނީ އެކަމަށް ދެކޮޅު ހަދަމުންނެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2017

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
08 މާރިޗު 2017

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި
01 މާރިޗު 2017

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު