Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް އަޣުލަބިއްޔަތު

ރައީސް ޔާމީނަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލިއްޖެ: ގުޅިފައިވާ ޕާޓީތައް

3 ޖުލައި 2017 | ހޯމަ 07:16

45 މެމްބަރުންގެ ސޮޔާއެކު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދައިފި

ރާއްޖެ އެމްވީ | 3 ޖުލައި 2017 | ހޯމަ 07:16
ރައީސް ޔާމީން

ރައީސް ޔާމީން

ރައީސް ޔާމީނަށް ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ގެއްލިއްޖެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅިގެން ހޯމަ ދުވަހު ގުޅިފައިވާ ޕާޓީތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 3 ޖުލައި 2017 ވީ ހޯމަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ 45 މެންބަރުން ސޮއިކުރައްވާ މަޖިލީހުގެ ތަނަވަސް އަޣުލަބިއްޔަތާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމާއެކު ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ރައީސް ޔާމީނަށް ގެއްލިއްޖެ ކަމަށެވެ.

Advertisement - newsAdvertisement

ގުޅިފައިވާ ޕާޓީތަކުގެ ބަޔާނުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ މުސްތަޤިއްލު މުއައްސަސާތަކާ، ޝަރީއަތް ހިންގަވާ އެންމެހާ ފަރާތްތަކާއި، ރާއްޖޭގެ ދިފާއީ އެންމެހާ ބާރުތަކާއި، އަދި ދިވެހިރާއްޖޭގެ ތައްރައްޤީގެ ބައިވެރިން ކަމުގައިވާ ބޭރުގެ އެންމެހާ ފަރާތްތަކުގެ ކިބައިން ރައްޔަތުންގެ ނިންމުމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ނިންމުމަށް އިޙްތިރާމް ކުރެއްވުމަށް އެދޭ ކަމަށެވެ.

"ދިވެހިރާއްޖޭގެ މުސްތަޤިއްލު މުއައްސަސާތަކާ، ޝަރީއަތް ހިންގަވާ އެންމެހާ ފަރާތްތަކާއި، ރާއްޖޭގެ ދިފާއީ އެންމެހާ ބާރުތަކާއި، އަދި ދިވެހިރާއްޖޭގެ ތައްރައްޤީގެ ބައިވެރިން ކަމުގައިވާ ބޭރުގެ އެންމެހާ ފަރާތްތަކުގެ ކިބައިން އަޅުގަނޑުމެން އެދެނީ ރައްޔަތުންގެ ނިންމުމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ނިންމުމަށް އިޙްތިރާމް ކުރެއްވުމަށެވެ" ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނެރެފައިވާ ބަޔާނުގައި ވެއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ބަޔާނުގައި ބުނެފައިވަނީ އެ ޕާޓީތަކުން އެދެނީ ހުރިހާ ފަރާތަކުންވެސް 2018 ވަނަ އަހަރުގެ އިންތިޚާބަކީ ސިޔާސީ ޕާޓީތަކުން އިޚްތިޔާރުކުރާ ކެންޑިޑޭޓުންތަކަކަށް ވާދަކުރެވޭ މިނިވަން އިންސާފުވެރި އިންތިޚާބެއްކަން ކަށަވަރުކުރަން ކުރަންޖެހޭ މަސައްކަތްތައް ކޮށްެދެއްވުމަށް އެދޭ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކުގެ މުސްތަޤިއްލުކަން ޤާއިމުކުރުމަށާއި، ޤާނޫނުއަސާސީއާ ޚިލާފަށް އަދި ޑިމޮކްރެޓިކް އުޞޫލުތަކާ ޚިލާފަށް ފާސްކޮށްފައިހުރި ޤާނޫނުތައް އިޞްލާޙުކުރުމަށާއި، އަދި ސިޔާސީ ސަބަބުތަކަށްޓަކައި ނުޙައްޤުން ހައްޔަރުކޮށް، ތަޙްޤީޤު ކުރަމުންދާ ނުވަތަ ދައުވާ އުފުލި ނުވަތަ ދައުވާ އުފުލުމުގެ މަގުމަތީގައިވާ މީހުންނާއި ޙުކުމްކޮށްފައިވާ މީހުން މިނިވަންކުރުމަށާއި؛ ފުލުހުންނާއި ސިފައިންގެ މަސައްކަތުގައި ސިޔާސީ ކުލަ ޖެހުނަ ނުދިނުމަށާއި އަދި ފަނޑިޔާރުންގެ ނިންމުންތަކަށް ސަރުކާރުގެ ނުފޫޒް ފޯރުވިޔަ ނުދިނުމުގެ މަސައްކަތް ކޮށްދެއްވުމަށް ކަމަށެވެ.

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވެފައިވާ މި ދަނޑިވަޅު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޤާނޫނީ ދައުރު ފުރިހަމައަށް އަދާކުރުމުގެ ފުރުސަތު މެންބަރުންނަށް ލިބިދިނުމަކީ މުހިންމުކަމެއް ކަމަށްވެސް ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޤާނޫނީ ދައުރު އަދާކުރުމަށް ޤާނޫނު ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ޤާނޫނާ ޚިލާފަށް އެއްވެސް ފަރާތަކުން މަސައްކަތްކުރުމުގެ ފުރުސަތު ނުދިނުމަށާއި، މެންބަރުންގެ މަސައްކަތްތައް ކުރުމުގައި ޤާނޫނީ އިމުގެތެރެއިން ވާގިވެރިވެދިނުމަށް ދިވެހި ފުލުހުންނާއި ސިފައިންނާއި އަދި ދައުލަތުގެ މުއައްސަސާތަކުގެ ކިބައިން އެދޭ ކަމަށްވެސް ބުނެފައިވެއެވެ.

ގުޅިފައިވާ ޕާޓީތަކުން ބުނެފައިވަނީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް.)ގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ.)ގެ ރައީސް މުޙަންމަދު ނަޝީދު އާއި ޖުމްހޫރީ ޕާޓީ (ޖޭ.ޕީ.)ގެ ލީޑަރ ޤާސިމް އިބްރާހިމް އާއި ޢަދާލަތު ޕާޓީ (އޭ.ޕީ.)ގެ ރައީސް އިމްރާން ޢަބްދުﷲ އިސްވެ ތިއްބަވައިގެން 24 މާޗް 2017 ދުވަހު ސޮއިކުރެއްވި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު ބޮއްސުންލައި، ސަރުކާރުގެ ތެރޭގައި ވައްކަމާއި، ކޮރަޕްޝަން އިންތިހާއަށް ބޮޑުވެ، މިނިވަން މުއައްސަސާތައް ސަރުކާރުގެ އިޝާރާތަށް މަސައްކަތްކުރަން ފަށައި، ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަނެ، ރައްޔިތުންނަށް އަނިޔާވެރިވެ، ދިރިއުޅުމުގެ އަގު އަތްނުފޯރާ ފަށަށް ދިއުމުން، ދިވެހި ރައްޔިތުން އިސްނަގައިގެން ގެންނަންބޭނުންވި ބަދަލުތައް ގެނައުމަށް އެހީތެރިވެދީ، ދިވެހި ރައްޔިތުންގެ އަޑު އަހައި، ދިވެހި ރައްޔިތުންގެ އިހްސާސްތަކާއި ވިންދާއެއްގޮތަށް، މި ހަތަރު ސިޔާސީ ޕާޓީން ގުޅިގެން މަސައްކަތްކުރުމަށް ކަމުގައެވެ.

ގުޅިފައިވާ ޕާޓީތަކުގެ ބަޔާނުގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ކޯލިޝަނެއްގެ ތެރެއިން ވެރިކަން ކުރުމުގެ މެންޑޭޓެއް ލިބިވަޑައިގަނެގެން ކަމަށާއި، އެކޯލިޝަން ރޫޅި ޖުމްހޫރީ ޕާޓީ އާއި ޢަދާލަތު ޕާޓީ އާއި އަދި ޚުދު އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕީ.ޕީ.އެމް. އިންވެސް އެމަނިކުފާނަށް ކުރައްވާފައިވާ ތާއީދު ވަނީ އަނބުރާ ގެންގޮސްފައި ކަމަށާއި، ނިމި ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުގައި، ރައީސް ޔާމީނު ތަމްސީލް ކުރެއްވި، އަދި އެމަނިކުފާނުގެ ފޮޓޯ ފުޅާއިއެކު ކެމްޕޭނަށް ނުކުމެވަޑައިގެންނެވި ޕީ.ޕީ.އެމްގެ ކެންޑިޑޭޓުންނަށް ލިބިވަޑައިގަތީ ޖުމްލަ ވޯޓުގެ %27 ކަންވެސް ފާހަގަ ކޮށްފައި ވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް