Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއިންޑިއާ-ޔޫކޭ ގުޅުން

ސްޓާމަރ އާއި މޯދީ 6 ބިލިއަން ޕައުންޑުގެ އިންޑިއާ-ޔޫކޭ ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއި ކުރައްވައިފި

24 ޖުލައި 2025 | ބުރާސްފަތި 15:46

އިޤްތިޞާދީ ގޮތުން ކުރިއެރުމަށް މަގުފަހިކުރާ، އިންޑިއާ-ޔޫކޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ދެ ޤައުމުގެ ބޮޑުވަޒީރުން ސޮއިކުރައްވައިފި. މި އެއްބަސްވުމުގެ ސަބަބުން އިންޑިއާގެ އެކްސްޕޯޓުތައް އަގުހެޔޮވެ، ޔޫކޭގެ އިޤްތިޞާދަށް އަހަރަކު 4.8 ބިލިއަން ޕައުންޑުގެ ކުރިއެރުމެއް ލިބޭނެކަމަށް ލަފާކުރެވޭ.

ރާއްޖެ އެމްވީ | 24 ޖުލައި 2025 | ބުރާސްފަތި 15:46
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރ ސްޓާމަރ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެ ގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ފަހު ސަލާން ކުރައްވަނީ - ޖުލައި 24، 2025

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރ ސްޓާމަރ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެ ގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ފަހު ސަލާން ކުރައްވަނީ - ޖުލައި 24، 2025

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ސަރ ކީރ ސްޓާމަރ އެތައް ބިލިއަން ޕައުންޑުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއި ކުރައްވައިފި އެވެ.

މި އެއްބަސްވުމުގެ ދަށުން އިނގިރޭސި ވިލާތުގައި އުފައްދާ ކާރު ފަދަ ބާވަތްތަކުގެ އެކްސްޕޯޓު އަގުހެޔޮވެ، އަދި އިންޑިއާގެ ފޮއްޗާއި ޖަވާހިރު ފަދަ ބާވަތްތައް ޔޫކޭ އަށް އެކްސްޕޯޓު ކުރުން އަގުހެޔޮވާނެއެވެ.

މި އެއްބަސްވުމަށް ވާސިލުވުމަށް 3 އަހަރުގެ މުއްދަތެއް ހޭދަވެފައި ވެއެވެ.

މީގެ އިތުރުން ގާނޫނާ ޚިލާފަށް ހިޖުރަ ކުރާ މީހުންނާ މެދު އަމަލު ކުރާނެ ގޮތުގެ އިންޑިއާ-ޔޫކޭ އާ ޕްލޭނެއް ގައި ވެސް ދެ ގައުމުން ސޮއި ކުރެވުނެވެ.

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުގެ ގެކޮޅު ޗެކާޒް ގައި ބޭއްވުނު ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަރ ކީރ ވިދާޅުވީ ޔޫކޭ-އިންޑިއާ އެއްބަސްވުމަކީ ބްރެކްސިޓަށް ފަހު އިނގިރޭސިވިލާތުން ހަދާފައިވާ "އެންމެ ބޮޑު އަދި އިޤްތިޞާދީ ގޮތުން އެންމެ މުހިންމު" ވިޔަފާރީގެ އެއްބަސްވުން ކަމަށެވެ.

"ޔޫކޭ އިން މިފަދަ އެއްބަސްވުމަކަށް އައުމަށް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރަމުން އައީ، ނަމަވެސް މި ސަރުކާރުން މިކަން މި ފުރިހަމަ ކުރީ، އަދި މިއާއެކު، އަޅުގަނޑުމެން ވަރަށް ވަރުގަދަ މެސެޖެއް މި ފޮނުވަނީ އިނގިރޭސި ވިލާތަކީ ވިޔަފާރި އަށް ހުޅުވިފައިވާ ޤައުމެއް ކަމަށް، އަދި މިހާރުވެސް މިކަމުން ވަރަށް ބޮޑު އިތުބާރެއް އުފެދެމުންދޭ."

އިންޑިއާގެ ކުންފުނިތަކުން ޔޫކޭގައި އެ ކުންފުނިތަކުގެ މަސައްކަތްތައް ފުޅާކުރުމާއި، ބްރިޓިޝް ކުންފުނި ތަކަށް އިންޑިއާ ގައި އައު ވިޔަފާރީގެ ފުރުޞަތުތައް ލިބުމާ ގުޅިގެން މި އެއްބަސްވުމުން 2,200 އަށްވުރެ ގިނަ ބްރިޓިޝް ވަޒީފާތައް ޤައުމުގެ އެކި ކަންކޮޅުތަކުގައި އުފެދޭނެ ކަމަށް ސަރ ކީރ ވިދާޅުވިއެވެ.

އަދި ސަރ ކީރ ވިދާޅުވީ އިންޑިއާ އަކީ އިނގިރޭސިވިލާތާއި "ތާރީޚާއި، އާއިލީ ގުޅުންތަކާއި، ސަގާފަތުގެ ޚާއްޞަ ގުޅުންތަކެއް" އޮތް ޤައުމެއް ކަމަށާއި، އެ ގުޅުން އިތުރަށް ބަދަހިކުރައްވަން ބޭނުންވާ ކަމަށެވެ.

މޯދީ މި އެއްބަސްވުމަށް ވިދާޅުވީ "ދެ ގައުމުގެ މުއްސަނދިކަން ހިއްސާކުރުމުގެ ބްލޫޕްރިންޓެއް" ކަމަށެވެ.

"އެއްކޮޅުން، އިންޑިއާގެ ފޮތި، ފައިވާން، ޖަވާހިރު، ސީފުޑް، އިންޖިނިއަރިންގ އުފެއްދުންތަކަށް ޔޫކޭގެ މާކެޓަށް ވަނުމުގެ ފުރުޞަތު ރަނގަޅުވެގެންދާނެ...

"އަނެއްކޮޅުން، އިންޑިއާގެ ރައްޔިތުންނަށާއި ޞިނާޢަތްތަކަށް ޔޫކޭ ގައި އުފައްދާ ތަކެތި، މިސާލަކަށް މެޑިކަލް ޑިވައިސްތަކާއި އެއަރޯސްޕޭސް ބައިތައް، އަތްފޯރާފަށުގައި އަދި ގަބޫލުކުރެވޭ އަގުތަކެއްގައި ލިބޭނެ."

އިނގިރޭސި ސަރުކާރުން ބުނާ ގޮތުގައި މޭ މަހު އިޢުލާނު ކުރެވުނު މި އެއްބަސްވުމުން - އެތައް އަހަރެއްގެ މަޝްވަރާތަކަކަށް ފަހު - އަހަރަކު 4.8 ބިލިއަން ޕައުންޑުން އިނގިރޭސިވިލާތުގެ އިޤްތިޞާދު ކުރިއަރާނެއެވެ.

މި އެއްބަސްވުމަށް އިންޑިއާގެ ކެބިނެޓުން މި ހަފްތާގެ ކުރީކޮޅު ހުއްދަ ދީފައިވީ ނަމަވެސް، އަދި އިނގިރޭސި ވިލާތުގެ ޕާލިމެންޓުން ފާސްކޮށްފައެއް ނުވެއެވެ. އަދި މި އެއްބަސްވުން ޢަމަލީ ސިފަ ގެންނަން މަދުވެގެން އަހަރެއްވަރު ނަގާނެ ކަމަށް ލަފާކުރެވެއެވެ.

އިނގިރޭސި ވިލާތުން މިހާރުވެސް އިންޑިއާ އިން 11 ބިލިއަން ޕައުންޑުގެ މުދާ އިމްޕޯޓުކުރެއެވެ. ނަމަވެސް އެއްބަސްވެވުނު ދަށް ޓެރިފްތަކުގެ ސަބަބުން އިންޑިއާގެ އެކްސްޕޯޓުތައް އަގުހެޔޮ ވެގެން ދާނެއެވެ.

އަދި އިންޑިއާގެ މެނުފެކްޗަރަރުންނަށް އިނގިރޭސި މާކެޓަށް އިލެކްޓްރިކް އަދި ހައިބްރިޑް ވެހިކަލްތައް ތައާރުފް ކުރުމުގެ ފުރުޞަތު ލިބޭނެ ކަމަށް ވެސް ބެލެވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

13 މާރިޗު 2017

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
11 މާރިޗު 2017

ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި

11 މާރިޗު 2017
ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި
04 މާރިޗު 2017

ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

04 މާރިޗު 2017
 ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ
16 ފެބުރުއަރީ 2017

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017
ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
06 ފެބުރުއަރީ 2017

އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ

06 ފެބުރުއަރީ 2017
 އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ
04 ފެބުރުއަރީ 2017

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

04 ފެބުރުއަރީ 2017
ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ
01 ފެބުރުއަރީ 2017

މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

01 ފެބުރުއަރީ 2017
މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް