Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީނަށް ދިން ހަމަލާ

ޔަހޫދީ ވަޒަންވެރިން ފަލަސްޠީނުގެ ގެތަކާ މުދަލަށް ދިން ގެއްލުން، ކުޑަކުއްޖެއްގެ ދުލުން!

މި ހަމަލާއަކީ، މި ފަހުގެ ތާރީޚުގައި، އިޒްރޭލުގެ ވަޒަންވެރިން ހިންގި މިފަދަ އެންމެ ލާއިންސާނީ ޖަރީމާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2023 | އަންގާރަ 10:50
 މި ފަހުގެ ތާރީޚުގައި، އިޒްރޭލުގެ ވަޒަންވެރިން ހިންގި މިފަދަ އެންމެ ލާއިންސާނީ ޖަރީމާ

މި ފަހުގެ ތާރީޚުގައި، އިޒްރޭލުގެ ވަޒަންވެރިން ހިންގި މިފަދަ އެންމެ ލާއިންސާނީ ޖަރީމާ

ޔަހޫދީ އިޒްރޭލުން، ފަލަސްޠީނުގެ މުސްލިމުންނަށް އަމާޒުކޮށްގެން ދެމުންދާ ސިލްސިލާ ހަމަލާތަކުގެ ވާހަކައަކީ ދައްކާ ކޮޅުންލާނެ ވާހަކަތަކެއް ނޫނެވެ. ސިލްސިލާ ކަމަކަށް އެކަން ވެފައި ވާ އިރު، އިންސާނީ ޙައްޤުތަކާ ޑިމޮކްރަސީގެ ރޭހުގައި ކުރިއަރާ ގޮސްފައި ވާ ކަމަށް ބުނާ 21 ވަނަ ޤަރުނުގެ ތަހުޒީބު ޤައުމުތަކުންވެސް އެކަމާ ދެކޮޅަށް ކުރި ކަމެއް ނެތޭވެސް ދެންނެވިދާނެއެވެ. އަނިޔާވެރިކަމުގައި އިޒްރޭލުން ފަސްނުޖެހޭ އެންމެ ބޮޑު އެއް ސަބަބަކީވެސް އެއީ ކަމުގައި ދެންނެވުމަކުން ގޯހެއް ނެތެވެ. ދުވަހަކަށް ވުރެ ދުވަހެއް، އެ އަނިޔާތައް ދަނީ ގަދަވަމުންނެވެ. ލާއިންސާނީ އެ އަމަލުތަކުގެ ސިލްސިލާއަށް އަނެއްކާވެސް ބޮޅެއް އިތުރުވީ، މުޅި ދުނިޔެ، ބަލަބަލާ އޮއްވައެވެ.

ފެބުރުއަރީ 27 ވަނަ ދުވަހުގެ އިރު، އުދަރެހަށް އަރައިގެން އައީ، އިޒްރޭލުން ވެރިވެގެންފައިވާ ހުޅަނގު އައްސޭރީގެ ނާބްލުސް ސިޓީގެ އަވަށެއް ކަމަށް ވާ ހުވާރާގައި ފަލަސްޠީނުގެ އާންމު ރައްޔިތުން ދިރިއުޅެމުން ދިޔަ ގިނަ ޢަދަދެއްގެ ގެތަކާ، އާންމުންގެ މީހުން ބޭނުން ކުރަމުން ދިޔަ ގިނަ ޢަދަދެއްގެ އެއްގަމު އުޅަނދުތަކުގައި، އިޒްރޭލުގެ ވަޒަންވެރިން ހުޅުޖަހާ އަންދާލި ޚަބަރާއެކީގައެވެ. މި ހަމަލާއަކީ، މި ފަހުގެ ތާރީޚުގައި، އިޒްރޭލުގެ ވަޒަންވެރިން ހިންގި މިފަދަ އެންމެ ލާއިންސާނީ ޖަރީމާއެވެ.

ދަންވަރުގެ ވަގުތުގައި ހިންގި ހުޅުޖެހުމުގެ ޖަރީމާގައި 30 ގެއަކާއި ކާރުތަކެއް ރޯކޮށްލާފައި ވާ ކަމަށް ފަލަސްޠީނުގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ. މީގެ 2 ދުވަހެއް ކުރިން، އިޒްރޭލުގެ 2 ވަޒަންވެރިއަކު މަރާލާފައި ވާ އިރު، މިމަހު ކުރީކޮޅު، އިޒްރޭލުގެ އަސްކަރިއްޔާއިން ނާބްލުސްގައި ހިންގި ރެއިޑެއްގައި، ފަލަސްޠީނުގެ 11 މީހަކު ވަނީ މަރާލާފައެވެ.

ފަލަސްޠީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި އިޒްރޭލުން އާދީއްތަ ދުވަހު ދިން ބަޑީގެ ހަމަލާއެއްގައި ޢުމުރުން 37 އަހަރުގެ ފިރިހެނަކު ވަނީ މަރާލާފައެވެ. ޕަލަސްޓީނިއަން ރެޑް ކްރެސެންޓުން ބުނި ގޮތުގައި، އިތުރު 2 މީހަކަށް ބަޑީގެ ހަމަލާ އަމާޒުވެ، ވަނީ، ޒަޚަމްވެފައެވެ. 3 ވަނަ މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައި ވާ އިރު، 4 ވަނަ މީހެއްގެ ގައިގައި ދަގަނޑުގަނޑަކުން ތަޅާފައި ވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ. ކަރުނަ ގޭހުގެ އަސަރުކޮށްގެން އިތުރު 95 މީހަކަށް ފަރުވާ ދީފައި ވާ ކަމަށްވެސް ޚަބަރު ލިބެއެވެ.

ނާބްލުސްގައި އިޒްރޭލުން ވަޒަންވެރިވެ އުޅޭ ސަރަޙައްދުގެ ކަންކަން މޮނިޓަރ ކުރަމުންދާ ފަލަސްޠީނުގެ އޮފިޝަލެއް ކަމަށްވާ ޣައްސާން ޑަގްލަސް ވިދާޅުވީ، ފަލަސްޠީނުގެ ޢާންމު ރައްޔިތުންނަށް ގެއްލުން ދިނުމަށް އާދީއްތަ ދުވަހުގެ ރޭ ހިންގި ޖަރީމާގައި، ޔަހީދީ ވަޒަންވެރިންގެ 400 އެއްހާ މީހުން ބައިވެރިވި ކަމަށެވެ. މަސްރަހު ފިނި ކުރުމަށް އިޒްރޭލުގެ ކަމާ ބެހޭ ފަރާތްތަކުން މަސައްކަތް ކުރާނެ ކަމަށް އެ ފަރާތްތަކުން ބުނެފައި ވާ ކަމަށް، ފަލަސްޠީނު ސަރުކާރާ ހަވާލާދީ، އަލް ޖަޒީރާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ނަމަވެސް، އާދީއްތަ ދުވަހުގެ ދަންވަރުގެ ވަގުތުގައި ހިންގި އެ ނާމާން ޖަރީމާގެ މަންޒަރުތަކަކީ، ފަލަސްޠީނުގެ ރައްޔިތުންގެ ހިތްތަކުން މިއިން ދުވަހަކު ފިލާދާނެ ބިރުވެރި ކަމެއް ނޫނެވެ. އެކަން ތަޖުރިބާކާރި ކުޑަކުދިންވެސް އެބަތިއްބެވެ. އެފަދަ އެއް ކުއްޖަކީ ލަމާރް އަބޫސަރީސްއެވެ. ހަމަލާގެ މަންޒަރުތައް އޭނާ ދުށީ ހަމަލޮލުންނެވެ.

ޢުމުރުން އެންމެ 10 އަހަރުގެ ލަމާރް އެކަންޏެއް ނޫނެވެ. ޖޫދް އަބޫސަރީސްއަކީވެސް ޔަހޫދީ ވަޒަންވެރިންގެ ލާއިންސާނީ ޖަރީމާ ހަމަ ލޮލުން ދުށް ކުއްޖެކެވެ.

ލަމާރް އަބޫސަރީސްގެ ބައްޕަ، ސުލްޠާން އަބޫސަރީސް ބުނި ގޮތުގައި، އެ ޢާއިލާއިން ދިރިއުޅެމުން ދިޔަ ގޭގެ ތެރެއަށްވެސް ކަރުނަގޭސް ޖެހިއެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ދިޔައީ ޔަހޫދީ ވަޒަންވެރިންނަށް އެއްބާރުލުން ދެމުން ކަމަށްވެސް ސުލްޠާން ކިޔައިދިނެވެ.

ސުލްޠަން އަބޫ ސަރީސް ބުނި ގޮތުން ނަމަ، 200 އެއްހާ ކާރު ވަނީ އަންދާލާފައެވެ. އޭނާ މިއަދު ބޭނުންވަނީ މުޅި ދުނިޔެއަށް އެ މަންޒަރުތައް ދައްކާށެވެ.

ކޮންމެ އަހަރަކުމެހެން، ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް އިޒްރޭލުން ފަލަސްޠީނަށް ކުރަމުންދާ ޖެއްސުންތައް އިތުރުކޮށް، ހަމަލާތައް ވަރުގަދަ ކުރެއެވެ. 1444 ވަނަ އަހަރުގެ ރަމަޟާން މަހާ ބައްދަލު ކުރަން، މަސް ދުވަހަށް ވުރެ ވަގުތު ކުޑަތަންވެފައި ވާ މި ދަނޑިވަޅަކީވެސް، އިޒްރޭލުން ފަލަސްޠީނަށް އަމާޒުކޮށް، އެކި ކަހަލަ ހަމަލާތައް ދެމުންދާ ދަނޑިވަޅެއްކަން ފާހަގަ ކުރަން ޖެހެއެވެ.

ފަލަސްތީނުއިޒްރޭލްޣައްޒާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު