Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަ ސްކޫލް ހޭންޑް ބޯޅަ މުބާރާތް

17 އަހަރުން ދަށުގެ ސެމީ ފައިނަލްގައި ވާދަކުރާ ޓީމުތައް ޔަޤީންވެއްޖެ

ސެމީ ފައިނަލުން ޖާގަ ލިބުނު ހަތަރު ޓީމަކީ އަމީނިއްޔާ ސްކޫލް، އިސްކަންދަރު ސްކޫލް، ޣާޒީ ސްކޫލް އަދި ޖަމާލުއްދީން ސްކޫލް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 މާރިޗު 2023 | ބުދަ 06:27
އިންޓަ ސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ ތެރެއިން

އިންޓަ ސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ ތެރެއިން

މިހާރު ކުރިއަށްދާ އިންޓަ ސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލްގައި ވާދަކުރާ ޓީމުތައް ޔަޤީންވެއްޖެ އެވެ.

ސެމީ ފައިނަލުން ޖާގަ ލިބުނު ހަތަރު ޓީމަކީ އަމީނިއްޔާ ސްކޫލް، އިސްކަންދަރު ސްކޫލް، ޣާޒީ ސްކޫލް އަދި ޖަމާލުއްދީން ސްކޫލް އެެވެ. އަމީނިއްޔާ އިން މުބާރާތުގެ ސެމީ އިން ޖާގަ ހޯދީ އަންގާރަ ދުވަހު ކުރިއަށް ދިޔަ ފުރަތަމަ ކުއާޓާ ފައިނަލްގައި މަޖީދިއްޔާ ސްކޫލް ބަލިކޮށްގެންނެވެ. އަމީނިއްޔާ އިން މެޗު ކާމިޔާބު ކުރީ 27-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ އަމީނިއްޔާގެ މުޙައްމަދު އަމްސާލް އެވެ. ދެ ވަނަ ކުއާޓާ ގައި އިސްކަންދަރުން ވަނީ 21-8 އިން ދަރުމަވަންތަ ބަލިކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ އިސްކަންދަރުގެ ސައްޔިދު ސަލާހުއްދީން އެވެ.

ތިން ވަނަ ކުއާޓާ ފައިނަލް ގައި ވާދަކޮށްފައި ވަނީ ޣާޒީ ސްކޫލާއި ތާޖުއްދީން ސްކޫލް އެވެ. އެ މެޗު ޣާޒީ ސްކޫލް އިން ކާމިޔާބު ކުރީ 20-17 އިންނެވެ. ވާދަވެރި މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޣާޒީ ސްކޫލްގެ މުޙައްމަދު ޒީކް ޝަހުރާބް އެވެ. ފަހު ކުއާޓާ ގައި ޖަމާލުއްދީނުން ވަނީ އަޙުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ބަލިކޮށްފަ އެވެ. މެޗު ޖަމާލުއްދީނުން ކާމިޔާބު ކުރީ 30-14 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖަމާލުއްދީންގެ އަލްދަން އީކް ރަމީޒް އެވެ.

މި ބައިގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހު އެވެ. ފުރަތަމަ ސެމީ ގައި އަމީނިއްޔާ ނިކުންނާނީ އިސްކަންދަރާ ދެކޮޅަށެވެ. ދެ ވަނަ ސެމީ ގައި ޣާޒީ ނިކުންނާނީ ޖަމާލުއްދީނާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ގައުމީ ކެރަމް މުބާރާތް: ސެމީ އަށް ދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ

23 ފެބުރުއަރީ 2017
ގައުމީ ކެރަމް މުބާރާތް: ސެމީ އަށް ދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ
22 ފެބުރުއަރީ 2017

ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

22 ފެބުރުއަރީ 2017
ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ
20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
01 ފެބުރުއަރީ 2017

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

01 ފެބުރުއަރީ 2017
ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު