Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރެމިއާ ލީގް

ސައޫދީން ނިއުކާސަލް ގަތް މައްސަލަ އަލުން ބަލަން ގޮވާލައިފި

ނިއުކާސަލް ހިންގުމުގައި ސައޫދީ ސަރުކާރުގެ ބައިވެރިވުން ނެތްކަން ކަށަވަރުކުރަން ވަނީ ގޮވާލާގައި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 2 މާރިޗު 2023 | ބުރާސްފަތި 11:04
ނިއުކާސަލްގެ ޗެއާމަން ރުމައްޔަން (ކ)، ވެމްބްލީ ސްޓޭޑިއަމްގައި ޔުނައިޓެޑްގެ މެޗެއް ބަލަނީ

ނިއުކާސަލްގެ ޗެއާމަން ރުމައްޔަން (ކ)، ވެމްބްލީ ސްޓޭޑިއަމްގައި ޔުނައިޓެޑްގެ މެޗެއް ބަލަނީ

ސައުދީ އަރަބިއްޔާގެ ވިޔަފާރިން އިނގިރޭސި ކުލަބު ނިއުކާސަލް ގަނެފައިވާއިރު، މި ވިޔަފާރީގައި ސައޫދީ ސަރުކާރުގެ ބައިވެރިވުމެއް ނެތްކަން ކަށަވަރުކުރުމަށް އެމްނެސްޓީ އިންޓަނޭޝަނަލްއިން އަނެއްކާވެސް ގޮވާލައިފިއެވެ.

ނިއުކާސަލްގެ ޗެއާމަނަކީ ސައޫދީ އަރަބިއްޔާގެ ވިޔަފާރިވެރިޔާ އަދި މަހުޖަނު ޔާސިރު އައްރުމައްޔަންއެވެ. އޭނާއަކީ ނިއުކާސަލް ގަތް ކުންފުނި ޕަބްލިކް އިންވެސްޓްމަންޓް ފަންޑާއި ސައޫދީ އަރަބިއްޔާގެ ސްވޮރިން ވެލްތު ފަންޑުގެ ގަވަރުނަރެވެ. މިއާއެކު މިހާރު އުފެދިގެން އުޅޭ ސުވާލަކީ; ނިއުކާސަލް ހިންގުމުގައި ސައޫދީ ސަރުކާރުގެ ސީދާ ބައިވެރިވުން އޮތް ކަމުގެ ތުހުމަތެވެ.

ސައޫދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން ނިއުކާސަލް ގަތުމަށް ހުށަހެޅި ބިޑް ޕްރެމިއާ ލީގުން ގަބޫލުކުރީ ސަރުކާރުގެ ބައިވެރިވުން ނޯންނާނެކަމުގެ ޔަގީންކަން ދިނުމުންނެވެ. އަދި އެފަދަ ކަމެއް ހިނގައިފިނަމަ މި އެއްބަސްވުން ރޫޅާލާނެ ކަމުގެ ޔަގީންކަންވެސް އިނގިރޭސި ޕްރެމިއާ ލީގުގެ ފަރާތުން ލީގުގެ ޗީފް އެގްޒެކެޓިވް ރިޗަޑް މާސްޓާސް ދީފައިވެއެވެ.

ނަމަވެސް ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން މިކަމާމެދު އަދި ވަކިއެއްޗެއް ނުބުނެ އެވެ.

ނިއުކާސަލް ގަތުމުގެ ބިޑް ޕްރެމިއާ ލީގުން ފުރަތަމަ ގަބޫލުނުކޮށް ދޫކޮށްލިއެވެ. އެއީ ސައޫދީ ވަލީއަހުދު ޕްރިންސް މުހައްމަދުގެ ބައިވެރިވުމެއް އޮތުމުންނެވެ.

ނިއުކާސަލްގެ މައްސަލަ އަލުން ފެންމަތިވީ މެންޗެސްޓާ ޔުނައިޓެޑް ގަތުމަށް ގަތަރުގެ ސަރުކާރާ ގާތް ގުޅުމެއް އޮންނަ ފަރާތަކުން ބިޑްކުރުމާއެކުގައެވެ.

ނިއުކާސަލް ޔުނައިޓެޑްޕްރިމިއަރ ލީގު

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު