Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭ ސިޓީ ކައުންސިލް

އިއުލާން ނުކޮށް، ބިޑުނުކޮށް، ކޮމިޓީ ތެރެއިން ކަންކަން ކުރަން ކައުންސިލުން މަސައްކަތްކުރޭ: ނަހުލާ

ކުރިއަށް އޮތްތަނުގައި ވެސް އެ ޒާތުގެ ގޮތް ނޭނގޭ އިތުރު ކަންކަން ހިނގުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 4 މާރިޗު 2023 | ހޮނިހިރު 02:51
ވިލިމާލޭ ކައުންސިލް މެމްބަރު ނަހުލާ އަލީ

ވިލިމާލޭ ކައުންސިލް މެމްބަރު ނަހުލާ އަލީ

މާލޭ ސިޓީ ކައުންސިލުން، އިއުލާން ނުކޮށް އަދި ބިޑުނުކޮށް، ކޮމިޓީ ތެރެއިން ކަންކަން ކުރަން މަސައްކަތް ކުރާކަމަށް، ވިލިމާލޭ ދާއިރާގެ ކައުންސިލް މެމްބަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.

ނަހުލާ މިފަދައިން ވިދާޅުވީ، އޭނާއާމެދު މާލޭ ސިޓީ ކައުންސިލުން އަމަލު ކުރަމުން އަންނަ ގޮތްތައް ހާމަކުރައްވައި ހުކުރު ދުވަހު ނެރުއްވި ބަޔާނުގައެވެ. މި ބަޔާނުގައި އޭނާ ވިދާޅުވީ، ގާނޫނުން، ކައުންސިލަށް އަހަރަކު ދެ ފަހަރު ބޭއްވުމަށް ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ފުރަތަމަ ބައްދަލުވުމުގައި، ވިލިމާލެއާ ގުޅިގެން ދާއިރާގެ ކައުންސިލަރާ ކުރެވުނު ސުވާލުތަކަށް ޖަވާބު ދެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގަތުމުން ވެސް އެ ފުރުސަތު ދީފައި ނުވާކަމަށެވެ.

ނަހުލާ ވިދާޅުވީ އެފަދަ ބައްދަލުވުންތަކަކީ މައުލޫމާތު ފޯރުކޮށްދިނުމާއި ރައްޔިތުންނަށް ޖަވާބުދާރީވާން ކައުންސިލުން ބާއްވަން ޖެހޭ ބައްދަލުވުމަކަށްވާއިރު، ރައްޔިތުން ކުރާ ސުވާލަށް އެއްވެސް ކައުންސިލަރަކަށް ޖަވާބު ނުދެވޭނެ ފަދަ ހަރުކަށި އުސޫލެއް އޮވެގެން ނުވާނެ ކަމަށެވެ. އަދި ވިލިމާލެއާ ގުޅިގެން ސުވާލު ކުރިއިރު، ވާހަކަދައްކަވަމުން ގެންދަވަނިކޮށް ގަސްތުގައި އަޑު ކަނޑާލާފައިވާކަމަށާއި، ރައްޔިތުން ކުރި ބައެއް ސުވާލަށް ކަމުގެ ހަގީގަތް އޮޅޭގޮތަށް ޖަވާބު ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުން ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ދިން ޖަވާބުތައް ފާހަގަކުރައްވައި ނަހުލާ ވިދާޅުވީ، ޝީޝިއާ ރެސްޓޯރެންޓް ހުރި ބިމުގެ މުއްދަތު އިތުރުކުރީ އުސޫލުގެ ތެރެއިން ކަމަށް ކައުންސިލުން ބުނިނަމަވެސް، އެ މުއްދަތު އިތުރުކޮށްފައިވަނީ އިއުލާނު ކުރެވިގެން، ބިޑުކުރުމަކާނުލައި ކަމަށެވެ. ވިލިމާލޭގެ ލޭންޑް ޔޫސް ޕްލޭނެއް އޮންނައިރު، ވަކި ބިމެއްގައި ވަކި ކަމެއް ކުރުމަށް ކަނޑައަޅައި ކައުންސިލްގެ ތަޅުމަށް ގެންނަންޖެހޭއިރު، ޝީޝިއާ ބިމުގެ މައްސަލަ ކައުންސިލުގެ ރަސްމީ ބައްދަލުވުމަށް ހުށަހަޅާފައި ނުވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނަހުލާ ވިދާޅުވީ މިދިޔަ އަހަރުގެ ބޮޑު އީދަށް ވިލިމާލޭގައި ފާޚާނާ ބަރިއެއް އެޅުމަށް ބޭނުންވާކަމަށް އޭނާ ހުށަހެޅުމުން، އެކަން ކުރަން ބަޖެޓު ނެތްކަމަށް ބުނެ، ކައުންސިލުން އެ ފާޚާނާ ބަރި އެޅުމަށް އެއްބަސްވެ ޝިޝީއާ ރެސްޓޯރެންޓް ހުރި ބިމުގެ މުއްދަތު ބިޑު ކުރުމަކާނުލައި އަވަސް އަރުވާލައިގެން އިތުރުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ވިލިމާލެއިން ރެޑްވޭވަށް ބިމެއް ދީފައިވޭތޯޯ ރައްޔިތަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވީ، އެ މައްސަލަވެސް ކައުންސިލްގެ ރަސްމީ ޖަލްސާއަށް ހުށަހަޅާފައި ނުވާކަމަށެވެ. އަދި ރެޑްވޭވާއެކު އެއްބަސްވުމެއް ހެދިފައިވާކަން އޭނާއަށް އެނގިވަޑައިގެންފައިވަނީ މީގެ ތިން ދުވަސް ކުރިން މޭޔަރު ވިދާޅުވުމުން ކަމަށާއި، ނަމަވެސް ރެޑްވޭވަށް އެގްރީމެންޓް ހެދިފައިވާ ބިމުގެ ސީދާ ލޮކޭޝަން ކަނޑައަޅަން ކައުންސިލްގެ ތަޅުމަށް ހުށަހަޅާފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރެޑްވޭވަށް ބިމެއް ދޭން ނިންމީ ނަހުލާއަށް އެނގިވަޑައިގަތުކާނުލައި، އޭނާގެ ބައިވެރިވުމެއް ނެތި ކަމަށާއި، އެއްބަސްވުން ފެނިވަޑައިގެންފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ ޕީޕީއެމުން އޭނާ ވަކިކުރުމަށްފަހު ކައުންސިލުގެ ވިލިމާލެ ކޮމިޓީގެ މުގައްރިރުކަމުން އޭނާ ވަކިކޮށްފައިވަނީ ވެސް އުސޫލުން ބޭރުން ކަމަށާއި، އޭނާ ވަކިކުރީ އެ ކޮމިޓީ ބޭނުން ގޮތަކަށް އެކުލަވާލައި ކޮމިޓީގެ ތެރެއިން ދާއިރާގެ ކައުންސިލަރަށް ނާންގައި އުސޫލުން ބޭރުން ކަންކަން ނިންމުމަށް ކަމަށެވެ. އަދި ކައުންސިލްގެ ރަސްމީ ޖަލްސާތަކަކީ ލައިވްކުރާ ޖަލްސާތަކެއް ކަމުން، އެ ޖަލްސާއަށް ހުށަނާޅައި ބައެއް ކަންކަން ހިތުހުރި ގޮތަކަށް ނިންމުމަށް ކޮމިޓީއަށް ހުށަހަޅާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެ ކޮމިޓީގެ ތެރެއިން، އިއުލާން ނުކޮށް، ބިޑު ނުކޮށް ކަންކަން ކުރަން މަސައްކަތްކުރާކަން ފާހަގަކުރައްވައި ނަހުލާ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ވެސް އެ ޒާތުގެ ގޮތް ނޭނގޭ އިތުރު ކަންކަން ހިނގާނެކަމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ނަހުލާ ނެރުއްވި މިބަޔާނާ ގުޅޭގޮތުން، "ރާއްޖެޓީވީ"ން ސިޓީ ކައުންސިލާ ސުވާލު ކުރުމުން އެ ކައުންސިލުން ބުނީ، ބަޔާން ދިރާސާ ކުރަމުން އަންނަކަމަށާއި އެއަށްފަހު ރަސްމީ ޖަވާބެއް ދޭނެކަމަށެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު