Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުއިއްޒު

ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

ސަރުކާރުން އެސެޓް ރިކަވަރީ ގާނޫނެއް ތައާރަފްކުރުމަށް މަޖިލީހަށް ބިލެއް ފޮނުވުމަށް ވަނީ ނިންމާފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 26 ސެޕްޓެމްބަރު 2025 | ހުކުރު 18:41
ރައީސް ޑރ މުހައްމަދު މުއިއްޒު ތ ތިމަރަފުށްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަފުޅުދައްކަވަނީ

ރައީސް ޑރ މުހައްމަދު މުއިއްޒު ތ ތިމަރަފުށްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަފުޅުދައްކަވަނީ

ވޭތުވެދިޔަ ދުވަސްތަކުގައި ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންތަކާއި ވައްކަންތަކުގެ ފައިސާ ހޯދުމަށް އެސެޓް ރިކަވަރީ ގަނޫނެއް ތައާރަފްކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ރާއްޖޭގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތ. ތިމަރަފުށްތަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެސެޓް ރިކަވަރީ ގާނޫނެއް ތައާރަފްކުރަނީ މިދިޔަ ދުވަސްތަކުގައި ހިންގާފައިވާ އެމްއެމްޕީއާރްސީ ފަދަ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގައި ފައިސާ ހޯދޭނެ ގޮތެއް މިހާރު އޮތް ނިޒާމުގެ ތެރޭގައި ނެތުމުން އެ ފައިސާ ހޯދޭނެ މަގު ފަހިކުރުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ މިހާރު އޮތް ނިޒާމުގެ ތެރެއިން ބޮޑެތި ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް ބަލައި ނިމޭއިރުގައި މިއިން އެއްވެސް ފަރާތެއް ދައްކަން އޮތް އެއްޗެއް ހޯދޭ ގޮތެއް ނުވާ ކަމަށެވެ.

މިދިޔަ ދުވަސްތަކުގައި ހިންގާފައި ހުރި ބޮޑެތި ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް. އެމްއެމްޕީއާރްސީ ހާއްސަކޮށް. މިކަންކަން ބަލައި ނިމޭއިރުގައި މިއިން އެއްވެސް ފަރާތެއް ދައްކަން އޮތް އެއްޗެއް ހޯދޭ ގޮތެއް ނުވޭ. މިހާރު އޮތް ނިޒާމުގެ ތެރެއިން ނުހޯދޭ
ރައީސް މުއިއްޒު

ރައީސް ވިދާޅުވީ އެސެޓް ރިކަވަރީ ގާނޫނެއް ތައާރަފް ކުރުމަށްޓަކައި މިހާރު ހުށަހެޅުމަށް ތައްޔާރުވާ ބިލު މަޖިލީހުން ނިންމައި ތަސްދީގުކުރަން ފޮނުވާ ދުވަހު ތަސްދީގުކުރައްވާނޭ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އެސެޓް ރިކަވަރީ ގާނޫނު ތަންފީޒުކުރަން ފެށުމުން ބޮޑެތި ވައްކަން ކޮށްފައި ތިބި ހުރިހާ އެންމެންގެ ފަހަތުން ސަރުކާރުގެ އިދާރާތަކުން ވަރަށް ބާރަށް ދާނެ ކަމަށެވެ.

އޭގެއިތުރުން މޯލްޑިވްސް 2.0 ގެ ޑިޖިޓަލައިޒޭޝަންގެ ބިޔަ މަޝްރޫއުގެ ދަށުން ސަރުކާރާއި ދައުލަތުގެ ތެރޭގައި އޮތް ކޮރަޕްޝަންގެ ނުބައި ވަބާ ނައްތާލެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެގޮތުން މުއިއްޒު ވިދާޅުވީ ޑިޖިޓަލައިޒްކުރެވުމުން ނިޒާމުގައި ސިސްޓަމްތައް ގާއިމުވެ ދެފުށް ފެންނާނެ ކަމަށާއި ކުރެވޭ ކަންކަން ޓްރޭސް ކުރެވުމުން އިތުރުން ހުރިހާ ކަމެއް ރެކޯޑު ކުރެވޭނެ ކަމަށެވެ.

ކޮރަޕްޝަންއާ ގުޅޭ ވާހަކަތައް މުއިއްޒު މިރޭ ދެއްކެވީ މިދިޔަ ސަރުކާރުގައި ފެނަކައިގައި ހިންގާފައިވާ ވައްކަންތައް އޮޑިޓް ރިޕޯޓުން ފަޅާ އަރާފައިވާ ދަނޑިވަޅެއްގަ އެވެ.

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު އެ ކުންފުނި ހިންގެވި ދުވަސްވަރު އެންމެ ދެ އަހަރު ދުވަހުގެ ތެރޭގައި ހިންގާފައި ހުރިކަމަށް ބުނާ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ހިޔާނާތުގެ މައްސަލަ އަވަހަށް ތަހުގީގު ކުރެއްވުމަށް ވެސް ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފި އެވެ.

ރައީސް މުއިއްޒުއެސެޓް ރިކަވަރީއެމްއެމްޕީއާރްސީކޮރަޕްޝަން ތިމަރަފުށިމަޖިލީސް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު