Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުހައްމަދު ދާއޫދު

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

ފުލުހުންގެ ބްލޫ ހައުސިންގ މަޝްރޫއުގެ އޮޑިޓް ރިޕޯޓު ދިރާސާކުރާ ކޮމިޓީގައި މުހައްމަދު ދާއޫދުގެ އެކައުންޓަށް ބޮޑު އަދަދެއްގެ ފައިސާ ޖަމާވެފައިވާކަމަށް މަޖިލީހުގެ ނައިބު ރައީސް ނާޒިމް ތުހުމަތުކުރި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2025 | އަންގާރަ 18:34
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ދާއޫދު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ދާއޫދު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ދާއޫދުގެ ބޮލުގައި ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް އަޅުވައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް ދެއްކެވި ވާހަތައް ދޮގުކޮށް އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން ރައްދު ދީފި އެވެ.

ފުލުހުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއު (ބްލޫ ހައުސިން)ގެ އޮޑިޓް ރިޕޯޓުތައް ދިރާސާކުރަން މަޖިލީހުން އުފައްދާފައިވާ ޚާއްސަ ސަބް ކޮމިޓީގައި، ދާއޫދަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި ނާޒިމް ވިދާޅުވީ ދާއޫދާއި އޭނާގެ އަނބިކަނބަލުންގެ އެކައުންޓްތަކަށް، އާމްދަނީ ލިބުނު ގޮތް ނޭނގޭ، ގިނަ އަދަދެއްގެ ފައިސާ ޖަމާވެފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި ސޯސް އޮފް އިންކަމް ނޭނގޭ ގޮތަށް ގިނަ އަދަދެއްގެ ފައިސާ 2023 ވަނަ އަހަރާއި 2024 ވަނަ އަހަރާ ދޭތެރޭގައި މުހައްމަދު ދާއޫދުގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށާއި، އެ ފައިސާއިން 14.6 މިލިއަން ރުފިޔާގެ އެސެޓް އުފައްދާފައިވާ ކަމަށާއި، އެއީ އެމްއެމްޕީއާރްސީގެ ފައިސާ ކަމަށް ބެލެވޭ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ދެއްކެވި މި ވާހަތަކަށް ރައްދުދެއްވައި ދާއޫދު ތަމްސީލުކުރާ ލޯކްރާފްޓު ލޯފާމުން އަންގާރަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ ދާއޫދުގެ އެކައުންޓަށް، ކާކުކަން ނޭނގޭ ގޮތަށް ފައިސާތަކެއް ޖަމާ ކޮށްފައިވާ ކަމަށާއި އޭނާއާ ގުޅޭ ނުހައްގު މުއްސަނދިކަމުގެ މައްސަލަތަކެއް ހުރި ކަމަށް ބުނެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ނާޒިމް ދެއްކެވީ ހަގީގަތެއް ނެތް ދޮގު ވާހަތަކެއް ކަމަށެވެ.

ދާއޫދަށް ކުރާ ތުހުމަތުތަކުގެ ދިފާއުގައި ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައި ބުނީ ދާއޫދުގެ އެކައުންޓަށް ގޮތް ނޭނގޭ އެއްވެސް ފައިސާއެއް ވެދެފައިނުވާނެ ކަމާއި، ގާނޫނާ ހިލާފު އެއްވެސް މުއާމަލާތެއް ދާއޫދުގެ އެކައުންޓް މެދުވެރިކޮށް ހިނގާފައި ނުވާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

ބަޔާނުގައި ބުނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ދާއޫދު އޮތް ނަމަވެސް އޭގެން އެއްވެސް ފައިސާއެއް އޭނާއަށް ނުލިބޭކަން މި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ތަހުގީގަށް ދިން ބަޔާންތަކުން އެނގޭނެ ކަމަށެވެ.

މީގެ އިތުރުން ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ އޮފިސަރަކާ ގުޅޭ ގޮތުން ނާޒިމް ހަގީގަތާ ހިލާފު ވާހަކަތަކެއް ދެއްކުމަކީ ރައްޔިތުންގެ މެދުގައި ތަންފީޒީ އިދާރާތަކާމެދު އޮންނަ އިތުބާރު ގެއްލިގެންދާނެ ކަމަކަށްވާތީ މިފަދަ ވާހަކަތައް ނުދެއްކުމަށް ވެސް ބަޔާނުގައި އިލްތިމާސްކޮށްފައި އެވެ.

އެމް.އެމް.ޕީ.އާރް.ސީ އާ ގުޅޭ އެއްވެސް ފައިސާއެއް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ދާއޫދަށް ލިބިފައިނުވާކަން ދައުލަތުގެ ފަރާތުން އެމް.އެމް.ޕީ.އާރް.ސީ އާ ގުޅޭގޮތުން ކުރިއަށް ގެންދިޔަ ތަހުގީގުތަކުންނާއި، ތަހުގީގަށް އަހްމަދު އަދީބް އަބްދުލްޣަފޫރު ދީފައިވާ ބަޔާންތަކުން އެނގި ސާފުވާނެ. އަދި އިދާރީ ތަހުގީގުތަކާ ގުޅިގެން ޕޮލިސް ބޯޑުން މީގެ ކުރީގައި ނިންމާފައިވާ ނިންމުންތަކާ ގުޅިގެން ޝަރުޢީ މަރުހަލާގައި ނިންމާފައިވާ ނިންމުންތަކުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ދާއޫދުގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެއްދޭނެ އެއްވެސް ޖާގައެއް ނެތްކަން ސާފުވާނެ
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ދާއޫދުގެ ގާނޫނީ ޓީމް

އޭގެއިތުރުން ވަކީލުންގެ ބަޔާނުގައި ބުނީ ތުހުމަތު ރައްދުވާ ފަރާތައް ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ މަޖިލީހުގެ ކޮމިޓީއެއްގައި ލައިވްކޮށް ސާބިތުނުހިފޭ ދޮގު ވާހަކަތައް ދެއްކުމަކީ ޒިންމާދާރުކަމެއް ނޫން ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުގައި ދައްކާ ވާހަކަތައް ވާންވާނީ ޒިންމާދާރު ކަމާއެކު އެއްވެސް ފަރާތެއްގެ ގާނޫނީ ހައްގު ނުގެއްލޭ ގޮތަށް ދައްކާ ވާހަކަތަކަކަށް ކަމަށް ވެސް ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

މުޙައްމަދު ދާއޫދުއަހުމަދު ނާޒިމް އެމްއެމްޕީއާރްސީކޮރަޕްޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު