Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސައުދީ އެއާލައިން އެއް ރާއްޖެ އަށް

ހޫނު މޫސުމާ ދިމާކޮށް ސައުދީގެ ފްލައިނާސް އެއާލައިން އިން ރާއްޖެއަށް ދަތުރު ފަށަނީ

8 މާރިޗު 2023 | ބުދަ 13:52

މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުން ކުރާނީ 170 މީހުންގެ ޖާގައިގެ އެއަރބަސް އޭ320 މިއޯން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 8 މާރިޗު 2023 | ބުދަ 13:52
ފްލައިނާސްގެ ބޯޓެއް

ފްލައިނާސްގެ ބޯޓެއް

ސައުދީއަރަބިއްޔާގެ ބަޖެޓް އެއަރލައިނެއް ކަަމަށްވާ، ފްލައިނާސް އިން މިއަހަރުގެ ހޫނު މޫސުމުގައި ރާއްޖެއަށް ދަތުރު ފަށަން ނިންމައިފިއެވެ.

އެ އެއަރލައިނުން ބުނެފައިވާ ގޮތުގައި ރާއްޖޭގެ އިތުރުން ވެސް އެހެން މަންޒިލްތަކަށް މި ހޫނު މޫސުމުގައި ދަތުރުތައް ބާއްވާނެއެވެ. މިއީ އެ އެއަރލައިނުގެ ޚިދުމަތްތައް ފުޅާ ކުރުމުގެ ގޮތުން އިތުރު ކުރާ މަންޒިލްތަކެއް ކަމަށް އެއަރލައިންގެ ސީއީއޯ ބަންޑަރ އަލްމޮހަންނާ ވަނީ ވިދާޅުވެފައެވެ. '

ފްލައިނާސް އިން ބޭނުންވަނީ މެދު އިރުމަތީގައި ދަތުރު ކުރާ އެންމެ ރަނގަޅު ލޯ ބަޖެޓް އެއަރލައިނަށް ވުމަށެވެ.

ފްލައިނާސް އިން ރާއްޖެއަށް ދަތުރު ކުރާނީ ސައުދީގެ ވެރިރަށް ރިޔާޒުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

އެމްއޭސީއެލް އިން "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދީފައިވާ ގޮތުގައި ފްލައިނާސް އިން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމާފައިވަނީ އަންނަ މެއި މަހުގެ ތެރޭގައެވެ. އެ އެއަރލައިނުން ހަފުތާއަކު ތިން ދުވަހު ރާއްޖެއަށް ދަތުރު ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެއީ އަންގާރަ ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.

މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުން ކުރާނީ 170 މީހުންގެ ޖާގައިގެ އެއަރބަސް އޭ320 މިއޯންއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި ރާއްޖެއަށް އޮންނަ ޑިމާންޑު އިތުރުވެ އެކި އެއަރލައިންތަކުން ރާއްޖެއަށް ދަތުރުތައް ތާވަލު ކުރެއެވެ. އެގޮތުން، ޑެއިލީ ދަތުރުތަކާއި ޗާޓަރ ފްލައިޓުތަކުގެ އިތުރުން މޫސުންތަކަށް ހާއްސަކޮށްގެން ވެސް ދަތުރުތައް ބާއްވައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ދެ މަސްދުވަހުގެ ތެރޭގައި ތިން ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 24.7 އިންސައްތައިގެ ކުރިއެރުމެކެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް މިހާރަކު ނުކުރޭ، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: އެޗްއާރުސީއެމް

13 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް މިހާރަކު ނުކުރޭ، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: އެޗްއާރުސީއެމް
12 މާރިޗު 2017

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!

12 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!
12 މާރިޗު 2017

ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުން ނުދާ ކަމަށް ކަރެކްޝަންސް އިން ބުނެފި

12 މާރިޗު 2017
ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުން ނުދާ ކަމަށް ކަރެކްޝަންސް އިން ބުނެފި
12 މާރިޗު 2017

މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި

12 މާރިޗު 2017
މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި
27 ފެބުރުއަރީ 2017

އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު

27 ފެބުރުއަރީ 2017
  އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު
15 ފެބުރުއަރީ 2017

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި
13 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
12 ފެބުރުއަރީ 2017

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު
10 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް

10 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް
09 ފެބުރުއަރީ 2017

ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި

09 ފެބުރުއަރީ 2017
ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް