Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑޮނޭޝިއާ

އިންޑޮނޭޝިއާގެ ތެޔޮ ގުދަނެއްގައި ރޯވެ، 16 މީހަކު މަރުވެއްޖެ

4 މާރިޗު 2023 | ހޮނިހިރު 03:16

މި ހާދިސާގައި 17 މީހަކު މަރުވެފައިވޭ

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 4 މާރިޗު 2023 | ހޮނިހިރު 03:16
އިންޑޮނޭޝިއާގެ ތެޔޮގުދަނެއްގައި އަލިފާން ރޯވުން

އިންޑޮނޭޝިއާގެ ތެޔޮގުދަނެއްގައި އަލިފާން ރޯވުން

އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގެ ތެޔޮ ގުދަނެއްގައި ރޯވެ، މަދުވެގެން 17 މީހުން މަރުވެ ގިނަ ބަޔަކަށް އަނިޔާވެއްޖެއެެވެ.

އުތުރު ޖަކާޓާގެ ބައިބޯ ސަރަހައްދެއްކަމަށްވާ ޓަނާ މެރާ ސަރަހައްދުގައި ހުކުރު ދުވަހުގެ ރޭ މި ހާދިސާ ހިނގީ ސަރުކާރުގެ ތެޔޮ ކުންފުނި، ޕާޓްރަމީނާގެ ގުދަނެއްގައެވެ. އަދި މި އަލިފާން ކޮންޓްރޯލްކުރުމަށްޓަކައި މަދުވެގެން 260 ފަޔަރފައިޓަރުންނާއި 52 ފަޔަރ ވެހިކަލް ބޭނުންކޮށްފައި ވާކަމަށް، އޮފިޝަލުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.

ޖަކާޓާގެ ފަޔަރ އެންޑް ރެސްކިއު ޑިޕާޓްމަންޓްގެ ވެރިޔާ ސަޓްރިއާޑީ ގުނަވާން ވިދާޅުވީ، އެ ތަނުގެ ކައިރީގައި ދިރިއުޅޭ މީހުން ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައިވާކަމަށެވެ. އޭނާ ވިދާޅުވީ އަލިފާނާއެކު ގިނަ ގޮވުންތަކެއް ގޮވައި އެ ތަނުގެ ކައިރީގައި ދިރިއުޅޭ މީހުންގެ ގެތަކުގައި ވަނީ ވަރަށް އަވަހަށް ހުޅު ހިފާފައި ކަމަށެވެ.

ކުޑަ ދެ ކުއްޖަކު ހިމެނޭހެން 17 މީހަކު މަރުވެފައިވާ ކަމަށާއި، 50 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ވަނީ ވަރަށް ބޮޑަށް ފިހިފައި ކަމަށްވެސް ވިދާޅުވިއެވެ.

ތަހުގީގަށް މިހާތަނަށް ހޯދިފައިވާ ގޮތުގައި އަލިފާން ރޯވީ ބޯކޮށް ވާރޭ ވެހުމުގެ ތެރޭގައި ހޮޅިއެއް ފަޅައިގެން ދިއުމުން ކަމަށާއި، އެއީ ހޮނު އެޅުމުގެ ސަބަބުން ކަމަށް ވެދާނެކަމަށް، ޕާޓްރަމީނާގެ ސަރަހައްދީ މެނޭޖަރު އީކޯ ކްރިސްޓިއަވަން ވިދާޅުވެއެވެ.

އިތުރަށް އޭނާ ވިދާޅުވީ ރޯވި ސްޓޭޝަނުން އިންޑޮނޭޝިއާއަށް ބޭނުންވާ ތެލުގެ 25 ޕަސެންޓް ފޯރުކޮށްދެމުން ދިޔަނަމަވެސް، އަލިފާނުގެ ހާދިސާގެ ސަބަބުން އެގައުމުގެ ތެޔޮ ސަޕްލައިއަށް ބުރޫ ނާރާނެކަމަށެވެ.

އިންޑޮނޭޝިއާގެ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކަނޑައަޅާފައި ހުންނަވާ ވަޒީރު، އެރިކް ތޯހިރު ވަނީ، މަރުވި މީހުންނާއި އެ މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، ހާދިސާ ފުރިހަމައަށް ތަހުގީގުކޮށް، އަވަހަށް އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް އެހީތެރިވުމަށް ޕާޓްރަމީނާއަށް އަމުރު ކުރައްވާފައެވެ.

އިންޑޮނޭޝިއާގެ އެނާޖީ މިނިސްޓްރީން ބުނާގޮތުގައި، އަނދައިގެން ދިޔަ ތެޔޮ ގުދަނުގައި 300،000 ކިލޯލީޓަރަށްވުރެ ބޮޑު ކެޕޭސިޓީއެއް ހުރެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

02 މާރިޗު 2017

މެލްބަންގެ ފެކްޓަރީއެއްގައި ރޯވެ ތިން މީހުން މަރުވެއްޖެ

02 މާރިޗު 2017
މެލްބަންގެ ފެކްޓަރީއެއްގައި ރޯވެ ތިން މީހުން މަރުވެއްޖެ
20 ފެބުރުއަރީ 2017

އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ

20 ފެބުރުއަރީ 2017
އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ
16 ފެބުރުއަރީ 2017

ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

16 ފެބުރުއަރީ 2017
ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
14 ޖެނުއަރީ 2017

އެލްސަލްވަޑޯގައި މީހަކު ނުމަރާ 24 ގަޑިއިރު

14 ޖެނުއަރީ 2017
އެލްސަލްވަޑޯގައި މީހަކު ނުމަރާ 24 ގަޑިއިރު
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް