Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލައިސަންސް

އޮންލައިންކޮށް ލައިސަންސް އަށް އެދުމުގެ ކަންތައްތައް ދަނީ ރަނގަޅަށް، ތަރުހީބު ބޮޑު

ކުރިއަތް އޮތްނުގައި އޮންލައިންކޮށް އެއްގަމާއި ކަނޑުގެ ލައިސަންސަށް ވެސް އެދެވޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 4 މާރިޗު 2023 | ހޮނިހިރު 07:19
މާލޭގެ މަގުމަތި

މާލޭގެ މަގުމަތި

އޮންލައިންކޮށް ލައިސަންސް އަށް އެދުމުގެ ކަންތައްތައް ދަނީ ރަނގަޅަށްކަމަށާ އެކަމަށް އާންމުންގެ ތަރުހީބު ބޮޑު ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް ފެށިގެން އައިރު ގޮންޖެހުންތަކާއި ކުރިމަތިވިނަމަވެސް މިހާރު ޕްރޮސެސް ކުރިއަށްދަނީ ވަރަށް ރަނގަޅަށް ކަމަށެވެ.

Advertisement - newsAdvertisement

މިއީ ޑިޖިޓަލައިޒޭޝަންގެ ތެރެއިން ގެނެވޭ ފުރަތަމަ ހިދުމަތްކަން ފާހަގަކޮށް އެ މިނިސްޓްރީން ބުނީ ކުރިއަތް އޮތްނުގައި އޮންލައިންކޮށް އެއްގަމާއި ކަނޑުގެ ލައިސަންސަށް ވެސް އެދެވޭނެ ކަމަށެވެ. އަދި މިނިސްޓްރީގެ މަޤްސަދަކީ ހިދުމަތްތައް ޑިޖިޓަލައިޒްކުރުން ކަމަށް ވެސް ބުނެފައި ވެއެވެ.

މިނިސްޓްރީން ބުނީ ދުއްވުމުގެ ޓެސްޓް ބަރާބަރަށް ކުރިއަށްދާ ކަމަށާއި ތިއަރީ ޓެސްޓް ނުހެދި ހުރި އެއްވެސް މީހަކު ނެތް ކަމަށެވެ. އަދި އެޕްލިކޭޝަންގެ ފަސޭހަތައް ފެންނަން ފަށައިފި ކަމަށެވެ.

މިދިޔަ މަހުގެ ފުރަތަމަ ހަފްތާގައި އޮންލައިން އެޕްލިކޭޝަން ބޭނުންކުރަން ފަށާފައިވާއިރު އަލަށް ލައިސަންސް ނަގާ މީހުންhttps://sims.transport.gov.mv/login އަށް އަޕްލޯޑް ކުރަން ޖެހެނީ ފޮޓޯ ގަނޑާއި އެޕްލިކޭޝާން ފޯމެވެ. އަދި ޕްރޮސެސް ފީ ދެއްކުމުން ތިއަރީ ޓެސްޓް ކިއުއަށް އެމީހަކު ދާނެއެވެ. ޓެސްޓް ހަދާ ނިމުމުން ނަތީޖާ އޮންލައިންކޮށް ފެންނާނެއެވެ. އެއަށްފަހު އެޕްލިކޭޝަން މެދުވެރިކޮށް ޑިޖިޓަލްކޮށް ލައިސަންސް ކާޑު ފެންނަން ހުންނާނެއެވެ.

މިނިސްޓްރީން ބުނީ މި ހިދުމަތުގެ ސަބަބުން އާންމުންނަށް ލުއިތައް ލިބިގެންދާއިރު މިނިސްޓްރީއަށް ބައެއް ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ. އެގޮތުން ޑިވަލޮޕަރުން ގެ ގޮތުގައި މަސައްކަތް ކުރާނެ އެކަށީގެންވާ މުވައްޒަފުން ނުލިބުމާއި ބަޖެޓްގެ ދަތިކަން އެބަހުރިކަމަށެވެ.

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ޑިޖިޓަލައިޒްކޮށް އެ ޚިދުމަތް މިނިސްޓްރީން ތައާރަފުކޮށްފައިވާއިރު މި ބަދަލާއެކު މިހާރު އީފާސް ޕޯޓަލް އަދި ޕޮލިސް ޕޯޓަލް މެދުވެރިކޮށް ލައިސަންސް ބަލާލެވޭނެއެވެ. މީގެ އިތުރުން ލައިސަންސް ކާޑު ޕޭޖުން ފެންނާނެ ކަމަށާއި ކާޑާއެކު އަރާ ކިއުއާރު ކޯޑު ސްކޭން ކޮށްލުމުން ލައިސެންސްގެ ހުރިހާ ތަފްސީލެއް ލިބެން ހުންނާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނެއެވެ. ފިޒިކަލް ލައިސަންސް ކާޑު ނެތަސް ފުލުހުންގެ މޯބައިލް އެޕް "ޕޮލިސް އެމްވީ" އިން ފެންނަ ޑިޖިޓަލް ލައިސަންސް ބަލައި ގަންނާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު