Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނު

ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމަށް އިނގިރޭސިވިލާތުން ނިންމައިފި

އެކަމާ ގުޅިގެން އިނގިރޭސިވިލާތުގެ ގިނަ ރައްޔިތުން ވެސް ކަންބޮޑުވުން ފާޅު ކުރަމުން އަންނަ މި ދަނޑިވަޅުގައި، މިއަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ އދ ގެ ބައްދަލުވުމުގައި ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައިގަންނަން ތައްޔާރު ކަމަށް ސްޓާމާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖުލައި 2025 | ބުދަ 05:25
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ

ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމަށް އިނގިރޭސި ވިލާތުން ނިންމާފައިވާކަން، އެ ޤައުމުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އިއުލާން ކުރައްވައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ސްޓާމާ ދެއްވި ތަޤުރީރެއްގައި ވިދާޅުވެފައި ވަނީ، ޣައްޒާގެ ރައްޔިތުންނާއި ކުޑަ ކުދިން ބަނޑުހައި ހޫނު ކަމުގެ ހިތްދަތިކަން ތަހަންމަލު ކުރަމުންދާ މަންޒަރު ބަލައިގަންނަން އުނދަގޫ ކަމަށެވެ. އަދި އެކަމާ ގުޅިގެން އިނގިރޭސިވިލާތުގެ ގިނަ ރައްޔިތުން ވެސް ކަންބޮޑުވުން ފާޅު ކުރަމުން އަންނަ މި ދަނޑިވަޅުގައި، މިއަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ އދ ގެ ބައްދަލުވުމުގައި ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައިގަންނަން ތައްޔާރު ކަމަށް ސްޓާމާ ވިދާޅުވި އެވެ. 

ސްޓާމާ މިކަން އިއުލާން ކުރެއްވުމުގެ ކުރިން ވަނީ ސްކޮޓްލެންޑުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފަ އެވެ. މި ދެ ބޭފުޅުންގެ މަޝްވަރާގައި އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ އާއި، ޣައްޒާގެ ރައްޔިތުންނަށް މިވަގުތު ކުރިމަތިވެފައިވާ އިންސާނީ ކާރިސާއާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ. 

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، އިނގިރޭސިވިލާތުން ފަލަސްޠީނުގެ ދައުލަތް ބަލައި ގަތުމުގައި އެމެރިކާ އިން އެއްވެސް އިއުތިރާޒެއް ނުކުރާ ކަމަށް އެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. 

މީގެ އިތުރުން ޣައްޒާ އަށް އިތުރު އިންސާނީ އެހީީ އެތެރެ ކުރުމަށް އިސްރާއީލް އިން ހުއްދަ ދިނުމާއިި، ވެސްޓް ބޭންކު އެނެކްސް ނުކުރާނެ ކަމުގެ ޔަގީންކަން ދިނުމުގެ އިތުރުން، ދެ ދައުލަތުގެ ޙައްލަކަށް އެއްބަސްވުމަށް ވެސް ވަނީ ގޮވާލައްވައިފަ އެވެ. 

ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމަށް އިނގިރޭސިވިލާތުން ނިންމާފައިވާއިރު، އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ލާއިންސާނީ އުދުވާންތަކުގައި މިހާތަނަށް ވަނީ 60،000 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފަ އެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަ ކުދިން ގިނަ އަދަދަކަށް ހިމެނޭއިރު، އެހީ ބަހާ މަރުކަޒުތަކަށް ހަމަލާދީ އެތައް ބަޔަކު ޝަހީދު ކޮށްފައިވެ އެވެ. 

ސްޓާމާ ވިދާޅުވީ މިހާރު ޣައްޒާގައި އެހީގެ ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވާއިރު، ކުޑަ ކުދިން ބަނޑުހައި ހޫނުކަން ތަހަންމަލު ކުރަމުން އަންނަ ކަމަށެވެ. އަދި އެ ކުދިންނަށް ތެދުވެ ހިނގައި ބިނގާވެ ނޫޅެވޭ ޙާލަތަށް ގޮސްފައިވާ ކަމަށް ސްޓާމާ ވިދާޅުވެފައިވެ އެވެ. 

ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން އިނގިރޭސިވިލާތުން ނިންމުމާ އެކު، އިސްރާއީލް އިން ވަނީ އެކަމާ ނުރުހުން ފާޅު ކޮށްފަ އެވެ. އެގޮތުން އިސްރާއީލްގެ ފޮރިން މިނިސްޓަރު ވިދާޅުވެފައި ވަނީ، އިނގިރޭސިވިލާތުގެ އެ ނިންމުމަކީ ހަމާސް ޖަމާއަތަށް ލިބުނު އިނާމެއް ކަމަށެވެ. އަދި އެއީ ހަނގުރާމަ ހުއްޓާލުމަށް ކުރަމުން އަންނަ މަސައްކަތައް ހުރަސް އެޅޭނެ ކަމެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

އިސްރާއީލްގެ އަމަލުތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމައުގެ ނުރުހުން އެ ޤައުމަށް އިންތިހާ އަށް އަމާޒުވެފައިވާއިރު، މި ފަހުން އިސްރާއީލް އިން ވަނީ ޣައްޒާ އަަށް އެހީ ފޯރުކޮށްދިނުމަށް ލުއިތަކެއް ދޭން ނިންމައިފަ އެވެ. ނަމަވެސް، އެކަމާ ގުޅިގެން އދ ގެ ވޯލްޑް ފުޑް ޕްރޮގްރާމް އިން ބުނެފައި ވަނީ، އެކަށީގެންވާ މިންވަރަށް އެހީ ފޯރުކޮށްދިނުމުގެ ހުއްދަ އަދި ވެސް ނުލިބޭ ކަމަށެވެ. 

ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމަށް އިނގިރޭސިވިލާތުން ނިންމައި، އެކަން އިއުލާން ކޮށްފައިވާއިރު، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވަނީ އެ ޤައުމުން ވެސް ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އިތުރަށް ކިޔާލަން

24 މާރިޗު 2017

ހުސްނީ މުބާރަކް މިނިވަން ކޮށްފި

24 މާރިޗު 2017
ހުސްނީ މުބާރަކް މިނިވަން ކޮށްފި
14 މާރިޗު 2017

ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ

14 މާރިޗު 2017
ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ
05 މާރިޗު 2017

ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި

05 މާރިޗު 2017
ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި
28 ފެބުރުއަރީ 2017

ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

28 ފެބުރުއަރީ 2017
ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް
22 ފެބުރުއަރީ 2017

އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން

22 ފެބުރުއަރީ 2017
އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު