Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހިރާއްޖެއާއި ފަލަސްތީނުގެ ގުޅުން

ރާއްޖެއިން ފަލަސްޠީނަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރު އެ ޤައުމުގެ ރައީސަށް ފަތްކޮޅު އަރުވައިފި

މިއީ ދިވެހިރާއްޖޭގެ ފަރާތުން ސަފީރަކު ފަލަސްތީނުގެ ރައީސަކަށް ފަތްކޮޅު އެރުވި ފުރަތަމަ ފަހަރު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 2 މާރިޗު 2023 | ބުރާސްފަތި 02:24
ރާއްޖެއިން ފަލަސްތީނަށް ކަނޑައެޅުއްވި ސަފީރު އެ ޤައުމުގެ ރައީސަށް ފަތްކޮޅު އަރުވަނީ

ރާއްޖެއިން ފަލަސްތީނަށް ކަނޑައެޅުއްވި ސަފީރު އެ ޤައުމުގެ ރައީސަށް ފަތްކޮޅު އަރުވަނީ

ދިވެހިރާއްޖެއިން ފަލަސްތީނަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު، މުޙައްމަދު ޚަލީލް، އެ ޤައުމުގެ ރައީސް މަޙުމޫދު ޢައްބާސްއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އުރުދުންގައި ހުންނަ ފަލަސްޠީނުގެ އެމްބަސީގައި ބުދަ ދުވަހުއެވެ. މި ރަސްމިއްޔާތަށް ފަހު ބޭއްވި ބައްދަލުވުމުގައި ފަލަސްތީނުގެ ރައީސް، މަޙުމޫދު ޢައްބާސް ވަނީ ސަފީރު ޚަލީލަށް މަރުޙަބާ ވިދާޅުވެ އޭނާގެ ސަފީރުކަމުގެ ދައުރުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ.

ޚަލީލުގެ ވާހަކަފުޅުގައި އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަރާތްޕުޅުން ރައީސް ޢައްބާސްއަށާއި ފަލަސްޠީނުގެ ރައްޔިތުންނަށާއި ސަރުކާރަށް ވެދުމާއި މުބާރިކުބާދީ އަރިސްކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި ފަލަސްތީނުގެ އަޚުންނާއި އުޚްތުންގެ ދިފާޢުގައި ރައީސް ޞާލިޙުގެ ސަރުކާރާއި ދިވެހި ރައްޔިތުން އަބަދުވެސް ދެމިތިބޭނެ ކަމުގެ ޔަޤީންކަން ޚަލީލު އެރުއްވިއެވެ.

ފަލަސްތީނުގެ ހާލަތަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ހިތުގައިވެސް ހާއްސަ ކަމެއް ދެވިފައިވާ ހާލަތެއްކަން ފާހަގަކުރައްވައި، ޚަލީލު ވިދާޅުވީ 1967ގެ ކުރިން ކަނޑައަޅާފައިވާ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ އަދި އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ހަމަޖެހިފައިވާ އަމިއްލަ ސިޔާދަތެއް ލިބިފައިވާ މިނިވަން ފަލަސްތީނެއް ޤާއިމުކުރުމަށް ދިވެހި ސަރުކާރުން ތާއީދުކުރަމުންދާ ކަމަށެވެ.

އެ ޤައުމުގެ ރައީސް ޢައްބާސްގެ ވާހަކަފުޅުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، ފަލަސްތީނާއި ދޭތެރޭ ބަހައްޓަވާ ހާއްސަ ގާތްގުޅުން ފާހަގަ ކުރައްވާ، އެކަމަށް ޝުކުރު އަދާކުރައްވިއެވެ. އަދި، މިނިވަން ފަލަސްތީނެއް ޤާއިމުކުރުމަށް އެ ޤައުމުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ދިވެހި ސަރުކާރުން އަބަދުވެސް ކުރަމުންދާ ތާއީދަށާއި މެދުއިރުމަތީ ސަރަހައްދުގެ އަމަންއަމާންކަން ޤާއިމުކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި ކަރާމާތް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤުވާމީ ފެންވަރުގައި ރާއްޖެއިން ވަކާލާތު ކުރަމުންގެންދާކަމަށްޓަކައި ތަޢުރީފުކުރައްވާ، ދިވެހި ސަރުކާރަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މިއީ ދިވެހިރާއްޖޭގެ ފަރާތުން ސަފީރަކު ފަލަސްތީނުގެ ރައީސަކަށް ފަތްކޮޅު އެރުވި ފުރަތަމަ ފަހަރެވެ. ދިވެހިރާއްޖެއާއި ފަލަސްތީނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 4 އޭޕްރިލް 1982 ގައެވެ.

ފަލަސްތީނުފޮރިން މިނިސްޓްރީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
29 ނޮވެމްބަރު 2025

ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

29 ނޮވެމްބަރު 2025
ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
29 ނޮވެމްބަރު 2025

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ
27 ނޮވެމްބަރު 2025

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް
23 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ
19 ނޮވެމްބަރު 2025

އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާނުގެ ރެފިއުޖީ ކޭމްޕެއްގެ ކައިރިން 13 މީހުން މަރުވެއްޖެ

19 ނޮވެމްބަރު 2025
އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާނުގެ ރެފިއުޖީ ކޭމްޕެއްގެ ކައިރިން 13 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު