Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ދިރިއުޅުން ކުނިގޮނޑަށް

ކުލި އަގުބޮޑުކަމުން މި ޒުވާނާގެ ދިރިއުޅުން ބަދަލު ކުރީ ކުނިގޮނޑަށް!

ކުނި ޖަމާ ކުރާ ސަރަޙައްދުގައި ހާއްސަ ގެއެއް އަޅާ، އެތަނަށް އޭނާގެ ދިރިއުޅުން ބަދަލު ކުރީ މީގެ މަހެއްހާ ދުވަސް ކުރިން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 8 މާރިޗު 2023 | ބުދަ 04:15
ކުލި އަގުބޮޑުކަމުން މި ޒުވާނާގެ ދިރިއުޅުން ބަދަލު ކުރީ ކުނިގޮނޑަށް

ކުލި އަގުބޮޑުކަމުން މި ޒުވާނާގެ ދިރިއުޅުން ބަދަލު ކުރީ ކުނިގޮނޑަށް

ކުލީގެ އަގު ބޮޑުވުމުގެ މައްސަލައަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ ކުރިއަރާފައި ވާ ޤައުމުތަކުގައިވެސް އިންތިހާއަށް ބޮޑުވެފައި ވާ މައްސަލައެކެވެ. ދިރިއުޅުމުގެ ޛަރޫރީ ޚަރަދުތައް ދެކޮޅު ޖެއްސޭނެ ފަދަ ތަނަވަސްކަމަކާ އެއްވަރުގެ އާމްދަނީއެއް ނުލިބުމާއި، ބާޒާރުތަކުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުން ދިއުން ފަދަ އެތައް ސަބަބަކާ ހެދި، އުފުލެމުން ދާ ކުލީގެ އަގުތަކަށް އެދެވޭ ހައްލެއް ހޯދުމަށް، އިނގިރޭސިވިލާތް ފަދަ ޤައުމުތަކުގެ ކަމާ ބެހޭ ފަރާތްތައް ވަނީ ނުކުޅެދިފައެވެ. އިނގިރޭސިވިލާތުގައި ކުލީގެ އަގުތައް ބޮޑުވާ މައްސަލައަށް ހައްލު ނުލިބުމުގެ ސަބަބުން، އެކަމާ ދެކޮޅަށް އާދަޔާ ޚިލާފު އިހުތިޖާޖެއް ކުރަމުންދާ އެކަކީ ޒުވާން ފަންނުވެރިއެއް ކަމަށް ވާ، ޢުމުރުން 28 އަހަރުގެ ހެރިސަން މަރޝަލްއެވެ.

ކުލީގެ އަގު ބޮޑުވުމުގެ މައްސަލައަށް ހައްލެއް ނުހޯދިގެން އުޅޭ އުޅުމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން، މަރޝަލް، އޭނާގެ ދިރިއުޅުން ބަދަލު ކުރީ ލަންޑަންގައި ކުނި ޖަމާ ކުރާ ސަރަޙައްދަކަށެވެ. އެތަނުގައި އަހަރެއްވަންދެން ދިރިއުޅުމަށް އޭނާ ގަސްތު ކުރެއެވެ. ކުނި ޖަމާ ކުރާ ސަރަޙައްދުގައި ހާއްސަ ގެއެއް އަޅާ، އެތަނަށް އޭނާގެ ދިރިއުޅުން ބަދަލު ކުރީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. މަރޝަލް ބުނާ ގޮތުގައި، މިއީ އޭނާ މަސައްކަތް ކުރާ ސަރަޙައްދުގެ ގޮތުން، ދެކޮޅު ޖެހޭ ދިރިއުޅުމެއް އުޅެވެން އޮތް ހަމައެކަނި ގޮތްވެސްމެއެވެ.

ލަންޑަންއަކީވެސް ގެދޮރުގެ ދަތިކަން ކުރިމަތިވެފައިވާ ރަށަކަށް ވާ އިރު، ބޭރުގައި ދުވަސްތަކެއް ހޭދަ ކުރުމަށް ފަހު އެނބުރި އައިސް، އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ހޯދުމަކީ މަރޝަލްއަށް ކާމިޔާބު ނުލިބުނު ހަނގުރާމައެކެވެ. އަތްފޯރާ އަގުގައި ތަނެއް ފެންނަ އިރު، އެތަނަކަށް ދިރިއުޅުން ބަދަލު ކުރުމުގެ ހަނގުރާމައަށް ތައްޔާރުވެގެން ތިބޭ މީހުންގެ ޢަދަދު އެހާ ގިނައެވެ.

ކުނި އުކާލަން ހާއްސަކޮށްފައިވާ ސަރަޙައްދުގައި މަރޝަލް ދިރިއުޅެމުންދާ ގެ އެޅުމަށް އޭނާ ވަނީ 4000 ޕައުންޑް ނުވަތަ 4808 ޑޮލަރު ޚަރަދު ކޮށްފައެވެ. މި ގެ އަޅާފައި ވަނީ ރީނދޫ ކުލައިގެ ކޮންޓޭނަރެއްގެ ތެރޭގައި ކަމަށް ވާ އިރު، މި ސާމަނަކީ އިމާރާތް ކުރާ ފަރާތްތަކުން ކުނީގެ ގޮތުގައި އުކާލާ ސާމާނެވެ.

ގެ އަޅާފައި ހުރި ބިމަކީ، ފަންނުވެރިކަމުގެ ދާއިރާއަށް ހިލޭ ސާބަހަށް ޚިދުމަތް ކުރާ ޖަމިއްޔާއަކުން މަރޝަލްއަށް ހޯދާދިން ބިންކޮޅެކެވެ.

ޖީބަށް ލުއިވިއެއްކަމަކު، މި ގޭގައި ދިރިއުޅުމަކީ މާ ފަސޭހަ ކަމެއްވެސް ނޫނެވެ. މަރޝަލްއަށް ފެންވަރަން ޖެހެނީ އޭނާގެ އޮފީހުގައެވެ. ނޫނީ ޖިމްގައެވެ.

ގޭގައި ބޭނުން ކުރާ ފެން ހޯދަނީ އަވަށްޓެރިންގެ އެހީތެރިކަމާ އެކީގައެވެ. ފަސޭހަ ކަމަކީ، ގެއާއި އޮފީސް ހުންނަ ކައިރި ކަމެވެ. ބައިސްކަލެއްގައި ދުއްވާފައި، 10 ވަރަކަށް މިނެޓުން އެ ދަތުރު ކުރެވެއެވެ.

މި ދުވަސްވަރަކީ އިނގިރޭސިވިލާތުގެ ބާޒާރުތަކުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާ ދުވަސްވަރެކެވެ. ފާއިތުވީ 41 އަހަރުދުވަހުގެ ތެރޭގައި ނުދާ މިންވަރަށް، އިނގިރޭސިވިލާތުގެ ކޮންޒިއުމަރ ޕްރައިސް އިންޑެކްސް (ސީޕީއައި) އުފުލުނީ މިދިޔަ އޮކްޓޯބަރު މަހުއެވެ. އެ މަހު، ސީޕީއައި ވަނީ 11.1 ޕަސެންޓަށް އަރާފައެވެ. އޭގެ ފަހުން 10 އަކަށް ވުރެ އެ ޢަދަދު ދަށަކަށް ނުދެއެވެ. ނަމަވެސް އުފުލެމުންދާ ކާބޯތަކެއްޗާއި އެނޫންވެސް ދިރިއުޅުމުގެ ބިލްތަކުގެ އަގުތަކާ އެއްވަރަށް، މުސާރައެއް ބޮޑެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ދަ ލޯޑް އޮފް ދަ ރިންގްސް" ސީރީޒްއަކަށް ބަދަލު ކުރަނީ

"ދަ ލޯޑް އޮފް ދަ ރިންގްސް" ސީރީޒްއަކަށް ބަދަލު ކުރަނީ

07 ނޮވެމްބަރު 2017
މެޑޯނާ ޕޯޗުގަލްއަށް ދިރިއުޅުން ބަދަލުކޮށްފި

މެޑޯނާ ޕޯޗުގަލްއަށް ދިރިއުޅުން ބަދަލުކޮށްފި

04 ސެޕްޓެމްބަރު 2017
 "ބިގް ބޮސް" ލޯގޯއަށް ބަދަލުތަކެއް ގެނެސްފި

"ބިގް ބޮސް" ލޯގޯއަށް ބަދަލުތަކެއް ގެނެސްފި

01 އޯގަސްޓު 2017
ޕްރިންސެސް މަކޯ ލޯތްބަށްޓަކައި ޝާހީ ދިރިއުޅުން ދޫކޮށްލައްވަނީ

ޕްރިންސެސް މަކޯ ލޯތްބަށްޓަކައި ޝާހީ ދިރިއުޅުން ދޫކޮށްލައްވަނީ

20 މެއި 2017
ޔޫޓިއުބް ޗެނަލްތަކަށް އިސްތިހާރު ލެވޭ އުސޫލު ބަދަލުކޮށްފި

ޔޫޓިއުބް ޗެނަލްތަކަށް އިސްތިހާރު ލެވޭ އުސޫލު ބަދަލުކޮށްފި

08 އެޕްރީލު 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު